ޗައިނާ އަށް ފުރުމުގެ ކުރިން ގައުމީ ޓީމު ރާއްޖޭގައި ކޭމްޕްކޮށްފި

ގައުމީ ޓީމުން މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވި ފަރިތަކުރުންތަކުގެ ތެރެެއިން.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

ގައުމީ ޓީމުން މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވި ފަރިތަކުރުންތަކުގެ ތެރެެއިން.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މި މަހު 30 އިން އަންނަ މަހު 15 ވަނަ ދުވަހަށް ސެންޓްރަލައިޒްކޮށް ޗައިނާގައި ކުރިއަށްދާ މެޗުތަކަށް އެ ގައުމަށް ފުރުމުގެ ކުރިން ގައުމީ ޓީމު މިއަދު ރާއްޖޭގައި ކޭމްޕްކޮށްފި އެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންގެ 33 ޕްރިލިމިނަރީ ސްކޮޑެއް ފުރަތަމަ ނެގި ނަމަވެސް މިއަދު ހޮޓެލް ޖެން އަށް ކޭމްޕް ޖެހީ 25 ކުޅުންތެރިންނާ އެކު އެވެ. ހުރިހާ ކުޅުންތެރިންގެ ޕީސީއާރް ޓެސްޓެއް ހެދުމަށް ފަހު ކޭމްޕް ޖެހިއިރު، އަށް އޮފިޝަލުން ވެސް ކުޅުންތެރިންނާ އެކު ވަނީ ކޭމްޕްކޮށްފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "އަދަދު" އަށް ވިދާޅުވީ ކޭމްޕް ޖެހުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި ކޮވިޑް ކޭސްތައް ގިނަވަމުންދާތީ ކޮލިފައިން އަށް ފުރުމުގެ ކުރިން ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުންނެެވެ.

"ތިން ދުވަސް ފަހުން އިތުރު ޕީސީއާރް ޓެސްޓްތަކެއް ވެސް ހަދާނަން. ދެން މިކޮޅުގައި އަދި ޕްރެކްޓިސް ކޮށްލުމުގެ ފުރުސަތެއް ނުލިބޭ. ލިބިއްޖިއްޔާ ކުރާގޮތަށް މިތިބީ. ކުޅުންތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ނިންމީ މި ކޮޅުގައި ވެސް ކޭމްްޕްކުރަން،" ޖަވާ ވިދާޅުވި އެވެ.

ކުރިން ހަމަޖެހިފައި އޮތީ މި މަހު ރާއްޖޭގައި ކުޅޭ އޭއެފްސީ ކަޕް މެޗުތަކަށް ފަހު މި މަހުގެ 24 ނޫނީ 25 ހިސާބުގައި ގައުމީ ޓީމު ޗައިނާ އަށް ދާ ގޮތަށެވެ. އެކަމަކު ދިމާވި ކަންތައްތަކެއްގެ ސަބަބުން އޭއެފްސީން ރާއްޖޭގައި ކުޅެން އޮތް މެޗުތައް މުއްދަތެއް ނެތްގޮތަށް ފަސްކުރަން ނިންމުމާ އެކު ގައުމީ ޓީމު އަވަހަށް ޗައިނާ އަށް ގެންދެވޭތޯ އެފްއޭއެމުން މަސައްކަތް ފެށީ އެވެ.

ބޮޑު ސްކޮޑަކާ އެކު ޗައިނާ އަށް ދެވޭތޯ އެފްއޭއެމުން ކުރިން މަސައްކަތްކުރި ނަމަވެސް ހާލަތުގެ ގޮތުން އެކަން ކުރެވޭނެ ގޮތެއް ނެތުމުން ސްކޮޑުގެ އަދަދު ކުޑަކުރަން މަޖުބޫރުވީ އެވެ. ކޭމްޕްގައި ބައިވެރިވި ކުޅުންތެރިންގެ ސްކޮޑު އެފްއޭއެމުން އަދި ރަސްމީކޮށް މީޑިއާ އަށް އިއުލާނެއް ނުކުރެ އެވެ.

ކޮލިފައިންގައި ގައުމީ ޓީމަށް ދެން އޮތީ ތިން މެޗެވެ. އެއީ އަންނަ މަހުގެ ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން 15 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާ މެޗެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހަވާލުވި ފަހުން އަދި ރަސްމީކޮށް މެޗެއް ނުކުޅެ އެވެ. މެޗެއް ނުކުޅުނު ނަމަވެސް އެފްއޭއެމުން ވަނީ ކޫޕްމަންގެ ކޮންޓްރެކްޓްއާ ކޮށްފަ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް "އަދަދު" އަށް މީގެ ކުރިން ވިދާޅުވީ ކޯޗުގެ ކޮންޓްރެކްޓް އާ ކުރަން ނިންމީ ކުޅުންތެރިންގެ ފަރާތުން ކޯޗުގެ ޓްރެއިނިންއާ ބެހޭގޮތުން އިވޭ ރަނގަޅު ވާހަކަތަކާއި ޓްރެއިނިން އަށް ބަލާއިރު މި ކޯޗުގެ ބެލުމުގެ ދަށުން ރާއްޖެ އަށް ރީތި ފުޓްބޯޅައެއް ކުޅެވޭނެ ކަމުގެ އުއްމީދު އޮތުމުންނެވެ. އަދި ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ފަހު ކޯޗާ އެކީ ދެން ކުރިއަށްދާނެ ގޮތްތަކުގެ މަޝްވަރާތަކެއް ބާއްވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އެންމެ ފުލުގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ރާއްޖޭގެ ޓާގެޓަކީ ގްރޫޕްގެ ރަނގަޅު ހިސާބެއްގައި ނިންމާލައި 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. މި ގްރޫޕްގެ ކޮންމެ ހިސާބަކުން ނިންމާލި ކަމުގައި ވިޔަސް އޭޝިއަން ކަޕްގެ ފުރުސަތު ރާއްޖެ އަށް އަދި އޮންނާނެ އެވެ. އެކަމަކު ގްރޫޕްގެ މަތީ މަގާމަކުން ނިންމައިގެން އޭޝިއަން ކަޕް ކޮލިފައިންގައި ކުރިއަށްދާން ފަސޭހަ ގޮތްތަކެއް ހޯދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox