ފޯރުކޮށްދިނީ ގާނޫނީ އެހީތެރިކަން، ހިޔާނާތުގަ ބައިވެރިއެއް ނުވަން: އަލީ ހުސެއިން

އަލީ ހުސެއިން: އޭނާ ވަނީ ހިޔާނާތުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ވިދާޅުވެފައި - ފޮޓޯ: މަޖިލިސް

އަލީ ހުސެއިން: އޭނާ ވަނީ ހިޔާނާތުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ވިދާޅުވެފައި - ފޮޓޯ: މަޖިލިސް

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެއްވެސް މިންވަރަކަށް ބައިވެރިވެފައިނުވާނެ ކަމަށާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފޯރުކޮށްދިނީ ގާނޫނީ އެހީތެރިކަން އެކަނި ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ވަނީ ރިޕޯޓާއެކު މުޅި ލިސްޓް މިއަދު އާއްމުކޮށްފަ އެވެ. މިއީ، މި ލިސްޓް ރަސްމީ ފަރާތަކުން އާންމުކުރި ފުރަތަމަ ފަހަރެވެ.

ލިސްޓްގައި ކެންދޫ ދާއިރާގެ މެންބަރުގެ ނަން ވެސް ހިމަނާފައިވާއިރު އެމްއެމްޕީއާރްސީގެ ފައިސާއިން ބައި ލައްކަ ރުފިޔާ އޭނާއަށް ލިބުނު ކަމަށް ތުހުމަތު ކުރެވެ އެވެ.

Advertisement

ނަމަވެސް، އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާކަން އަލީ ހުސެއިން ދޮގު ކުރައްވަ އެވެ. އޭނާ މީގެކުރިން ވެސް އެ ވާހަކަތައް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވާފައިވެ އެވެ. އެކަމަކު، އޭނާގެ ނަން އަދިވެސް ލިސްޓްގައި އޮތުމުން މިރޭ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"އަޅުގަނޑަށް އެމްއެމްޕީއާރްސީގެ އެއްވެސް ފައިސާއެއް ލިބިފައެއް ނޯންނާނެ، އަޅުގަނޑަކީ އެ ބޮޑު ހިޔާނާތުގެ ބައިވެރިއެއް ނޫން، މަޖިލީހަށް ހޮވުމުގެ ކުރިން އަދީބުގެ ގާނޫނީ ވަކީލަކަށްވުމަކީ އަޅުގަނޑުގެ ނަން ހިޔާނާތުގެ ބައިވެރިއެއްގެ ގޮތުގައި އޮންނަންޖެހޭ ސަބަބެއް ނޫން." އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވި ގޮތުގައި، 2011 ވަނަ އަހަރުން ފެށިގެން މެއި 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާކުރުމާ ހަމައަށް އަދީބުގެ އެދުމުގެ މަތިން ތަފާތު އެކި މައްސަލަތަކުގަ އާއި އަދި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ގާނޫނީ ވަކީލުގެ ހައިސިއްޔަތުން ތަފާތު އެކި މައްސަލަތަކުގައި ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކޮށްދީފައިވާނެ ކަމެވެ.

އެކަން ސާބިތުކޮށްދެވޭނެ ކިތާބީ އަދި ޝަފަހީ ހެކި އެބަހުރި،" އަލީ ހުސެއިން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އަލީ ވިދާޅުވީ، އެއްވެސް ޒިންމާދާރު ކަމެއް ނެތި ހަމަ ހޭވެސް އަހާލުމެއް ނެތި އަދި ދިފާއުވުމުގެ ފުރުސަތު ވެސް ނުދީ ރައްޔިތުންގެ މަޖިލީހުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓް ކަމަށް ބުނެ ލިސްޓެއް އާންމުކޮށް މީހުންގެ އަބުރު ކަތިލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

"މައުސޫމް ކިތަންމެ މީހުންނެއްގެ ފޮޓޯ އާއި ނަން އެ ލިސްޓްގައި އެބަ އޮތްކަން ހަމަ ޔަގީން، ހަމަ ގައިމު ވެސް އަޅުގަނޑު އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެއްވެސް ގޮތަކަށް ބައިވެރިވެފައެއް ނޯންނާނެ،" އަލީ ވިދާޅުވި އެވެ.

ލިސްޓްގައި ހިމެނޭ ގިނަ ބަޔަކަށް މިހާތަނަށް އެއްވެސް ސުވާލެއް ވެސް ނުކޮށް، ލިސްޓް އާންމުކުރުމުން އޮތް ކަންބޮޑުވުން ބޮޑެވެ.

އެކަމަށް އިޝާރާތް ކުރައްވައި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ މިހާރު އޮތް ލިސްޓުގައި ހިމެނޭ ފަރާތްތަކަކީ "ޕާސަންސް އޮފް އިންޓްރެސްޓް" ލިސްޓެއް ކަމަށެވެ. އެހެން ގޮތަކުން ބުނާ ނަމަ ސުވާލުކޮށް ކަންތައްތަކެއް ސާފުކުރަން ބޭނުންވާ ބަޔެއްގެ ލިސްޓު ކަމަށާއި އެ މީހުންނަކީ ކުށްވެރިން ކަމުގައި ނުނިންމާ ކަމަށެވެ.

"އަޅުގަނޑުމެންގެ ލިސްޓަކީ ޕާސަންސް އޮފް އިންޓްރެސްޓް ލިސްޓެއް. އެއީ ކުށްވެރިން ކަމުގައި ނިންމުމަކީ އަޅުގަނޑުމެންގެ އިހުތިޔާރުގައި އޮތް ކަމެއް ނޫން،" އައްސަދު ވިދާޅުވި އެވެ.

ވަރަށް ގިނަ މީހުން މިހާތަނަށް ސުވާލެއް ވެސް ކޮށް ނުލާ ކަމަށް ބުނަމުންދާއިރު، އޭގެ ތެރޭގައި އޮޑިޓާ ޖެނަރަލްގެ މަގާމުގައި ހުންނެވި ހަސަން ޒިޔާތު ވެސް ހިމެނެ އެވެ. ޒިޔާތު ވަނީ ލިސްޓްގައި ނަން އޮތްކަން ވެސް އެނގިވަޑައިނުގަންނަވާ ކަމާއި، އެއްވެސް ސުވާލެއް ވެސް މިހާތަނަށް ކޮށްފައިނުވާ ކަމަށް ވިދާޅުވެފަ އެވެ.

އެ ފައިސާއަކީ ކެމްޕެއިނަށް ޕާޓީން ލިބުނު ފައިސާ ކަމަށް ވެސް ޒިޔާތު ވިދާޅުވެފަ އެވެ. ނަމަވެސް، ލިސްޓްގައި ނަން ހިމެނުމުން ޒިޔާތު ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފަ އެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި، އެއީ ތަހުޒީބީ މުޖުތަމައުތަކުގައި މީހުން އަމަލު ކުރާ ގޮތެވެ.

ލިސްޓް އާންމުކުރުމުގެ އިތުރުން މަޖިލީހުގެ ކޮމިޓީން ވަނީ އައްޔަންކޮށްފައިވާ މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކިކުރަން މަސައްކަތް ފެށުމަށް ނިންމާފަ އެވެ. އަދި، އިންތިހާބީ މަގާމުތަކުގައި ތިބި މީހުންނަކީ އަމިއްލައަށް އިސްތިއުފާ ދިނުމުން ނޫނީ ހުކުމެއް ސާބިތުވެގެން ނޫން ގޮތަކަށް ވަކިވާނެ ބަޔަކަށް ނުވާތީ، އެފަދަ މީހުންގެ މައްސަލަތައް އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކަށް ދެންނެވުމަށް ވެސް ކޮމިޓީން ނިންމާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރު މަރުވި މައްސަލަ: މެލޭޝިއާ ޑްރައިވަރަށް ތިން ދައުވާއެއް

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރެ ފަރުވާކުޑަކޮށް ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ތިން ދައުވާއެއް ވަނީ އުފުލާފައި. މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މި ޑްރައިވަރު ކޯޓުގައި ހުރިހާ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި.

އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް

އޭޑީކޭ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް ތަރައްގީގެ އައު މަރުހަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި. ޑރ. އަދީލް ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހޯދާފައި.

"ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ"

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާނުކުރަން ޕީޖީން ނިންމުން އެނގެނީ ކުރި ތުހުމަތަކީ އަސާސެއް ނެތް ތުހުމަތުތަކެއްކަން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި. ދޮޅު އަހަރުގެ ތަހުގީގު ނިންމީ އަޒްމިރާލްދާއާ ސުވާލެއްނުކޮށްކަން ގާނޫނީ ޓީމުން ފާހަގަކުރި.

މަދަރުސާ ގޮވާލަން އުޅުން: އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީ މަދަރުސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ހަތް މީހަކު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމަށްވުރެ އިތުރުވުމުން މިނިވަންވެއްޖެއެވެ. މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވި އަލީ އަރުހަމް އެކަންޏެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓު ރިޕޯޓު ލިބުމުން ކަމަށެވެ.

ތަހުގީގަށްފަހު ނިންމީ މަހާޒުއަށް ދައުވާ ކުރެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައި. ދެ އަހަރުގެ ތަހުގީގަށްފަހު ޕީޖީން މިގޮތަށް ނިންމުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށްފައި.

"ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް"

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox