އިންސާނީ ވަސީލަތްތައް މަދު، ސަލާމަތްވާނީ ފިޔަވަޅުތަކަށް ކަމޭހިތައިގެން: ރައީސް

ރައީސް ސޯލިހު: މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ކަމޭހިތުމަށް ރައީސް ވަނީ އެދިވަޑައިގެންފައި - ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު: މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ކަމޭހިތުމަށް ރައީސް ވަނީ އެދިވަޑައިގެންފައި - ފޮޓޯ: ރައީސް އޮފީސް

ކޮވިޑްގެ ހާލަތު ގޯސްވަމުންދާއިރު ރާއްޖޭގައި އިންސާނީ ވަސީލަތްތައް އެވަރަށް ނެތް ކަމަށާއި، އެހެންކަމުން އެންމެ މުހިންމު ކަމަކީ ފަރުދީ ޒިންމާ އަދާކޮށް ފިޔަވަޅުތަކަށް ކަމޭހިތުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މީގެކުރިން ގޯސްނުވާ މިންވަރަށް ގޮސްފައިވާއިރު، ސަރުކާރުން ވަނީ ފިޔަވަޅުތައް ވެސް ހަރުކަށިކޮށްފަ އެވެ. އެގޮތުން މާލޭގައި ހަވީރުން ފެށިގެން ކާފިއު ހިންގުމުންދާއިރު މިސްކިތްތަކާއި ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ރައީސް ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވީ، މިހާރުގެ ހާލަތަށް ބަލާއިރު، މި ބައްޔާ ދެކޮޅަށް އެންމެންނަށް އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ، ސިއްހީ ނިޒާމަށް އޮބިނޯންނަ މިންވަރަށް ހާލަތު ގޯސްވެދާނެ ކަމަށެވެ.

"މިއަދު އަޅަން ފަށާފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރުމުގައި، ރައްޔިތުންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާނެ. ތިމާގެ އަމިއްލަ ސިއްހަތަށް އެކަންޏެއް ނޫން. މުޅި މުޖްތަމައުގެ ރައްކަލަށްޓަކައި މިފިޔަވަޅުތައް ތަންފީޒުކުރަންޖެހޭ. އަދިވެސް ވަގުތު ފާއިތެއް ނުވޭ. އަޅުގަނޑުމެންގެ ފަރުދީ ޒިންމާއަށް ވުރެ، މިބަލި ކޮންޓްރޯލް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ، އެހެން އެއްވެސް ކަމެއް ނެތް." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، މިއަދު އަޅަން ފެށި ފިޔަވަޅުތަކަށް ރަނގަޅަށް އަމަލުނުކޮށްފިނަމަ، އިތުރު ފިޔަވަޅުތައް އަޅަންޖެހުމަކީ އެކަށީގެންވާ ކަމެއް ކަަމަށެވެ. އެފަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިނަމަ، މިހާރަށް ވުރެ މާ ގިނަ ދަތިތައް ކުރިމަތިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް މަސްދުވަހު، ހިތްވަރާއެކު އެންމެން އެކުގައި މަސައްކަތް ކޮށްފިއްޔާ، މިބަލިމަޑުކަމުން އަރައިގަތުމުގެ އަލިމަގު، މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް ފެންނާނެ. ރާއްޖެއަށް ބޭނުންވާ މިންވަރަށް، ބޭސްފަރުވާގެ ވަސީލަތްތަކާއި ސިއްހީ ދުމަތްތަކަށް ބޭނުންވާ އާލާތްތައް ހުރި ނަމަވެސް، އިންސާނީ ވަސީލަތްތައް އެވަރަކަށް ނެތް." ރައީސް ވިދާޅުވި އެވެ.

ގައުމީ ހިދުމަތެއްގެ ގޮތުގައި، އާއިލާތަކާ ވަކިން، ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ، ސިއްހީ ހިދުމަތްތެރިންނާއި ސަލާމަތީ ބާރުތަކުން، އަދި ހިލޭ ސާބަހަށް މަސައްކަތް ކުރާ ހުރިހާ ބޭފުޅުންވެސް، ކޯވިޑް ކޮންޓްރޯލް ކުރުމުގައި، ވެވަޑައިގަންނަވަނީ ވަރަށް މަތިވެރި ގުރްބާނީއެއް ކަމަށާއި، ރެޔާއި ދުވާލުގެ ގިނަ ވަގުތުތައް އެބޭފުޅުން އެހޭދަކުރެއްވީ، ކޯވިޑް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންކަމުން، މިއުފާވެރި ފިތުރު އީދުގައިވެސް، އެބޭފުޅުން އެކުރައްވާ ދީނީ އަދި ގައުމީ ޖިހާދުގެ އަގު ވަޒަންކޮށް، އެހުރިހާ ބޭފުޅުންނަށް ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމުން،" ރައީސް ވިދާޅުވި އެވެ.

އިއްޔެ މުޅި ރާއްޖޭން ޖުމްލަ 1،501 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން އިއްޔެ ހަވީރު 6:00 އާ ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވެފައިވަނީ 662 މީހުންނެވެ.

ދެން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިމަހު ތިން ވަނަ ދުވަހުން ފެށިގެން އާދިއްތަ ދުވަހާ ހަމައަށް ނަގާފައިވާ ސާމްޕަލްތައް ވެސް ހިމެނެ އެވެ. ބެކްލޮގް ސާމްޕަލްތައް 53 ސާމްޕަލަށް މިހާރު ވަނީ މަދުކޮށްފަ އެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު މިވަގުތު ރާއްޖޭގައި ކޮވިޑް ޖެހިފައިވާ 11،629 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 247 މީހުން ތިބީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފަ އެވެ. އަތޮޅުތެރޭގެ 40 ރަށެއް މޮނީޓަރިންއަށް ލައިފައިވާއިރު އެކްޓިވް ކޭސްގެ ގޮތުގައި 3،103 މީހުން އެބަތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox