ލެސްޓާ އަތުން ޔުނައިޓެޑް ބަލިވެ، ސިޓީ އަށް ޗެމްޕިއަންކަން

May 11, 2021, 7:24 PM
ސިޓީ އަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ރުބެން ޑިއާސް ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ސިޓީ އަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ރުބެން ޑިއާސް ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މެންޗެސްޓާ (މެއި 12) - އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް މިރޭ އަމިއްލަ ދަނޑުގައި 2-1 އިން ލެސްޓާ ސިޓީ އަތުން ބަލިވުމުން، ބާކީ ތިން މެޗު އޮއްވައި ލީގުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ އަށް ލިބިއްޖެ އެވެ.

މިއީ ފާއިތުވި ހަތަރު އަހަރު ތެރޭ ސިޓީން ލީގުގެ ތަށި އުފުލާލި ތިން ވަނަ ފަހަރެވެ. އަދި ފާއިތުވި 10 އަހަރު ތެރޭ ލީގުގެ ޗެމްޕިއަންކަން ހޯދި ފަސް ވަނަ ފަހަރެވެ. ސިޓީން ވަނީ އިންގްލެންޑްގެ ޗެމްޕިއަންކަން ޖުމްލަ ހަތް ފަހަރު ހޯދައިފަ އެވެ. ސިޓީ އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ޑިސެމްބަރު މަހު އަށް ވަނައިގައި އޮތުމަށް ފަހު ލީގު ޗެމްޕިއަންކަން ހޯދި ފުރަތަމަ ޓީމެވެ.

ސިޓީ އަށް ޗެމްޕިއަންކަން ލިބުނީ 35 މެޗުން 80 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑަށް 35 މެޗުން ލިބުނީ 70 ޕޮއިންޓެވެ. އަދި ބާކީ ތިން މެޗުން ޔުނައިޓެޑް މޮޅުވި ނަމަވެސް އެ ޓީމަށް ސިޓީއާ ހަމަނުކުރެވޭނެ އެވެ. މި މޮޅާ އެކު ލެސްޓާ ވެސް ވަނީ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 36 މެޗުން 66 ޕޮއިންޓް ހަމަކޮށްގެންނެވެ. ކުރިން ތިން ވަނައިގައި އޮތް ޗެލްސީ އަށް 35 މެޗުން ލިބިފައިވަނީ 64 ޕޮއިންޓެވެ. މާދަމާރޭ އާސެނަލް ބަލިކޮށްގެން ޗެލްސީ އަށް އަލުން ތިން ވަނަ އަށް އެރޭނެ އެވެ.

މިއީ ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ކުޅޭ ސިޓީން މި ސީޒަނުގައި ކާމިޔާބުކުރި ދެ ވަނަ ޓްރޮފީ އެވެ. ސިޓީން ވަނީ ޓޮޓެންހަމް ބަލިކޮށް ލީގު ކަޕް ވެސް އުފުލާލައިފަ އެވެ. އެކަމަކު އެފްއޭ ކަޕްގެ ސެމީ ފައިނަލުން ޗެލްސީ އަތުން ކަޓައި ހަތަރު ތަށި ހޯދުމުގެ އުއްމީދަށް ނިމުން އަ އެވެ. ސިޓީން މި ސީޒަނުގައި ތިން ތަށި ހޯދައިގެން ނިންމާލުމުގެ ފުރުސަތު އެބައޮތެވެ. މި މަހުގެ 29 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސިޓީ ބައްދަލުކުރާނީ ޗެލްސީއާ އެވެ.

ލަނޑު ޖެހުމަށް ފަހު ލެސްޓާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އާދިއްތަ ދުވަހު އެސްޓަން ވިލާ އަތުން ފަހަތުން އަރައި ޔުނައިޓެޑުން މޮޅުވި މެޗުގައި އެ ޓީމުން ބޭނުންކުރި ފުރަތަމަ އެގާރަ އަށް މި މެޗަށް ނުކުތްއިރު ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. ލެސްޓާ އިން މެޗުގެ 10 ވަނަ މިނިޓްގައި ލީޑުނެގީ ލޫކް ތޯމަސް ޖެހި މޮޅު ގޯލުންނެވެ. ޔޫރީ ޓިއެލެމަންސް ނެގި ހުރަހަކުން ތޯމަސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަަނަށެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑަށް އެއްވަރުކޮށްދިނީ މޭސަން ގްރީންވުޑް ޖެހި ގޯލުންނެވެ.

މެޗުގެ 66 ވަނަ މިނިޓްގައި ލެސްޓާ މި މެޗުން މޮޅުކޮށްދިން ގޯލު ޖެހީ ތުރުކީގެ ޑިފެންޑަރު ޝަލްގާ ސޮޔުންޗޫ އެވެ. އޭނާ މި ގޯލު ޖެހީ ކޯނަރަކުން ހުރަސްވި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ޔުނައިޓެޑުން އިތުރު ގޯލެއް ޖަހަން ބަދަލު ކުޅުންތެރިންގެ ގޮތުގައި މާކަސް ރެޝްފޯޑާއި އެޑިންސަން ކަވާނީ އަދި ބްރޫނޯ ފެނާންޑޭސް ކުޅެން އެރުވި ނަމަވެސް ގޯލެއް ޖެހޭގޮތެއްނުވި އެވެ.

މިއީ އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ އިން ޔުނައިޓެޑް ދަނޑުގައި ހޯދި ފުރަތަމަ މޮޅެވެ. މިއީ ލެސްޓާ އިން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދަން ކުރާ މަސައްކަތަށް ލިބިގެންދިޔަ ބޮޑު މޮޅެކެވެ. އެ ޓީމަށް ބާކީ އޮތް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިއްޖެނަމަ އެހެން ޓީމުތަކުގެ ނަތީޖާ އަށް ބެލުމެއް ނެތި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox