މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފި

މާލޭ ހުކުރު މިސްކިތުން ބަޔަކު ނަމާދުން ފައިބައިގެން ބޫޓަށް އަރަނީ: މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މަނާކޮށްފައި - ހުސެއިން ވަހީދު / އަދަދު

މާލޭ ހުކުރު މިސްކިތުން ބަޔަކު ނަމާދުން ފައިބައިގެން ބޫޓަށް އަރަނީ: މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މަނާކޮށްފައި - ހުސެއިން ވަހީދު / އަދަދު

މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައިފި އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާ ވާނީ މާދަމާއިން ފެށިގެންނެވެ. މިއީ ކޮވިޑް މާލޭގައި ފެތުރެން ފެށި ފަހުން ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި ދެވަނަ ފަހަރެވެ.

މާލޭގައި ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު، މިއަދު އެޗްޕީއޭއިން ވަނީ މާދަމާއިން ފެށިގެން އަޅަން ނިންމާފައިވާ އިތުރު ފިޔަވަޅުތައް ވެސް އާންމުކޮށްފަ އެވެ.

އެގޮތުން، މާދަމާއިން ފެށިގެން ހަފުތާއެއްގެ މުއްދަތަށް ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ހަމައަށް މާލޭގައި ބޭރަށް ނުކުމެ އުޅުން މަނާވާނެ އެވެ. އޭގެއިތުރުން ރެސްޓޯރެންޓްތަކުގައި ތިބެގެން ކެއިންބުއިން ހުއްޓާލަން އެންގި އެވެ. އެ ތަންތަނުން ދެވޭނީ ޑެލިވަރީ އަދި ޓޭކްއަވޭ ހިދުމަތް އެކަންޏެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި، ޕޮލިސް ޕާމިޓާއެކު މެންދަަމު 12އާ ހަމަޔަށް ޑެލިވަރީ ހިދުމަތަށް ފުރުސަތު ދޭނެ އެވެ. ގައިޑްލައިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑި އިރަށް ބަންދު ކުރާނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑުގެ އާ ވެރިއަންޓަކާ އެކު ރާއްޖޭގެ ހާލަތު އޮތީ ވަަރަށް ބޮޑަށް ގޯސްވެފަ އެވެ. އެޗްޕީއޭ އިން ރޭ އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި 1،204 މީހުން ޕޮޒިޓިވްވެފައިވެ އެވެ. މީގެތެރެއިން މާލެ ސަރަހައްދުން އެކަނި 961 މީހަކަށް ބަލި ޖެހިފައިވެ އެވެ.

މި ބަލީގައި ޒުވާނުން ވެސް ދަނީ ބޮޑުވަރުވަމުން ކަމަށެވެ. ހާއްސަކޮށް ވެކްސިންގެ ދެ ޑޯޒު ނުޖަހާ ތިބި މީހުންގެ ހާލަތު ދަށްވާ ކަން ފާހަގަވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox