ވެން ޑައިކާ ހެދި ނެދަލެންޑްސް އާއި ލިވަޕޫލްގެ ކޯޅުމެއް

May 11, 2021, 7:53 AM
ނެދަލެންޑްސް މެޗެެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ވެން ޑައިކް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ނެދަލެންޑްސް މެޗެެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ވެން ޑައިކް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް (މެއި 11) - ކަކުލަށް ލިބިފައިވާ ސީރިއަސް އަނިޔާ އަކަށް ފަރުވާ ހޯދަމުން އަންނަ ލިވަޕޫލްގެ ހުނަރުވެރި ޑިފެންޑަރު ވާޖިލް ވެން ޑައިކް އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުމާ މެދު ނެދަލެންޑްސް އާއި ލިވަޕޫލާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދިއްޖެ އެވެ.

އުމުރުން 29 އަހަރުގެ ވެން ޑައިކް ކަކުލުގެ ލިގަމެންޓަށް އަނިޔާވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވަޓަންއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގަ އެވެ. އަނިޔާއިން ރަނގަޅުވުމަށް އޮޕަރޭޝަން ކުރުމަށް ފަހު ވެން ޑައިކް މިހާރު ކުރިއަށްގެންދަނީ ރިހެބިލިޓޭޝަންގެ އިންޑިވިޖުއަލް ޓްރެއިނިންގެ ބައިގަ އެވެ. އަދި ރަސްމީކޮށް ޓީމު ޓްރެއިނިންއެއްގައި ބައިވެރިނުވެ އެވެ.

މިދިޔަ މާޗް މަހު ނެދަލެންޑްސް ގައުމީ ޓީމުގެ ކުރީގެ ކޯޗު އަދި ބާސެލޯނާއާ މިހާރު ހަވާލުވެހުރި ކޯޗު ރޮނާލްޑް ކޫމަން ވަނީ ވެން ޑައިކްގެ ރިކަވަރީ މިހާރު ހުރި ވަރާއި އޭނާގެ އުމުރަށް ބަލާއިރު، މި ފަހަރުގެ ޔޫރޯގައި ކުޅުން ވަރަށް މުހިއްމު ކަމަށް ބުނެފަ އެވެ. އަދި އޭނާ ގަބޫލުކުރާ ގޮތުގައި ވެން ޑައިކް ޔޫރޯގައި ކުޅޭނެ ކަމަށް ކޫމަން ބުންޏެވެ.

ނެދަލެންޑްސްގެ މިހާރުގެ ކޯޗު ފްރޭންކް ޑި ބޮއާ ދާދި ފަހުން އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި ބުނީ ޔޫރޯގައި ވެން ޑައިކް ލައްވައި ކުޅުވަން ޕްރެޝަރެއް ނުކުރާނެ ކަމަށެވެ.

"އަހަރެން ދެކޭގޮތުގައި މީގެ ގޮތެއް ނިންމަން ޖެހޭނީ ވެން ޑައިކް. މިއީ އޭނާގެ ކެރިއަރު. އަހަންނަށް ސިފަވަނީ އޭނަ (ވެން ޑައިކް) އެ ހުރީ ގޮތެއް ނިންމަން އުނދަގޫވެފައި ހެން. ޔޫރޯގައި އޭނާ ކުޅުމަކީ ވަރަށް ބޮޑު ކަމަކަށްވާނެ. އެކަމަކު މީގެ ވިސްނަން ޖެހޭ ކަންކަން އެބަހުރި. އަހަރެންގެ އެންމެ އެދެނީ ވެން ޑައިކްގެ ރިކަވަރީ ރަނގަޅަށް ދިއުން،" ޑި ބޮއާ ބުންޏެވެ.

ލިވަޕޫލްގެ ޓްރެއިނިންއެއްގެ ތެރެއިން ވެން ޑައިކް (ކ) އާއި ކްލޮޕް.-- ފޮޓޯ: ލިވަޕޫލް

އޭރު ދުނިޔޭގެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ވެން ޑައިކް ލިވަޕޫލާ ގުޅުނީ 2018 ވަނަ އަހަރު ޖެނުއަރީ މަހުގަ އެވެ. އޭގެ ފަހުން ގަވާއިދުން ލިވަޕޫލްގެ ފުރަތަމަ އެގާރައިގައި ކުޅެމުން އައި ވެން ޑައިކަކީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ ޕްލޭނުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. ވެން ޑައިކްގެ އަނިޔާއަށް ފަހު ނޫސްވެރިންގެ ބައްދަލުވުންތަކަށް ކްލޮޕް އަންނަ ކޮންމެ ފަހަރަކު ވެން ޑައިކާ ބެހޭގޮތުން ގިނަ ސުވާލުތަކެއް ނޫސްވެރިން އަހަ އެވެ. އެންމެ ފަހުން ބޭއްވި ލިވަޕޫލްގެ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން ވެސް ކްލޮޕް ވަނީ ވެން ޑައިކާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.

"އަހަރެން އަދިވެސް ބުނާނީ ޓޮޕް ލެވަލް ފުޓްބޯޅަ ކުޅެން ވެން ޑައިކަށް އެބަ ބޭނުންވޭ ވަގުުތު. މިއީ އާދައިގެ އަނިޔާއެއްގެ ވާހަަކައެއް ނޫން މި ދެއްކެނީ. ކަކުލުގެ ސީރިއަސް އަނިޔާ އަކުން ރިކަވާވެގެން އައުމުގެ މުހިއްމުކަން ކޮންމެ އެތުލީޓަކަށް ވެސް ބޮޑު. ވެން ޑައިކް އެ ހުރީ އޭނާގެ ކެރިއަރުގެ މުހިއްމު ހިސާބެއްގައި. މިއީ ރިސްކު ނަގަން އެންމެ ރަނގަޅު ވަގުތު ތޯ ސުވާލު އުފެއްދުން ރަނގަޅު ކަމަށް ނުދެކެން،" ކްލޮޕް ބުންޏެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލްގެ މެޑިކަލް ޓީމުން ވެން ޑައިކަށް ދޭ ލަފައަކީ ޔޫރޯގައި ނުކުޅެ އަންނަ ސީޒަނަށް ފޯކަސް ކުރުން ކަމަށާއި މިހާރު ކުރިއަށްދާ ދުވެލީގައި ވެން ޑައިކްގެ ރިހެބިލިޓޭޝަން ރަނގަޅަށް ގޮސްފިނަމަ ޖުލައި މަސް ތެރޭގައި ލިވަޕޫލުން އަންނަ ސީޒަނަށް ޕްރީ ސީޒަން ފަށާއިރު ވެން ޑައިކަށް ބައިވެރިވެވޭނެ އެވެ.

އެކަމަކު ނެދަލެންޑްސް އިން ޔޫރޯ އަށް ހަދާ ޕްލޭންތަކުން އަދި ވެން ޑައިކްގެ ނަން އެއްކޮށް އުނިނުކުރެ އެވެ.

ނެދަލެންޑްސްގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި އެ ގައުމުގެ ފުޓްބޯޅަ ޓީމުގެ މެޑިކަލް ޓީމުން އަންނަ މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ވެން ޑައިކްގެ އެކި ޓެސްޓްތަކާއި ރިހެބިލިޓޭޝަންގެ ތަފްސީލް އެއް ކުރާނެ އެވެ. އެއީ އަންނަ މަހު އެއް ވަނަ ދުވަހު ޔޫރޯ އަށް ކޮންމެ ޓީމެއްގެ ފައިނަލް ސްކޮޑު ހުށަހަޅަން ޖެހޭއިރު، އެންމެ ފަހު ވަގުތާ ހަމައަށް ވެސް ވެން ޑައިކަށް ކުޅެވޭނެ ގޮތެއް އޮތްތޯ ބެލުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox