ލިސްޓުގައި ނަން އޮތް ކަމެއް ނޭނގޭ، ކޮމިޓީން ވަކިވީ އަމިއްލައަށް: އާޒިމް

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުން މަންފާ ލިބުނު މީހުންގެ ލިސްޓު ދިރާސާކުރަމުން އަންނަ ގައުމީ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން އަމިއްލައަށް ވަކިވެވަޑައިގެންނެވީ އެ ލިސްޓުގައި ނަން އޮތްކަން އެނގިވަޑައިގެން ނޫން ކަމަށާއި، އެކަމާމެދު ޝައްކު އުފައްދަމުންދާތީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓެވުމަށްކަމަށް ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އެ ކޮމިޓީން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިވެވަޑައިގެންނެވީ، މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް އޭޑީކޭގައި ފަރުވާދެވެމުންދާތީ، މަޖިލީހުގެ ރައީސްގެ ޒިންމާތައް ނައިބު ރައީސްގެ ހައިސިއްޔަތުން އުފުއްލަވަން ޖެހިވަޑައިގަންނަވާތީ ކަމަށް ވިދާޅުވެ އެވެ.

އަދި އީވާގެ ބަދަލުގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން 241 ކޮމިޓީގެ އިތުރުން، އެމްއެމްޕީއާރުސީ ހިޔާނާތުގެ މަންފާ ލިބުނު ލިސްޓު ދިރާސާކުރަމުންދާ 241 ކޮމިޓީއާއި ޖުޑީޝަރީ ކޮމިޓީގެ ޖޮއިންޓު ކޮމިޓީ އަދި ސަބް ކޮމިޓީގައި ވެސް ހިސާން ހިމެނި އެވެ.

ނަމަވެސް، ރައީސް ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތުގެ އިންކުއަރީއެއް ހެދުމާ ގުޅޭގޮތުން 241 ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އާޒިމްގެ ބަދަލުގައި އީވާ ކޮމިޓީގައި ހިމެނުމަށް ކޮމިޓީއަށް އަންގާފައިވާ ކަމަށެވެ.

އަދި ކޮމިޓީގެ ނައިބު މުގައްރިރުކަން ކުރައްވައި އާޒިމް ކޮމިޓީން ވަކިވެފައިވާތީ، އެ މަގާމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހަމަޖައްސަން ވެސް ކޮމިޓީން ވަނީ މިރޭ ފާސްކޮށްފަ އެވެ.

އާޒިމް ކޮމިޓީން ވަކިވެފައިވަނީ ހިޔާނާތުގެ ލިސްޓު ދިރާސާކުރަމުންދާއިރު، މަސްލަހަތު ފުށުއަރާ އެއްވެސް މެމްބަރެއް ފާހަގަކުރެވިއްޖެ ނަމަ އެ މެމްބަރަކަށް ކޮމިޓީގެ އެ މަސައްކަތުގައި އިތުރަށް ބައިވެރިނުވެވޭގޮތް ހެދުމަށް ހޮނިހިރު ދުވަހުގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނިކޮށެވެ.

އެކަމާ ގުޅިގެން ގިނަ ވާހަކަތަކެއް ދެކެވެމުންދާއިރު، އާޒިމް މިރޭ "އަދަދު"އަށް ވިދާޅުވީ އެއް ކޮމިޓީން އަނެއް ކޮމިޓީއަށް ބަދަލުކުރެވޭނީ މެމްބަރަކު އަމިއްލައަށް ސޮއިކޮށް ފޮނުވުމުން ކަމަށެވެ.

އަދި ކޮމިޓީގެ މަސައްކަތުން ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގެންނެވީ ރައްޔިތުން ތަމްސީލްކުރާ މީހަކަށްވެފައި، ޝައްކެއް ވެސް އުފެދޭ ތަނެއްގައި އިންނަވަން ބޭނުންނުވާތީ ކަމަށެވެ.

"އަޅުގަނޑުގެ އިންޓެގްރިޓީ އެއަށްވުރެ ހައި ވާނެ. އެހެންވީމާ އެ ފުރުސަތު ކޮމިޓީއަކަށް ވެސް މީހަކަށް ވެސް ނުދިނުމުގެ ވިސްނުމުގައި އަޅުގަނޑަށް ކޮމިޓީގެ އެހެން ފަރާތްތަކުންނާއި އެހެން ދުރު ފަރާތްތަކުން ހަބަރު ލިބުނީ އެމްއެމްޕިއާރުސީ އިޝޫގަ އަޅުގަނޑުގެ ނަން އެބަ އިނޭ،" އާޒިމް ސާފުކޮށްދެއްވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ބޮޑު ހިޔާނާތުގެ ލިސްޓުގައި ނަން އިން ކަމަށް ތުހުމަތުކުރާއިރު، މިހާތަނަށް އެސެޓް ރިކަވަރީ ކޮމިޝަނުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ.

ހިޔާނާތް ބަލާ ކޮމިޝަނަށް އާޒިމްގެ ބޮޑު ތުހުމަތުތަކެއް

މަޖިލީހަށް ފޮނުވި ލިސްޓުގައި ކުއްލިއަކަށް 14 ނަމެއް އިތުރުވެފައިވާކަން ފާހަގަކުރައްވަމުން އާޒިމް މިރޭ ވަނީ ހިޔާނާތް ބަލާ ރިޔާސީ ކޮމިޝަނަށް ވެސް ގިނަ ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

މިގޮތުން، ވަކި ބައެއްގެ ނަންތައް ހިމަނަން އެ ކޮމިޝަނަށް ނުފޫޒު ފޯރުވައި ރިޝްވަތު ދީފައިވާ ކަމަށް އޭނާ ތުހުމަތު ކުރައްވަ އެވެ.

"އެސެޓް ރިކަވަރީ ކޮމިޝަނަށް ރިޝްވަތު ދިނުމުގެ ވިސްނުމަކީ އަލީ އާޒިމްގެ ނަން މީގަ އިނިއްޔާ މި ލިސްޓު ހާމައެއް ނުކުރާނެއޭ. އަޅުގަނޑު މި ބުނަނީ އަޅުގަނޑުގެ ނަން ލައިގެން ހާމަކުރާށޭ. އަޅުގަނޑުގެ މައްސަލައެއް ނެތޭ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ތަކުރާރުކޮށް ގޮވާލެއްވީ އޭނާގެ ނަން ލިސްޓުގައި އޮތް ކަން އަދި ޔަގީން ނުވިޔަސް، އެ ލިސްޓު ހާމަ ކުރުމަށެވެ.

އެއީ އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، އޭނާގެ ނަން ލިސްޓުގައި ހިމަނާފައިވަނީ ނަމަ، އެކަން ކޮށްފައިވަނީ ކޮމިޝަނަށް ރިޝްވަތުދީގެން އެ ލިސްޓު ހާމަކުރަން ހުރަސްއެޅުމުގެ ބޭނުމުގައި ކަމަށެވެ.

"ދެވަނަ ކަމަކަށް އެމްއެމްޕީއާރުސީގެ ލާރި ނެގި މީހާ އެބަހުއްޓޭ ދުނިޔޭގަ. އޭނާއާ ސުވާލު ކުރެވޭނެ. އެއީ [ކުރީގެ ނައިބު ރައީސް] އަދީބު. އަދީބު ބުނާނެތާ އަޅުގަނޑު ލާރި ނެގިއްޔާ ނެގިއޭ،" މިކަން ކޮށްފައިވަނީ ސިޔާސީ ބޭނުމަށްޓަކައި އެ ލިސްޓު މަޖިލީހަށް ހާމަކުރަން ނުކެރޭނެކަމުގެ ތުހުމަތު ތަކުރާރު ކުރައްވަމުން އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، 241 ކޮމިޓީން ނުކުންނެވީ ބޭރު ތެރޭގައި އެ ވާހަކަ ދެކެވޭތީ، ޝައްކެއް ވެސް އުފެދޭނެ ޖާގައެއް ވެސް ނުދިނުމަށްޓަކައި ހިޔާނާތުގެ މައްސަލަ ބަލައި ނިމެންދެން ކަމަށެވެ.

ހިޔާނާތުން މަންފާ ވި ކަމަށް ފުލުހުން ކުރިން އާއްމުކުރި ލިސްޓު

  • މަޖިލީހުގެ ކުރީގެ 44 މެމްބަރުން
  • މަޖިލީހުގެ މިހާރުގެ 16 މެމްބަރުން
  • ސަރުކާރުގައި މިހާރު ވެސް ހިމެނޭ ހަތް ބޭފުޅުން
  • ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން.
  • މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުން
  • ފަސް ފަނޑިޔާރުން
  • ސަލާމަތީ ހިދުމަތްތަކާ ބެހޭ ހަތް އޮފިސަރުން

މަޖިލީހަށް އެ ލިސްޓު މިދިޔަ ބުރާސްފަތި ދުވަހު ލިބުމާއެކު، އޭގައި ހުރި ނަންތައް ހާމަކުރަން މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން އާއްމުންގެ ތެރެއިން ގިނަ ބަޔަކު ވެސް ދަނީ ގޮވާލަމުންނެވެ.

ހިޔާނާތުގެ ތަހުގީގަށް ހުރަސްއެޅިދާނެތީ، އެ ލިސްޓުގެ ސިއްރު ހިފަހައްޓަދޭން ރިޔާސީ ކޮމިޝަނުން އެދިފައިވާތީ، އެ މައުލޫމާތު ދިރާސާކުރެވެންދެން އެ އެދުމަށް އަދި އިހުތިރާމް ކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ނަމަވެސް، އެ ލިސްޓުގައި ހިމެނޭ ނަންތައް ދިރާސާކުރުމަށްފަހު ތަހުގީގަށް ސީދާ ހުރަސްނޭޅޭނެކަމަށް ކޮމިޓީއަށް ފެންނަ ނަންތައް ހާމަކުރާނެކަމުގެ އިޝާރާތެއް ކޮމިޓީން ވަނީ ދީފަ އެވެ.

އަދި އެ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ވެސް ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން މަގާމުން ދުރުކުރަން އީވާ މިރޭ ވަނީ ސަބް ކޮމިޓީއަށް ހުށަހަޅުއްވައިފަ އެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު އަންނަ ހޯމަ ދުވަހު ފެށޭއިރު، މިރޭ ހުށަހެޅުނު ހުށަހެޅުންތަކާއެކު ސަބް ކޮމިޓީގެ ރިޕޯޓު މާދަމާ ރޭ ފައިނަލް ކުރުމަށްފަހު މައި ކޮމިޓީއަށް ފޮނުވަން މެމްބަރުން ނިންމި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox