އަލީ އާޒިމްގެ ބަދަލުގައި އީވާ އަލުން 241 ކޮމިޓީއަށް

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި. -- ފޮޓޯ: މަޖިލިސް

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި. -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ބަދަލުގައި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަލުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީއަށް ހަމަޖައްސައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އެ ކޮމިޓީން އީވާ ވަކިވެވަޑައިގެންނެވީ، މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް އޭޑީކޭގައި ފަރުވާދެވެމުންދާތީ، މަޖިލީހުގެ ރައީސްގެ ޒިންމާތައް ނައިބު ރައީސްގެ ހައިސިއްޔަތުން އުފުއްލަވަން ޖެހިވަޑައިގަންނަވާތީ ކަމަށް ވިދާޅުވެ އެވެ.

ނަމަވެސް، ކޮމިޓީގެ ނިންމުންތަކުގައި ވޯޓު ނުލެވޭ ގޮތަށް ވީ ވަރަކުން ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވުމަށް އީވާ އެދިވަޑައިގެންނެވި ގޮތަށް ކޮމިޓީން އެރޭ ނިންމި އެވެ.

އަދި އީވާގެ ބަދަލުގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން 241 ކޮމިޓީގެ އިތުރުން، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ މަންފާ ލިބުނު މީހުންކަމަށް ތުހުމަތުކޮށް އެ ހިޔާނާތް ބަލަމުންދާ ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓު ދިރާސާކުރަމުންދާ 241 ކޮމިޓީއާއި ޖުޑީޝަރީ ކޮމިޓީގެ ޖޮއިންޓު ކޮމިޓީ އަދި ސަބް ކޮމިޓީގައި ވެސް ހިސާން ހިމެނި އެވެ.

ނަމަވެސް، ރައީސް ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތުގެ އިންކުއަރީއެއް ހެދުމާ ގުޅޭގޮތުން 241 ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އާޒިމްގެ ބަދަލުގައި އީވާ ކޮމިޓީގައި ހިމެނުމަށް ކޮމިޓީއަށް އަންގާފައިވާ ކަމަށެވެ.

އަދި ކޮމިޓީގެ ނައިބު މުގައްރިރުކަން ކުރައްވައި އާޒިމް ކޮމިޓީން ވަކިވެފައިވާތީ، އެ މަގާމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހަމަޖައްސަން ވެސް ކޮމިޓީން ވަނީ މިރޭ ފާސްކޮށްފަ އެވެ.

އާޒިމް ކޮމިޓީން ވަކިވި ސީދާ ސަބަބެއް އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އަދި ސާފުވާގޮތް ވަނީ ނުވެފަ އެވެ.

އާޒިމް ކޮމިޓީން ވަކިވެފައިވަނީ ހިޔާނާތުގެ ލިސްޓު ދިރާސާކުރަމުންދާއިރު، މަސްލަހަތު ފުށުއަރާ އެއްވެސް މެމްބަރެއް ފާހަގަކުރެވިއްޖެ ނަމަ އެ މެމްބަރަކަށް ކޮމިޓީގެ އެ މަސައްކަތުގައި އިތުރަށް ބައިވެރިނުވެވޭގޮތް ހެދުމަށް ހޮނިހިރު ދުވަހުގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނިކޮށެވެ.

ނަމަވެސް، އެއީ އާޒިމް ކޮމިޓީން މަސައްކަތުން ދުރަށްޖެހިވަޑައިގެންނެވި ސަބަބުކަމެއް ވެސް ސާފެއް ނުވެ އެވެ.

މަޖިލީހަށް އެ ލިސްޓު ލިބުމާއެކު، އޭގައި ހުރި ނަންތައް ހާމަކުރަން މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން އާއްމުންގެ ތެރެއިން ގިނަ ބަޔަކު ވެސް ދަނީ ގޮވާލަމުންނެވެ.

ހިޔާނާތުގެ ތަހުގީގަށް ހުރަސްއެޅިދާނެތީ، އެ ލިސްޓުގެ ސިއްރު ހިފަހައްޓަދޭން ރިޔާސީ ކޮމިޝަނުން އެދިފައިވާތީ، އެ މައުލޫމާތު ދިރާސާކުރެވެންދެން އެ އެދުމަށް އަދި އިހުތިރާމް ކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ނަމަވެސް، އެ ލިސްޓުގައި ހިމެނޭ ނަންތައް ދިރާސާކުރުމަށްފަހު ތަހުގީގަށް ސީދާ ހުރަސްނޭޅޭނެކަމަށް ކޮމިޓީއަށް ފެންނަ ނަންތައް ހާމަކުރާނެކަމުގެ އިޝާރާތެއް ކޮމިޓީން ވަނީ ދީފަ އެވެ.

އަދި އެ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ވެސް ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން މަގާމުން ދުރުކުރަން އީވާ މިރޭ ވަނީ ސަބް ކޮމިޓީއަށް ހުށަހަޅުއްވައިފަ އެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު އަންނަ ހޯމަ ދުވަހު ފެށޭއިރު، މިރޭ ހުށަހެޅުނު ހުށަހެޅުންތަކާއެކު ސަބް ކޮމިޓީގެ ރިޕޯޓު މާދަމާ ރޭ ފައިނަލް ކުރުމަށްފަހު މައި ކޮމިޓީއަށް ފޮނުވަން މެމްބަރުން ނިންމި އެވެ.

އެ ހިޔާނާތާ ގުޅިގެން ތަހުގީގު ނުނިމި ދައުވާކުރުން ދިގުލާތީ، މަޖިލީހުން އިސްވެ ކަމާބެހޭ އިދާރާތަކުގައި އެދުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ކަަމަށް ތުހުމަތު ކުރެވޭ ސަރުކާރުގެ އިސް މަގާމްތަކުގައި މިހާރާއި އަދި ކުރީގައި ތިއްބެވި ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ޝަރުއީ ދާއިރާ އާއި ސަލާމަތީ ހިދުމަތްތަކާއި މިނިވަން މުއައްސަސާތަކާއި އަދި މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންނާއި ކުރީގެ މެމްބަރުންގެ ލިސްޓާއި ތަހުގީގު ގޮސްފައިވާ ހިސާބު ހިއްސާކޮށް ދިނުމަށެވެ.

ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން އާއްމުކޮށްފައިވާ ގޮތުގައި ލިސްޓުގައި 267 ނަން އޮތް ނަމަވެސް، މަޖިލީހާ މިހާރު ހިއްސާކޮށްފައިވާ ލިސްޓުގައި އަދަދު ވަނީ 280 އަށް އަރައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox