ދައުލަތުގެ މަގާމުތަކުގައި ތިބި ބޮޑު ހިޔާނާތުގެ ތުހުމުތުވާ މީހުން ވަކި ކުރަން ހުށަހަޅައިފި

މަޖިލީހުގެ ޖަލްސާއެއްގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ މަންފާ ލިބުނުކަމަށް އެ ހިޔާނާތް ބަލަމުންދާ ރިޔާސީ ކޮމިޝަނުން ތުހުމަތުކުރާ ފަރާތްތަކުގެ ތެރެއިން މިހާރު ވެސް ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން މަގާމުން ދުރުކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިރޭ ހުށަހަޅުއްވައިފި އެވެ.

އެ ހިޔާނާތާ ގުޅިގެން ތަހުގީގު ނުނިމި ދައުވާކުރުން ދިގުލާތީ، މަޖިލީހުން އިސްވެ ކަމާބެހޭ އިދާރާތަކުގައި އެދުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ކަަމަށް ތުހުމަތު ކުރެވޭ ސަރުކާރުގެ އިސް މަގާމްތަކުގައި މިހާރާއި އަދި ކުރީގައި ތިއްބެވި ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ޝަރުއީ ދާއިރާ އާއި ސަލާމަތީ ހިދުމަތްތަކާއި މިނިވަން މުއައްސަސާތަކާއި އަދި މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންނާއި ކުރީގެ މެމްބަރުންގެ ލިސްޓާއި ތަހުގީގު ގޮސްފައިވާ ހިސާބު ހިއްސާކޮށް ދިނުމަށެވެ.

ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން އާއްމުކޮށްފައިވާ ގޮތުގައި ލިސްޓުގައި 267 ނަން އޮތް ނަމަވެސް، މަޖިލީހާ މިހާރު ހިއްސާކޮށްފައިވާ ލިސްޓުގައި އަދަދު ވަނީ 281 އަށް އަރައިފަ އެވެ.

އެ މައުލޫމާތު ދިރާސާ ކުރަމުންދާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އާއީ ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި އީވާ ވިދާޅުވީ، އެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކޮމިޓީން ވެސް އެންމެ އިސްކަމެއް ދޭން ޖެހޭނީ މިހާރު ދައުލަތުގެ އެކި މަގާމުތަކުގައި ތިބި ފަރާތްތަކަށް ކަމަށެވެ.

އެއީ އީވާ ވިދާޅުވި ގޮތުގައި، އެ ފަރާތްތަކަށް އެ މަގާމުތަކުގައި ތިބެގެން ހިޔާނާތުގެ ތަހުގީގަށް ނުފޫޒު ފޯރުވުމުގެ އިތުރުން ދައުލަތުގެ މިސްރާބަށް ވެސް އެކި ކަހަލަ ނުފޫޒުތައް ފޯރުވުމުގެ ފުރުސަތު އޮންނާނެތީ ކަމަށެވެ.

އެހެންކަމުން، އެސެޓް ރިކަވަރީ ކޮމިޝަނުން ދައުވާ ކުރެވޭނެ މިންވަރަށް ހެކި ނުލިބުނު ނަމަވެސް، ނުވަތަ ޝަރީއަތުގައި ދައުވާ ސާބިތުނުވި ނަމަވެސް، އެފަދަ ފަރާތްތައް މަގާމުން ދުރުކުރުމަށް އީވާ ހުށަހެޅުއްވި އެވެ.

ކޮންމެހެން ހުކުމް އަންނަންދެން މަޑުކުރާކަށް ނުޖެހޭނެއޭ. ތަހުގީގު ހިނގަމުން ދިޔަ ނަމަވެސް މިސާލަކަށް ދައުލަތުގެ ބޮޑު މަގާމެއްގައި ހުރި މީހެއް މިވަރުގެ ބޮޑު ހިޔާނަތެއްގައި ބައިވެރިވެފަ އޮތިއްޔާ އަޅުގަނޑުމެންގެ ރިޕޯޓުގެ ރެކަމަންޑޭޝަނަކަށް ވާންޖެހޭނެއޭ މިހާރު މިހާރަށް ވެސް މަސައްކަތުން ދުރުކުރަން،" އީވާ ވިދާޅުވި އެވެ.

އަދި ރާއްޖޭގައި ފައިނޭންޝަލް ކްރައިމްސް ހުއްޓުވަން ހަރުދަނާ ކުރެވޭނެ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ފާހަގަކޮށްފައިވާކަންކަން ވެސް ކޮމިޓީ ރިޕޯޓުގައި ރެކަމެންޑޭޝަނެއްގެ ގޮތުގައި ހިމަނަން ވެސް އީވާ ހުށަހެއްޅުވި އެވެ.

ކުރިން އެ ކޮމިޓީގައި އިންނެވި އީވާގެ ބަދަލުގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހަމަޖައްސާފައިވީ ނަމަވެސް، ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވޭ ގޮތަށް ކޮމިޓީގެ ބައްދަލުވުންތަކުގައި އީވާއަށް ބައިވެރިވެވޭ ގޮތަށް ކޮމިޓީން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ ނިންމައިފަ އެވެ.

އީވާގެ ހުށަހެޅުމަށް ތާއީދުކުރައްވަމުން ހިސާން ވެސް ވިދާޅުވީ ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންގެ މިފަދަ މައްސަލަތައް ލަސްވުމުން ނުކުންނަ އެހެން ނުރަނގަޅު ނަތީޖާތައް ވެސް ހުންނަ ކަމަށެވެ.

"އެ މީހުންނަކީ މަގާމުގެ ހައިސިއްޔަތުން އެތައް މައުލޫމާތެއް ލިބޭ ބަޔެއް. އަދި އެތައް ނުފޫޒެއް ދައުލަތުގެ އޮނިގަނޑުގެ ތެރެއަށް ފޯރުވުމުގެ ފުރުސަތު އޮންނަ ބަޔެއް،" އެފަދަ ބަޔަކު މަގާމުގައި ދެމިތިބެވުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަން ފާހަގަކުރައްވަމުން ހިސާން ވިދާޅުވި އެވެ.

އަދި އެކަންކަން އިސްލާހުކުރަން މަޖިލީހުން އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރަންޖެހޭ ކަމަށެވެ.

ހިސާން ވިދާޅުވި ގޮތުގައި، އެ ލިސްޓުގައި ހިމެނޭ ބައެއް ފަރާތްތަކަށް ހިޔާނާތުގައި ބައިވެރިވިކަމަށް ޖިނާއީ ދައުވާ ސާބިތުވާ މިންވަރަށް ހެކި ނެތް ނަމަވެސް، ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދަން އެ މީހުންގެ މައްޗަށް ދައުވާކުރެވޭނެ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

އެ ލިސްޓުގައި ހިމެނޭ ނަންތަކާ ގުޅިގެން ތަހުގީގުތައް ކުރިއަށްދާއިރު، ތަހުގީގުތަކަށް ހުރަސްއެޅިދާނެތީ އެ މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓައި ދިނުމަށް ކޮމިޝަނުން ވަނީ އެދިފަ އެވެ.

ކޮމިޝަނުން އެހެން އެދުނު ނަމަވެސް، ކޮމިޓީން އެ މައުލޫމާތުތައް ދިރާސާކޮށް ނިމޭއިރު، ތަހުގީގަށް ހުރަސްއެޅޭނެ ފުރުސަތެއް ނެތްކަމަށް ފެނިއްޖެނަމަ އެ ނަންތައް ހާމަކުރަން ކޮމިޓީން ދަނީ މަޝްވަރާ ކުރަމުންނެވެ.

ކޮމިޝަނުގެ އެ އެދުމަށް އިޝާރާތް ކުރައްވައި، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ކޮމިޓީ ރިޕޯޓު ފައިނަލްކުރެވޭއިރު، އެ ލިސްޓުގައި ހުރި ބައެއް ނަންތައް ހާމަކުރެވޭ ހިސާބަށް ދާނެ ކަމަށެވެ.

އޭގެ ކުރިން ތަހުގީގަށް ހުރަސްއެޅޭނެ ފަދަ ނަމެއް އޮތްތޯ ކޮމިޝަނުގެ ކިބައިން ސާފުކޮށްލުން ކިހިނެއްވާނެތޯ އޭނާ އެއްސެވި އެވެ.

ގގގ
ގގގ

އެސެޓް ރިކަވަރީ ކޮމިޝަނާ ބައްދަލުކުރަން ސަބް ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް

އެއަށް ޖަވާބު ދެއްވަމުން އީވާ ވިދާޅުވީ ރޭ ކޮމިޝަނުގެ މެމްބަރުން ކޮމިޓީއަށް ހާޒިރުވެ ދެއްވި މައުލޫމާތުން، އެ ލިސްޓުގައި އެ ނަންތައް ހިމަނާފައިވަނީ އެކި މަރުހަލާތަކުން، ގިނަ ކަންތައްތަކެއް ފުރިހަމަވެގެންކަން އެނގޭ ކަމަށެވެ.

"ވަރަށް ރީޒަނަބަލް ގްރައުންޑްސް ލާފައޭ ލިސްޓަށް ލާފަ މިހިރީ. ދެން އިނަސަންޓުތޯ ނޫންތޯ އެންމެ ފަހު މަރުހަލާގަ ކޯޓުން ނިންމާނީ. އެކަމަކު ރީޒަނަބަލް ގްރައުންޑްސް ލާފައޭ ލިސްޓަށް ލާފަ އެއޮތީ،" ކޮމިޓީގެ ރިޕޯޓުގައި ވެސް އެކަން ސާފުކޮށް ހިމަނަން ހުށަހަޅުއްވަމުން އީވާ ވިދާޅުވި އެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު އަންނަ ހޯމަ ދުވަހު ފެށޭއިރު، މިރޭ ހުށަހެޅުނު ހުށަހެޅުންތަކާއެކު ސަބް ކޮމިޓީގެ ރިޕޯޓު މާދަމާ ރޭ ފައިނަލް ކުރުމަށްފަހު މައި ކޮމިޓީއަށް ފޮނުވަން މެމްބަރުން ނިންމި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox