ޗެމްޕިއަންސް ލީގު ފައިނަލް އިންގްލެންޑްގެ ވެމްބްލީ ގައި؟

May 10, 2021, 9:02 AM
އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި ޗެލްސީގެ ވާނާ (ކ) ފޮނުވާލާ ޝޮޓެއް ބްލޮކްކުރަން ސިޓީގެ މެންޑީ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި ޗެލްސީގެ ވާނާ (ކ) ފޮނުވާލާ ޝޮޓެއް ބްލޮކްކުރަން ސިޓީގެ މެންޑީ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (މެއި 10) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި އޮތް ތުރުކީގެ އިސްތަންބޫލްގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ އެ މެޗު އިންގްލެންޑްގެ ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި ކުޅެން ޔުއެފާ އާއި އިނގިރޭސި ސަރުކާރު އަދި އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން މަޝްވަރާ ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި މަހު 29 ވަނަ ދުވަހު އިންގްލެންޑްގެ ޗެލްސީ އާއި މެންޗެސްޓާ ސިޓީ ކުޅޭ ފައިނަލް މެޗު އިންގްލެންޑްގެ އެސްޓަން ވިލާ ދަނޑު، ވިލާ ޕާކުގައި ބާއްވަން އެ ކްލަބުން ހުށަހެޅި ނަމަވެސް އެ ދަނޑުގެ ހާލަތު އެންމެ ރަނގަޅު ލެވަލެއްގައި ނެތުމުން ޔުއެފާ އިން އެ ޕްރޮޕޯސަލް ބަލައެއް ނުގަތެވެ.

ކޮވިޑްގެ ނުރައްކާ ބޮޑުވެ ތުރުކީ މި ވަގުތު ލޮކްޑައުންއެއްގައި އޮތުމުންނާއި ދާދި ފަހުން އިންގްލެންޑް ސަރުކާރުން އެ ގައުމުގެ މީހުން ދަތުރުފަތުރު ކުރުމުގައި ސަމާލުވާން ނެރުނު ރެޑް ލިސްޓުގައި ތުރުކީ ހިމެނި އެވެ. އެއާ އެކު ޗެމްޕިއަންސް ލީގުގެ ފައިނަލަށް އިންގްލެންޑްގެ ސަޕޯޓަރުންނަށް ތުރުކީ އަށް ދިއުމުގެ ފުރުސަތު ގެއްލުނީ އެވެ.

ދިމާވެފައިވާ ކަންބޮޑުވުންތައް ހައްލެއް ހޯދުމުގެ ގޮތުން ޔުއެފާ އިން ނިންމީ އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި ފައިނަލް ކުޅޭ ގޮތަށް މަޝްވަރާ ކުރުމަށެވެ. އިންގްލެންޑްގެ މަޝްހޫރު ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ވެމްބްލީގައި ފައިނަލް ކުޅޭ ގޮތަށް މިހާރު އޮތީ ހަމަޖެހިފަ އެވެ. އިންގްލެންޑްގެ އޮފިޝަލަކު އެ ގައުމުގެ މީޑިއާ އަށް ބުނީ އެ ގައުމަށް ނިސްބަތްވާ ދެ ކްލަބް ފައިނަލުގައި އޮތުމުން މި މެޗު އިންްގްލެންޑްގައި ކުޅުމުގެ ހުރަހެއް އޮންނާނެ ކަމަށް ނުދެކޭ ކަމަށެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ވެސް އެންމެ ފުރަތަމަ ކުޅެން ހަމަޖެއްސީ އިސްތަންބޫލްގަ އެވެ. އެކަމަކު އޭރު ކޮވިޑްގެ ހާލަތު މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑަށް ގޯސްކޮށް އޮތުމުން ޔުއެފާ އިން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާ ހަމައިން ސެންޓްރަލައިޒްކޮށް ހުރިހާ މެޗެއް ކުޅުނީ ޕޯޗުގަލްގެ ލިޒްބަންގަ އެވެ. މި ފަހަރުގެ ފައިނަލް ވެސް އިސްތަންބޫލްގައި ނުކުޅެން ނިންމާނަމަ ތުރުކީން ފައިނަލް ހޯސްޓް ކުރަން ކުރި މަސައްކަތްތަކުގެ ބަދަލެއް ދޭން ޔުއެފާ އިން ޖެހޭނެ އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް އެންމެ ފަހުން ވެމްބްލީގައި ކުޅުނީ 2013 ވަނަ އަހަރު އެވެ. އެ ފަހަރު ޑޯޓްމަންޑް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ބަޔާން މިއުނިކުންނެވެ. އޭގެ ދެ އަހަރު ކުރިން 2011 ވަނަ އަހަރު ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ކުޅުނު ބާސެލޯނާ އިން ވަނީ ވެމްބްލީގައި ކުޅުނު ފައިނަލެއްގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ތަށި އުފުލާލައިފަ އެވެ. އެއީ ގާޑިއޯލާ އެންމެ ފަހުން ޓީމެއް ގޮވައިގެން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ނުކުތް ފަހަރެވެ. މިއީ ގާޑިއޯލާ މިހާރު ކޯޗުކޮށްދެމުން އަންނަ ސިޓީން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ސިޓީން މި ފަހަރުގެ އިނގިރޭސި ލީގު ކަޕް ކާމިޔާބުކުރީ ވެމްބްލީގައި ކުޅުނު ފައިނަލުގައި ޓޮޓެންހަމް ބަލިކޮށްފަ އެވެ. އެކަމަކު ވެމްބްލީގައި ކުޅުނު އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ސިޓީ ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެ ޓީމާ ދެކޮޅަށް ނުކުންނަ ޗެލްސީ އަތުން ބަލިވެފަ އެވެ. ޗެލްސީން ވަނީ ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ސިޓީ އަތުން ފަހަތުން އަރައި މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox