ތުއްތު ކުދިންނާއި ތައުލީމުގެ ތެރެއިން ކުޑަކުދިންގެ ދުވަސް

ކުޑަކުދިންގެ ދުވަހާ ގުޅޭ އާޓްވޯކް: އަހުމަދު އިހުސާން (އަރަކަ އާޓްސް)

ކުޑަކުދިންގެ ދުވަހާ ގުޅޭ އާޓްވޯކް: އަހުމަދު އިހުސާން (އަރަކަ އާޓްސް)

ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ހުރިހާ ކުޑަކުދީންނަށް، ކުޑަކުދީންގެ ދުވަހުގެ ތަހުނިޔާ ނުހަނު ލޯތްބާ އެކު ފޮނުވަމެވެ.

މިއަދުގެ ކުޑަ ކުދީންނަކީ މާދަމާ މިގައުމުގެ ހަރު ދުވެލީގެ އެންމެ އުހުގައި ތިބޭނޭ ޒުވާނުންނެވެ. މި ގައުމު ބައްޓަން ކުރަން ތިބި މޭސްތިރިންނެވެ. މިއަދު މިކުދިންނާ މެދު އިހުމާލު ވެވިއްޖެނަމަ މާދަމާ މިގައުމުގައި ކަންތައް ވާނޭގޮތަކާމެދު ވިސްނާލަން ޖެހެ އެވެ. ކުޑަކުދީންނަށް ހަރުދަނާ ތަރުބިއްޔަތެއް ދެވެން ޖެހެ އެވެ. ކޮންމެ ކުއްޖަކީ ވެސް މުހިންމު ބޭނުންތެރި ކުއްޖެއްކަން ބުނެދޭންޖެހެ އެވެ. މައިންބަފައިން އެކުދިން ދެކެވާ ލޯބި ބުނެދޭން ޖެހެ އެވެ. ފުރިހަމަ ތަރުބިއްޔަތެއްގެ މަތީ ތައުލީމު ފޯރުކޮށްދެވެން ޖެހެ އެވެ. ކުޑަކުދިންގެ ދުވަހެއް ފާހަގަ ކުރުމުގެ މައިގަނޑު މަގުސަދު އެކުދީންގެ އުމުރުފުރާއާއި ގުޅޭގޮތަށް ބުނެދޭންޖެހެ އެވެ.

ކުޑަކުދީން އެކުދީންގެ ޝަރަފުގައި އަންނަ މިދުވަހަށް ވަރަށް އިންތިޒާރު ކުރެ އެވެ. ތަފާތު ގިނަ ހަރަކާތްތައް މި ކުދިންގެ ޝަރަފްގައި ސްކޫލްތަކުންނާއި އަމިއްލަ ފަރާތްތަކުން ނިކަން ކުލަގަދަ ކޮށްފާހަގަ ކޮށްދޭތީ މި ދުވަހަށް ވަރަށްބޮޑަށް އިންތިޒާރުކުރެ އެވެ. ކުޑަކުދީން މި ދުވަހުގެ ވާހަކަ ބުނެލާނީ ވެސް ނިކަން އުފަލުންނެވެ. މި ދުވަހަށްޓަކައި ސްކޫލްތައް ވެސް ވަރަށް ބޮޑަށް ޒީނަތްތެރި ކުރެ އެވެ. ކުލަކުލައިގެ ފުއްޕާހަންދެމުމާއި ރީތި ގޮތްގޮތަށް ސުކޫލްތެރެ ޒީނަތްކުރެ އެވެ. ކޮންމެ ސުކޫލެއް ވެސް އަނެއް ސްކޫލަށް ވުރެ ރީތި ކުރެވޭތޯ ނޫނީ އާގޮތެއް ހެދޭތޯބަލަ އެވެ.

މިގޮތުން ބައެއް ސްކޫލަށް ވަދެލެވުމުން ހީވާނީ މިއުޅެވެނީ ޑިޒްނީލޭންޑްގައިހެނެވެ. ނޫނީ އެފްރިކާގެ ޖަންގައްޔެއްގައިހެނެވެ. ކޮންމެ ސުކޫލެއް އަނެއް ސުކޫލާއި ނުބައްދަލު ގޮތަކަށް ތައްޔާރު ކުރާނެ އެވެ. އަދި ސުކޫލްތަކުގެ މުދައްރިސުން ވެސް ސުކޫލް ޒީނަތްކުރެވުނު ގޮތަކާއި ގުޅޭގޮތަކަށް ހެދުންއަޅާރީތިވެ އެވެ. މިދުވަހުގެ ޝަރަފުގައި މިކުދީންނަށް ހަދިޔާ ފަދަ ތަކެތިވެސް ދެވެ އެވެ. އަދި މައިންބަފައިން ވެސް މިކުދީންނަށް އެމީހަކަށް ދެވުނު އެންމެ ރަނގަޅު ހަދިޔާއެއް ދީހަދަ އެވެ. މި ހަދިޔާ ދެވޭގޮތް ވެސް ކޮންމެ އަހަރަކު ތަފާތު ކުރެވޭތޯ ސުކޫލްތަކުންބަލަ އެވެ. ވީމާ ކުޑަކުދީންނަށް މިދުވަސްވަނީ ވަރަށް މުހިންމު ދުވަހަކަށެވެ.

އަޅުގަނޑުމެންގެ ދަރީންނަށް ކުޑަކުދީންގެ ދުވަސް ބުނެދެވޭއިރު މިބުނެދެވެނީ ރަނގަޅަށްތޯ ވިސްނާލުން ރަނގަޅެވެ. މިކުދިންގެ ޝަރަފުގައި ތަންތަން ރީތިކޮށް މިކުދިން ނަލަ ހެދުންއަޅުވާ ޕާކުތަކަށް ގެންގޮސް މަޖާ ކުޅިވަރުތައް ކުޅުވާ ހެދިޔަސް މިދުވަހުގެ މައިގަނޑު މަގުސަދު ބުނެނުދެވޭކަން ފާހަގަވެ އެވެ. އަޅުގަނޑު ދެކޭގޮތުގައި މިދުވަހުގެ މައިގަނޑު މަގުސަދު ނޫނީ އެހަރަކު އެކުދިންގެ ދުވަހަށް ކަނޑައަޅާފައި އޮންނަ ޝިއާރު ބުނެލަދިނުން ވަރަށް ރަނގަޅުވާނެކަމަށް އަޅުގަނޑުދެކެމެވެ. އަދި މިކުދީންގެ ހައްގުތަކެއް އޮންނަކަމާ އެހައްގުތައް ހޯދުމަށް ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ ބުނެދެވެންޖެހެ އެވެ. އަދި އެ އަހަރެއްގައި ކުޑަކުދިންގެ ދުވަހަށް ކަނޑައަޅާފައި އޮންނަ ޝިއާރަށް ކޮންމެވެސް މަސައްކަތެއްކޮށްލަދިނުން ވަރަށް ރަނގަޅުވާނެ އެވެ. އޭރުން އެކުދިންނަށް އެކަން ދަސްވެ ހަނދާނުގައި ހުންނާނެ އެވެ. މިދުވަސް ފާހަގަ ކުރަމުންދާއިރު އަޅުގަނޑުމެން ހަނދާންކުރަންޖެހޭ ވަރަށް މުހިންމު ކުދިންކޮޅެއް ތިބިކަން ދަންނަންވާނެ އެވެ. މައިންބަފައިންގެ ލޯބިން މަހުރޫމުވެފައިވާ ދައުލަތުގެ ބެލެނިވެރިކަމުގެ ދަށުގައިތިބި ކުޑަކުދީންގެ މަތީންވެސް ހަނދާންކޮށް އަޅުގަނޑުމެންނަށް ކޮށްދެވޭ އެންމެ ރަނގަޅުކަމެއް ކޮށްދެވޭތޯ ބަލަންވާނެ އެވެ. މި ކުދިންވެސް އެއްވެސް އުފަލަކުން މަހުރޫމުވިޔަ ދީގެންނުވާނެ އެވެ.

އާދެ މިރާއްޖޭގައި މިދުވަސްފާހަގަ ކުރެވެމުންދަނީ މެއި މަހުގެ 10 ވަނަ ދުވަހު އެވެ. އަޅުގަނޑުގެ ހަނދާނުގައި ކުޑަކުދީންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރެވުނީ 1981 ވަނަ އަހަރުއެވެ. މީގެ ކުރިން ވެސް ކުޑަކުދީންގެ ދުވަހެއް ފާހަގަ ނުކުރާކަމެއް ނޭގެ އެވެ. އެ ދުވަހުގެ ހަނދާންތައް އަދިވެސް އެބަހުއްޓެވެ. މިނަންގަތީ މީގެ 40 އަހަރުކުރީގެ ވާހަކައެކެވެ. އޭރު އެންމެ ބޮޑަށްސަމާލުކަމެއް ދިނީ އަޅުގަނޑުމެންގެ ތައުލީމަށެވެ. މިއަދު ސަމާލުކަން ދޭންވެފައި މިއޮތީ އަޅުގަނޑު ދެކޭގޮތުގައި ބައިބައިވުންތަކާ ފަސާދަ ކުރުމުގެ މާހައުލުން އަޅުގަނޑުމެން ތުއްތު ކުދިންކޮޅު ސަލާމަތް ކުރެވޭނެގޮތެއް ހޯދުމަށެވެ. އެކުދީންނަކީ އެކުވެރި ބައެއްގެ ގޮތުގައި ބޮޑު ކުރެވެތޯ އަޅުގަނޑުމެން ވަރަށްބޮޑަށް މަސައްކަތް ކުރަންޖެހިފަ އެވެ. އިސްލާމީ އަގީދާ ތުއްތުތުއްތު ހިތްތަކުގައި އަށަގަންނަވަން ޖެހިފައެވެ. މިކުދިންނަށް މިކަންކަން ދަސްކޮށްދެވިއްޖެނަމަ ބައިބައިވުންތަކުގެ ފިކުރެއް އަޅުގަނޑުމެންގެ ކުދިންގެ ކިބައިން ނުފެންނާނެއެވެ. އޭރުން ފެންނަނީ ހެޔޮލަފާ ޖީލެއް އުފެދިގެން ގޮސްފައިވާތަނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox