ސްރީލަންކާ އެލާޓުގައި، އޮކްސިޖަނާއި ވެންޓިލޭޓަރުގެ އެހީއަށް ޗައިނާގައި އެދެފި

ސްރީލަންކާގައި މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ.-- ފޮޓޯ: އޭޕީ

ސްރީލަންކާގައި މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ.-- ފޮޓޯ: އޭޕީ

ސްރީލަންކާގައި ފޯރުކޮށްދޭ ހުރިހާ ޒަރޫރީ ހިދުމަތްތަކެއް އެލާޓަށް ގެނެސް، އޮކްސިޖަނާއި ވެންޓިލޭޓަރުގެ އެހީތެރިކަމަށް ޗައިނާގައި އެދިއްޖެ އެވެ.

ވީހާވެސް މަދު މުވައްޒަފުންނާ އެކު ޒަރޫރީ ހިދުމަތްތައް ތައްޔާރީ ހާލަތުގައި ތިބުމަށް އެންގީ ކޮވިޑުގެ ނަންބަރުތައް ހިފެހެއްޓުމެއް ނެތި އިތުރުވަމުން ދާތީ އެވެ.

ބަލިމަޑުކަން ފެށުނު ފަހުން އިއްޔެ ރިކޯޑު އަދަދަކަށް 2000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، 22 މީހުން މަރުވި އެވެ. އެ ގައުމުގެ ޖުމްލަ ކޭސްތައް ވަނީ 123،000 އަށް އަރާފަ އެވެ. މަރުތައް އުޅެނީ 786 ގަ އެވެ.

ސިއްހީ އިދާރާތަކުން ބުނީ ހުރިހާ ޑިސްޓްރިކްޓަކަށް ވެސް ބަލި މިހާރު ފެތުރިފައިވާ ކަމަށާއި ރައްކާތެރިކަމުގެ އުސޫލަށް އަމަލު ނުކުރާ ނަމަ ނަންބަރުތައް އަދިވެސް އިތުރުވެ، ސިއްހީ ނިޒާމު ހުއްޓިދާނެ ކަމަށެވެ.

ހާލަތު ގޯސްވަމުން ދާތީ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ އޮކްސިޖަނާއި ވެންޓިލޭޓަރުގެ އެހީތެރިކަމަށް ޗައިނާގައި އެދިވަޑައިގެންފަ އެވެ.

އެކަމަށް ރަސްމީކޮށް އެދުނީ ކޮލޮމްބޯގައި ހުންނަ ޗައިނާ ސަފީރުގެ ކިބައިންނެވެ. އޮކްސިޖަނާއި ވެންޓިލޭޓަރުގެ އިތުރުން، އޮކްސިޖަން ސިލިންޑަރާއި، ކޮންސަންޓްރޭޓަރާއި، ރެގިއުލޭޓަރާއި، ތެރަޕީ މެޝިން ފަދަ ތަކެތީގެ އެހީއަށް ވެސް އެދިފައި ވެއެވެ.

ކޮލޮމްބޯގައި ހުންނަ ޗައިނާ އެމްބަސީގެ ތަރުޖަމާނަކު ޑެއިލީ މިރާ ނޫހަށް ވިދާޅުވީ ލަންކާ ސަރުކާރުގެ ރިކުއެސްޓެއް ލިބިއްޖެ ކަމަށާއި ވީ އެންމެ އަވަހަކަށް އެހީ ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ އިންޑިއާ ހިމެނޭހެން މުޅި ދެކުނު އޭޝިއާއަށް ކޮވިޑުގެ ރާޅުތަކެއް އަރާފައި ވާތީ ލަންކާ ސަރުކާރުގެ އެދުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އިސްކަން ދީގެން ބަލާނެ ކަމަށެވެ.

"ޗައިނާ ސަރުކާރުން މަސައްކަތް ކުރާނީ އެދުނު ހުރިހާ އެއްޗެއް ފޯރުކޮށްދޭން ސިއްހީ އެހީގެ ގޮތުގައި. އެންމެ މުހިއްމީ ވަގުތު. ފައިސާ ހުރި ނަމަވެސް ފެކްޓަރީއަށް ގޮސް ސަޕްލައި ނުލިބި ލަސްވެދާނެ. އެކަމަކު ޗައިނާ ސަރުކާރުން އަވަސް ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ،" ތަރުޖަމާނު ވިދާޅުވި އެވެ.

އިންޑިއާގައި ބަލި ފެތުރި ނޭޕާލާއި ބަންގްލަދޭޝް ކަހަލަ ގައުމުތަކުގެ ހާލަތު ވެސް ވަނީ ގޯސްވެފައި. އިތުރު ބައިވަރު ގައުމުތަކުން ވަނީ ސިއްހީ ސަޕްލައި ހޯދަން ޗައިނާއަށް އޯޑަރުތައް ފޮނުވާފައި. އެކަމަކު ލަންކާގެ އެދުމަށް ހާއްސަ ސަމާލުކަމެއް ދޭނަން. އެއީ ދެ ގައުމުގެ ގާތް ގުޅުމަށް އިހްތިރާމް ކުރުމުގެ ގޮތުން. -- ޗައިނާ އެމްބަސީގެ ތަރުޖަމާނު

ބޮޑު ވަޒީރުގެ ޗީފް އޮފް ސްޓާފް ޔޮޝީތާ ރާޖަޕަކްސަ ވިދާޅުވީ އަވަސް ސިއްހީ އެހީތެރިކަމަށް ޗައިނާގައި އެދުނީ ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވެ ތިބުމަށް ކަމަށެވެ.

ލަންކާގައި ކޮވިޑުގެ ހާލަތު ގޯސްވަމުން ދާއިރު، މިހާތަނަށް އެ ގައުމުން ކޮވިޑް ފަތުރާ ވައިރަހުގެ ހަ ވޭރިއެންޓެއް ފެނިފައި ވެއެވެ. އެއީ ޔޫކޭ ވޭރިއެންޓް، ޑެންމާކާއި އީޔޫ އަދި މެދުއިރުމަތީގެ ވޭރިއެންޓް، ނައިޖީރިއާ ވޭރިއެންޓް، އިންޑިއާ ވޭރިއެންޓް، ދެކުނު އެފްރިކާ ވޭރިއެންޓް އަދި މުޅިން އަލަށް ލަންކާއިން ފެނިފައިވާ ވޭރިއެންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox