ޔުނައިޓެޑުން ސިޓީ އަށް ފަސޭހައިން ދުލެއް ނުދޭނެ

May 9, 2021, 6:00 PM
ލަނޑު ޖެހުމަށް ފަހު ބްރޫނޯ ފެނާންޑޭސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ބްރޫނޯ ފެނާންޑޭސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބާމިންހަމް (މެއި 9) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފަހަތުން އަރައި 3-1 އިން އެސްޓަން ވިލާ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ލީގުގެ ރޭހުގައި އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް އަނެއްކާ ވެސް ޕްރެޝަރު ކޮށްފި އެވެ.

ލީގުގައި ރޭ ޗެލްސީ އަތުން މޮޅުވެގެން ސިޓީ އަށް ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް އެ ޓީމު ވީ ބައްޔެވެ. އެހެން ކަމުން ސިޓީ އަށް ދެން އެންމެ އަވަހަށް ލީގު ލިބެން އޮތީ މިރޭ އެސްޓަން ވިލާ އަތުން ޔުނައިޓެޑް ބަލިވެގެންނެވެ. އެކަމަކު ޔުނައިޓެޑް މޮޅުވުމާ އެކު ސިޓީގެ އިންތިޒާރު ދިގުވީ އެވެ.

މި ވަގުތު ސިޓީ އެއް ވަނައިގައި އޮތީ 35 މެޗުން 80 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޔުނައިޓެޑް އޮތީ 34 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑުން ބުރާސްފަތި ދުވަހުގެރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުން ބަލިވެއްޖެނަމަ ސިޓީ އަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. އެ މެޗުން ޔުނައިޓެޑް ބަލިނުވެއްޖެނަމަ ސިޓީ އަށް އެންމެ އަވަހަށް ލީގު ހޯދޭނީ ހޮނިހިރު ދުވަހު ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވެގެންނެވެ.

Advertisement

"އަހަރެމެން މި ރޭހުގައި ވީހާ ވެސް ގިނަ ވަގުތު އޮންނަން ބޭނުން. ބޭނުން ހުރިހާ މެޗަކުން މޮޅުވާން. މި މެޗުން ވެސް ފަހަތުން އަރައި މޮޅުވެގެން އަހަރެމެން (މެންޗެސްޓާ) ނޫ ސަރަހައްދުގައި އޮތް ޕާޓީ އަކާ ދިމާލަށް ދާން ނުޖެހުނުކަން ރަނގަޅު. އެ މީހުން (ސިޓީ) އެ އޮތީ ލީޑެއްގައި. އެކަމަކު ފަސޭހައިން ދޫދޭކަށެއް ބޭނުމެއް ނޫން.،" މިރޭގެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުންޏެވެ.

ވިލާ ޕާކުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު އެސްޓަން ވިލާ އިން ނިންމާލީ ލީޑުގައި އޮވެގެންނެވެ. މެޗުގެ 24 ވަނަ މިނިޓްގައި ޔުނައިޓެޑް އޭރިއާތެރެއިން އެސްޓަން ވިލާގެ ގޯލު ޖެހީ ބާޓްރަންޑް ޓްރައޯރޭ އެވެ. ފުރަތަަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުގެ ލީޑުފުޅާކޮށްދޭން އޮލީ ވަޓްކިންސް ޖެހި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑީން ހެންޑަސަން ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑުން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފްގައި ތިން ގޯލު ޖަހައިގެންނެވެ. ޔުނައިޓެޑަށް އެއްވަރުކޮށްދިނީ 52 ވަނަ މިނިޓްގައި ބްރޫނޯ ފެނާންޑޭސް ޖެހި ޕެނަލްޓީންނެވެ. މިއީ އޭރިއާތެރެއިން އެސްޓަން ވިލާގެ ޑަގްލަސް ލުއީޒް ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެ ހަތަރު މިނިޓް ފަހުން ޔުނައިޓެޑަށް ލީޑުނަގައިދިނީ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް އެވެ. ޔުނައިޓެޑްގެ ތިން ވަަނަ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެޑިންސަން ކަވާނީ އެވެ.

މި މެޗުގައި ފެނާންޑޭސް ޖެހި ގޯލާ އެކު އޭނާ ވަނީ ޗެލްސީގެ ތަރި ފްރޭންކް ލަމްޕާޑްގެ ރެކޯޑަކާ ހަމަކޮށްފަ އެވެ. އެއީ މިޑްފީލްޑަރަކަށް ކުޅެމުން 2010 ވަނަ އަހަރު ލަމްޕާޑް އެއް ސީޒަނެއްގައި 27 ގޯލު ޖަހައިގެން ހަދާފައިވާ ރެކޯޑެވެ. ފެނާންޑޭސް މިރޭ ކާމިޔާބުކުރީ މި ސީޒަނުގައި އޭނާގެ 27 ވަނަ ގޯލެވެ.

އެސްޓަން ވިލާ އިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ 89 ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު އެސްޓަން ވިލާގެ ވަޓްކިންސް އަށް ރަތް ކާޑު ދެއްކުމުންނެވެ. ވަޓްކިންސް އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ ޕެނަލްޓީ އެއް ހޯދަން ޑައިވްކުރި ކަމަށް ބެލުމަށް ފަހު އެވެ.

އެސްޓަން ވިލާގެ ކޯޗު ޑީން ސްމިތު ބުނީ މެޗު ބަދަލުވީ ޔުނައިޓެޑަށް ޕެނަލްޓީ ދޭން ނިންމި ހިސާބުން ކަމަށާއި ރޭ މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިން އަށް ފައުލުކުރުމުން ޕެނަލްޓީ ނުދިން އެއްޗެއް މިއަދު ޔުނައިޓެޑަށް ކުރުމުން ދީފި ކަމަށެވެ.

"އަހަންނަށް ނޭނގެ މި ޕެނަލްޓީތައް ޔުނައިޓެޑަށް އެހާ ފަސޭހައިން ލިބޭ ސަބަބެއް،" ސްމިތު ބުންޏެވެ.

ޔޫރަޕްގެ ޖާގަ ހޯދުމުގެ އަމާޒުގައި މަސައްކަތްކުރަމުން އަންނަ ވެސްޓް ހޭމް ޔުނައިޓެޑް މިރޭ ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން އެވަޓަން އަތުން ބަލިވެފަ އެވެ. އެވަޓަންގެ ހަމަައެކަނި ގޯލު ޖެހީ ޑޮމިނިކް ކަލްވެޓް ލެވިން އެވެ. މި މޮޅާ އެކު އެވަޓަން އަށް ވަނައިގައި އޮތީ 34 މެޗުން 55 ޕޮއިންޓް ހޯދައިގެންނެެވެ. ވެސްޓް ހޭމް އޮތީ 35 މެޗުން 58 ޕޮއިންޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox