ރިސޯޓު ތަރައްގީކުރަން ފަހުން ހުޅުވާލި ރަށްތަކަށް އިންވެސްޓަރުންގެ ފިނި ތަރުހީބެއް

ގއ. މާރެހާ: 17 ހެކްޓަރުގެ މި ރަށަކީ މި ފަހަރު ރިސޯޓެއް ތަރައްގީކުރަން ހުޅުވާލި އެންމެ ބޮޑު ރަށް -- ފޮޓޯ: ގޫގްލް އާތް

ގއ. މާރެހާ: 17 ހެކްޓަރުގެ މި ރަށަކީ މި ފަހަރު ރިސޯޓެއް ތަރައްގީކުރަން ހުޅުވާލި އެންމެ ބޮޑު ރަށް -- ފޮޓޯ: ގޫގްލް އާތް

ސަރުކާރުގެ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނުގެ ތެރެއިން ރިސޯޓް ތަރައްގީކުރަން އަލަށް ހުޅުވާލި ރަށްތަކަށް 98 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ މަހު ކުރި އިއުލާނެއްގައި ރާއްޖޭގެ ހަތް އަތޮޅެއްގެ 23 ރަށެއްގައި ރިސޯޓް ތަރައްގީކުރަން ހުޅުވާލި އެވެ. މީގެ ތެރެއިން ކައިރި ކައިރީގައި ހުރި ބައެއް ރަށްތައް އެއްކޮށް ދޫކުރާތީ ރިސޯޓް ތަރައްގީކުރަން އެއްބަސްވުން ހަދާނީ 16 ފަރާތަކާ އެކު އެވެ.

މިއީ ރައީސް ސޯލިހު ސަރުކާރުގެ ޓޫރިޒަމަށް ރަށްތައް ދޫކުރުމުގެ ދެވަނަ މަރުހަލާގެ ތެރެއިން އޯޕަން ބިޑު އުސޫލުން ކުއްޔަށް ދޫކުރަން ހުޅުވާލި ރަށްތަކެކެވެ.

މި ރަށްތަކުގެ ތެރޭގައި ގިނައީ މިހާރު ރިސޯޓުތައް މަދު އަތޮޅުތަކުން ރިސޯޓް ތަރައްގީކުރަން ހުޅުވާލި ރަށްތަކެވެ. މި ރަށްތަކަކީ؛

  • ހއ. ވެލިފިނޮޅު - 4.1 ހެކްޓަރު، އިތުރަށް ނުހިއްކޭ، އެކުއިޒިޝަން ކޮސްޓު 600،000 ޑޮލަރު
  • ހއ. އަލިދުއްފަރުފިނޮޅު - 3 ހެކްޓަރު، އިތުރަށް ހިއްކޭ، އެކުއުޒިޝަން ކޮސްޓު 500،000 ޑޮލަރު
  • ހދ. ކުޑަފަރުފަސްގަނޑު - 1.20 ހެކްޓަރު، އިތުރަށް ހިއްކޭ، އެކުއުޒިޝަން ކޮސްޓު 300،000 ޑޮލަރު
  • މ. ސީދީހުރާ، ސީދީހުރާ ވެލިގަނޑާ އެކު - 3.28 ހެކްޓަރު، އިތުރަށް ހިއްކޭ، އެކުއިޒިޝަން ކޮސްޓަކީ 1.25 މިލިއަން ޑޮލަރު
  • މ. މާފުށި - 10.40 ހެކްޓަރު، އިތުރަށް ނުހިއްކޭ، އެކުއިޒިޝަން ކޮސްޓަކީ 2.25 މިލިއަން ޑޮލަރު
  • ތ. ކާއްޑޫ - 3.9 ހެކްޓަރު، އިތުރަށް ހިއްކޭ، އެކުއިޒިޝަން ކޮސްޓަކީ އެއް މިލިއަން ޑޮލަރު
  • ތ. ކަނިމީދޫ - 10 ހެކްޓަރު، އިތުރަށް ނުހިއްކޭ، އެކުއިޒިޝަން ކޮސްޓަކީ 1.5 މިލިއަން ޑޮލަރު
  • ތ. އޮޅުފުށި، އޮޅުފުށިފިނޮޅާ އެކު - 3.54 ހެކްޓަރު، އިތުރަށް ހިއްކޭ، އެކުއިޒިޝަން ކޮސްޓަކީ އެއް މިލިއަން ޑޮލަރު
  • ލ. ކަށިދޫ - 3.1 ހެކްޓަރު، އިތުރަށް ހިއްކޭ، އެކުއިޒިޝަން ކޮސްޓަކީ އެއް މިލިއަން ޑޮލަރު
  • ލ. ބޮޑުމުންޏަފުށި - 3 ހެކްޓަރު، އިތުރަށް ހިއްކޭ، އެކުއިޒިޝަން ކޮސްޓަކީ އެއް މިލިއަން ޑޮލަރު
  • ލ. ދޮންބެހެރާ، ހޮޅުރަހާއާ އެކު - 2.04 ހެކްޓަރު، އިތުރަށް ހިއްކޭ، އެކުއިޒިޝަން ކޮސްޓަކީ 750،000 ޑޮލަރު
  • ގއ. މާރެހާ - 17 ހެކްޓަރު، އިތުރަށް ނުހިއްކޭ، އެކުއިޒިޝަން ކޮސްޓަކީ ދެ މިލިއަން ޑޮލަރު
  • ގއ. ފުނަދޫވިލިގިއްލާ - 5 ހެކްޓަރު، އިތުރަށް ނުހިއްކޭ، އެކުއިޒިޝަން ކޮސްޓަކީ އެއް މިލިއަން ޑޮލަރު
  • ގދ. ކަނޑަހަލާގަލާ - 7.4 ހެކްޓަރު، އިތުރަށް ނުހިއްކޭ، އެކުއިޒިޝަން ކޮސްޓަކީ 1.25 މިލިއަން ޑޮލަރު
  • ގދ. ކަޑަވާރެހޭ، ދިގުރެހާއާ އެކު - 2.1 ހެކްޓަރު، އިތުރަށް ހިއްކޭ، އެކުއިޒިޝަން ކޮސްޓަކީ އެއް މިލިއަން ޑޮލަރު
  • ގދ. ފެރޭތަ ވިލިގިއްލާ, ދެކާނބާ، ކޮޑެރަޓާ އިތުރު ރަށަކާ އެކު - 9.26 ހެކްޓަރު، އިތުރަށް ހިއްކޭ، އެކުއިޒިޝަން ކޮސްޓަކީ އެއް މިލިއަން ޑޮލަރު

ރިސޯޓު ތަރައްގީކުރަން ހުޅުވާލި ފުރުސަތާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "އަދަދު" އަށް ވިދާޅުވީ އޭޕްރިލް މަހު ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވީއިރު 98 ފަރާތަކުން ރިސޯޓް ތަރައްގީކުރަން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ.

އޭގެ ތެރެއިން ރިސޯޓްތަކާ ގުޅޭ މައުލޫމާތު ދޭން ބޭއްވި އޮންލައިން ބައްދަލުވުމުގައި ބައިވެރިވީ 48 ފަރާތަކުންނެވެ.

މިއީ ހުޅުވާލި ރަށްތަކުގެ އަދަދުގެ ނިސްބަތުން ބަލާ ނަމަ ދަށް އަދަދެކެވެ. އެންމެ ފަހުން އުތުރުގެ ހަތަރު ރަށެއްގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލި ފުރުސަތުގައި ވެސް މައުލޫމާތު ހޯދުމުގެ ބައްދަލުވުމުގައި 65 ފަރާތަކުން ބައިވެރިވި އެވެ.

އެ ފަހަރު ހަތް ފަރާތަކުން ބިޑު ފޮތް ގަތުމަށް ފަހު ފައިނަލް ބިޑް ހުށައެޅީ އެންމެ ފަރާތަކުންނެވެ. އެއީ ނ. ކުންނަމެލައިއަށް ހުށައެޅި ބިޑެކެވެ. މި ފަހަރު ހުޅުވާލި ރަށްތަކުގެ ތެރޭގައި އެ ފަހަރު ބިޑަށް ހުޅުވާލި ހއ. އަލިދުއްފަރުފިނުޅު ހިމެނެ އެވެ. ނަމަވެސް ހދ. ވައިކަރަމުރައިދޫއިން ދޭން ނިންމި 15 ހެކްޓަރުގެ ބިމާއި. ށ. ކުޑަޅައިމެންދޫ މި ފަހަރުގެ ލިސްޓުގައި ނުހިމެނެ އެވެ.

އަދަދުއާ ވާހަކަ ދެއްކި މި ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ ރާއްޖޭގައި ރިސޯޓް ތަރައްގީކުރަން އިންވެސްޓަރުންގެ މެދުގައި ޝައުގުވެރިކަން އޮތް ނަމަވެސް، ފަތުރުވެރިކަން އޮތް ނާޒުކު ހާލަތުން އިންވެސްޓަރުން ފަސް ޖެހެނީ ކަމަށެވެ.

އަދި، މި ހާލަތުގައި ރާއްޖެ ނޫން އެހެން ގައުމެއް ވިޔަސް ޓޫރިޒަމަށް އިންވެސްޓް ކުރާނީ ވަރަށް "ސްޓޭބަލް ކެޕިޓަލް" ހުރި ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިވެރިން އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕެންޑެމިކް ހާލަތުން އަރިއަގަނެވޭނެ ކަމުގެ ޔަގީންކަން ބޮޑުވީމާ އިންވެސްޓަރުންގެ އިތުބާރު ބޮޑުވާނީ. މިއީ ކޮންމެހެން ރާއްޖެއަށް ވީމާ ދިމާވެގެން އުޅޭ މައްސަލައެއް ނޫން. ޓޫރިޒަމް ދާއިރާއިން ގްލޯބަލް އިންވެސްޓާ ކޮންފިޑެންސަށް ލޮޅުމެއް އައިސްފައި އޮތީ." އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު މައުސޫމް ވެސް ހުންނެވީ މި ހާލަތުގައި ވެސް އިންވެސްޓަރުން ލިބޭނެ ކަމަށް އުއްމީދު ކުރައްވައިގެންނެވެ.

އަދި އިންވެސްޓަރުން ބޭނުންވާ އެންމެ ފަހުގެ މައުލޫމާތާއި ހުރިހާ އެހީތެރިކަމެއް ފަހިކޮށްދޭ މިނިސްޓްރީގެ ހައިސިއްޔަތުން އެކަން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު އެރުވި އެވެ.

ރިސޯޓްތައް ދޫކުރުމުގެ ކަންކަމުގައި މިހާރު ކުރިއަށްދަނީ ބިޑު ފޮތް ދޫކުރުމެވެ. އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީން ބިޑު ފޮތްތައް ލިބޭނެ އެވެ.

ނަމަވެސް މި ދުވަސްކޮޅު ކޮވިޑާ ގުޅިގެން ބިޑު ފޮތް ދޫކުރުން ކުރިޔަށް ދަނީ އޮންލައިންކޮށެވެ. މިހާރު އީމެއިލްގެ ޒަރިއްޔާއިން ބިޑު ފޮތް ހަވާލު ކުރުމަށް ފަހު، ހާޑް ކޮޕީ ހަވާލުކުރާނެ ތާރީހެއް މިނިސްޓްރީން އެ ފަރާތްތަކަށް އަންގާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox