ލ ގަމު މިސްކިތެއްގައި ރޭ ދަމު ނަމާދު ކުރަމުން ދަނިކޮށް މިސްކިތަށް ވަދެ މުދިމަށް މީހަކު ހަމަލާ ދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިކަން ހިނގާފައިވަނީ ގަމު ތުނޑި، އާބާދީ ސަރަހައްދުގައި ހުރި މިސްކިތެއްގައި ރޭ 02:50 ހާއިރު ކަމަށެވެ.
ދަމު ނަމާދު ކުރަމުން ދަނިކޮށް މިސްކިތަށް ވަދެ، މުދިމަށް ހަމަލާދީ ދިނުމަށްފަހު މައިކް ވެސް ވަނީ އެއްލާލާފަ އެވެ.
މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވީ ނަމަވެސް، މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.













