ޗައިނާ ރޮކެޓުގެ ބައިތައް ވެއްޓުނީ ރާއްޖެ ސަރަހައްދަށް

ޗައިނާ ރޮކެޓުގެ ބައިތައް ވެއްޓުނީ ރާއްޖެ ސަރަހައްދަށް

ޗައިނާއިން މިދިޔަ މަހު ފަހުކޮޅު ޖައްވަށް ފޮނުވި ބިޔަ ރޮކެޓުގެ ބައިތައް ވެއްޓިފައިވަނީ ރާއްޖެ ސަރަހައްދާ ދިމާއަށް ކަމަށް އެ ގައުމުގެ ކަމާބެހޭ އޮފީހުން ބުނެފި އެވެ.

ދިގު މިނުގައި 108 ފޫޓު އަދި ބަރުދަނުގައި 40،000 ޕައުންޑު ހުންނަ ލޯންގް މާޗް ބީ5 ރޮކެޓު މިދިޔަ މަހުގެ 29 ވަނަ ދުވަހު ޖައްވަށް އުދުއްސާލާފައިވަނީ ޗައިނާގެ ސްޕޭސް ސްޓޭޝަނަށް ބޭނުންވާ މުހިއްމު ބައިތަކެއް ފޮނުވުމަށެވެ.

އެ ރޮކެޓުގެ ތެޔޮ ހުސްވުމުން އަނބުރާ ދުނިޔެއަށް މިސްރާބު ޖަހާފައިވާއިރު، މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެ ރޮކެޓުގެ ބައިތައް ވެއްޓިފައިވަނީ ދ. އަތޮޅުގެ ހުޅަނގަށް ކަމަށް ސްޕޭސް ޑޭޓާ ޓްރެކިން އިން ދައްކަ އެވެ. އެކަމަކު އޭގެން އެއްވެސް ބައެއް ދ. އަތޮޅުގެ އެއްވެސް ރަށަކަށް އަމާޒުވި ކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.

އަދި އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ވެސް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޗައިނާގެ ސްޕޭސް އޮފީހުން ބުނެފައިވަނީ ރޮކެޓުގެ ބޮޑު ބައެއް ވެއްޓުމުގެ ކުރިން ރީއެންޓްރީގައި ހަލާކުވެފައިވާ ކަމަށެވެ.

އެ އޮފީހުން އަންދާޒާ ކުރަނީ ރޮކެޓުގެ 70 ޕަސަންޓު ރީއެންޓްރީގެ އަނދާފައިވާ ކަމަށެވެ.

ލޯންގް މާޗް ބީ5 ރޮކެޓު އަނބުރާ ދުނިޔެއަށް ވެއްޓޭއިރު، އޭގެ މިސްރާބު ކޮންޓްރޯލް ނުކުރެވޭތީ މީގެ ކުރިން ވެސް ތަޖުރިބާކާރުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ނަމަވެސް، ދުނިޔޭގެ 70 ޕަސަންޓަކީ ކަނޑުގެ ސަރަހައްދުކަމުން، މީހުން ދިރިއުޅޭ ސަރަހައްދަކަށް ރޮކެޓުގެ ބައިތައް ވެއްޓުމުގެ ފުރުސަތު ހަނި ކަމަށް މާހިރުން ދަނީ ބުނަމުންނެވެ.

މިދިޔަ އަހަރު ލޯންގް މާޗް ބީ5 ރޮކެޓެއްގެ ބައިތައް އައިވަރީ ކޯސްޓުގެ ވިލެޖަކަށް ވެއްޓިގެން ބޮޑެތި ގެއްލުންތައް ލިބުނެވެ. ނަމަވެސް، އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox