ބެންގަލޫރަށް ފިޔަވަޅު އަޅަން އެފްއޭއެމުން އޭއެފްސީގައި އެދިއްޖެ

ބެންގަލޫރު ކުޅުންތެރިން މިއަދު ބޭއްވި ޕްރެކްޓިސްތަކުގެ ތެރެއިން.-- ފޮޓޯ: ބެންގަލޫރު

ބެންގަލޫރު ކުޅުންތެރިން މިއަދު ބޭއްވި ޕްރެކްޓިސްތަކުގެ ތެރެއިން.-- ފޮޓޯ: ބެންގަލޫރު

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ ޕްލޭއޮފް މެޗުގައި ރާއްޖޭގެ އީގަލްސްއާ ދެކޮޅަށް ކުޅެން މާލެ އައިސްފައިވާ އިންޑިއާގެ ބެންގަލޫރު އެފްސީން ހޮޓަލުން ނުކުމެ ޕްރޮޓޮކޯލާ ހިލާފުވުމުން އެ ޓީމާ މެދު ފިޔަވަޅު އަޅައިދޭން އެފްއޭއެމުން އޭއެފްސީގައި އެދިއްޖެ އެވެ.

ބެންގަލޫރުން ޕްރޮޓޮކޯލާ ހިލާފުވި މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އޭއެފްސީ އާއި ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ހިލާފަށް ހޮޓަލުން ނުކުމެގެން ބެންގަލޫރު މާލެ ތެރޭގައި އުޅެފައިވާތީ އެ ޓީމު މި ހިނދުން ފެށިގެން ރާއްޖެ ދޫކޮށްދިއުމަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ބެންގަލޫރަށް ދެން ރާއްޖޭގައި މެޗު ނުކުޅެވޭނެ ކަމަށާއި އެފްއޭއެމާ ވާހަކަ ދައްކައިގެން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ފަސްކުރަން ހުށަހަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެފްއޭއެމްގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ބެންގަލޫރުން ޕްރޮޓޮކޯލާ ހިލާފުވެފައިވާ މައްސަލަ އޭއެފްސީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި އެ ޓީމާ މެދު ފިޔަވަޅު އަޅައިދޭން ހުށަހަޅާފައިވާ ކަމަށެވެ. އަދި މީގެ އެންމެންގެ ރައްކާތެރިކަމާ ގުޅޭ ކަމެއްގައި ބެންގަލޫރުން އުސޫލާ ހިލާފުވި މައްސަލައިގައި ބަދަލު ހޯދަން ވެސް އެފްއޭއެމުން އެދޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އިއްޔެ ހަވީރު ބެންގަލޫރު ޓީމު ރާއްޖެ އައިސްފައި އެ ޓީމު ތިބޭ ހޮޓެލް ޖެން އަށް ޗެކިން ވުމުގެ ކުރިން ވަނީ ކޮވިޑަށް ޓެސްޓްކޮށްފަ އެވެ. ބެންގަލޫރުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ޓެސްޓް ވަނީ ނެގެޓިވްވެފަ އެވެ. އަންގާރަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި ރާއްޖޭގެ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް މިއަދު ބެންގަލޫރު ޓީމުން ވަނީ ހެންވޭރު ދަނޑުގައި ޕްރެކްޓިސް ވެސް ކޮށްފަ އެވެ.

ގަލޮޅު ދަނޑުގައި ބުދަ ދުވަހު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އޭއެފްސީ ކަޕް ބާއްވަނީ ފުރިހަމަ ރައްކާތެރި ގައިޑްލައިންތަކަކާ އެކުގައި ކަމަށް ވިދާޅުވެފަ އެވެ. އެފްއޭއެމުން ވަނީ މި ވަގުތު ރާއްޖޭގައި ރެކޯޑް މިންވަރަކަށް ކޮވިޑްގެ ކޭސްތައް ގިނަވެފައިވާތީ މުބާރާތް ފަސްކުރަން ހުށަހަޅައިފަ އެވެ. އެކަމަކު އޭރު އޭއެފްސީން އެންގީ އިތުރަށް ހާލަތު ގޯސްނުވާނަމަ މުބާރާތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްގެންދާށެވެ. އެކަމަކު މިނިސްޓަރު މިރޭ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ފަސްކުރަން ހުށަހަޅާނެ ކަމަށް ވިދާޅުވެފައިވާއިރު، ދެން މުބާރާތުގެ މެޗުތައް ހޯސްޓްކުރުމުގައި ދަތިތަކެއް ދިމާވާނެ އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ޝެޑިއުލް ކޮށްފައި އޮތީ މި މަހު 14 އިން 20 އަށެވެ.

މިކަމާ މެދު އެފްއޭއެމުން އަދި ރަސްމީކޮށް ބަހެއް ބުނެފައިނުވެ އެވެ. އެފްއޭއެމުން ގޮތެއް ކަނޑައަޅާނީ އޭއެފްސީއާ މަޝްވަރާކުރުމަށް ފަހު ކަމަށް ބެލެވެ އެވެ.

އޭއެފްސީ ކަޕްގައި ވާދަކުރާ ރާއްޖޭގެ މާޒިޔާ އާއި އީގަލްސް އިން ތިބީ މި ވަގުތު ކޭމްޕް ކޮށްގެންނެވެ. އީގަލްސް ހޮޓަލް ޖެންގައި ތިބިއިރު، މާޒިޔާ ކޭމްޕްކޮށްފައިވަނީ ހުޅުމާލޭ އަކާސިއާ ގެސްޓް ހައުސްގަ އެވެ. މި ދެ ޓީމުން އިއްޔެ ކޭމްޕްކުރީ ކޮވިޑަށް ޓެސްޓް ހެދުމަށް ފަހު އެވެ.

އީގަލްސް އިން ވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ކޮލިފައިން ފުރަތަމަ ބުރުގައި މާލޭގައި ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީ ބަލިކޮށްފަ އެވެ. ޕްލޭއޮފްގައި ކުޅުމުގެ ފުރުސަތު އީގަލްސް އަށް ލިބުނީ ކޮލިފައިން ދެ ވަނަ ބުރުގައި އެ ޓީމާ ދެކޮޅަށް ކުޅެން އޮތް ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަށް މެޗު ކުޅެވޭގޮތްނުވެ، އެންމެ ފަހުން އޭއެފްސީން އެ ޓީމު މުބާރާތުން ވަކިކުރުމުންނެވެ.

ބެންގަލޫރާއި އީގަލްސް ކުޅެން އޮތް ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕުން ޖާގަ ލިބޭނެ އެވެ. އެ ގްރޫޕްގައި އޮތީ ރާއްޖޭގެ މާޒިޔާގެ އިތުރުން އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. އެ ދެ ޓީމު ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މާލެ އަންނަ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެ ދެ ޓީމުން ވަނީ ރާއްޖޭގައި ތިބޭ ހޮޓަލަށް ފައިސާ ވެސް ދައްކައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox