ނޭމާ، ޕީއެސްޖީގެ އާ ކޮންޓްރެކްޓްގައި ސޮއިކޮށްފި

May 8, 2021, 1:09 PM
ޕީއެސްޖީގެ އާ ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު ނޭމާ ޖޯޒީ ދައްކާލަނީ.-- ފޮޓޯ: ޕީއެސްޖީ

ޕީއެސްޖީގެ އާ ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު ނޭމާ ޖޯޒީ ދައްކާލަނީ.-- ފޮޓޯ: ޕީއެސްޖީ

ޕެރިސް (މެއި 8) - ބްރެޒިލްގެ ތަރި ނޭމާ ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް 2025 އާ ހަމައަށް އާ ކޮށްފި އެވެ.

އުމުރުން 29 އަހަރުގެ ނޭމާ ޕީއެސްޖީއާ އެކު މީގެ ކުރިން ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާ މިއަދު ކޮންޓްރެކްޓް އާ ކުރީ އިތުރު ތިން އަހަރަށެވެ. އެހެން ކަމުން އޭނާގެ ކޮންޓްރެކްޓް ހަމަވާނީ 2025 ވަަނަ އަހަރުގެ ޖޫން މަސް ނިމުމުންނެވެ. އާ އެއްބަސްވުމުގައިވާ ގޮތުން ނޭމާ އަށް އަހަރަކު 30 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭނެ އެވެ. އެކަމަކު އިސްތިހާރު ޑީލްތަކާ އެކު އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ނޭމާ ބާސެލޯނާ ދޫކޮށް 2017 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވީ ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށެވެ. އޭނާ ޕީއެސްޖީއާ އެކު ކޮންޓްރެކްޓް އާ ކޮށްފައިމިވަނީ އަލުން ބާސެލޯނާ އަށް ދާން އުޅޭ ކަމަށް މީޑިއާގައި ވާހަކަ ދެކެވެމުން ދަނިކޮށެވެ.

ނޭމާ (ކ) އާއި ޕީއެސްޖީގެ ރައީސް ހެއްލާފީ.-- ފޮޓޯ: ޕީއެސްޖީ

ޕީއެސްޖީއާ އެކު ނޭމާ ވަނީ މިހާތަނަށް ނުވަ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެއީ ތިން ލީގު ތަށްޓާއި ފްރާންސް ކަޕާއި ލީގު ކަޕް އަދި ސުޕަ ކަޕް ތެރެއިން ކޮންމެ މުބާރާތެއް ދެ ފަހަރު އެވެ. ޕީއެސްޖީން މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލާއި މި އަހަރުގެ ސެމީން ފުރުސަތު ހޯދުމުގައި ނޭމާގެ ދައުރު ބޮޑެވެ.

"އަހަރެން މި ކްލަބްގައި މަޑުކުރަން މި ނިންމީ އިތުރު ކާމިޔާބީތަކެއް ހޯދަން. އަހަރެން ޕީއެސްޖީގައި މިހުރީ އުފަލުން،" ނޭމާ ބުންޏެވެ.

ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ ވިދާޅުވީ ނޭމާ މަޑުކުރުމަކީ މި ޕްރޮޖެކްޓް އިތުރަށް ފުުރިހަމަކުރަން ލިބިގެންދިޔަ ހިތްވަރެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ކުޅުންތެރިން ޕީއެސްޖީ އަށް ގެންނަން މަސައްކަތްކުރާނެ ކަމަށް ހެއްލާފީ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox