ޔާމީނަށް ހަމަލާދޭން ގޮވާލި މީހާ ހައްޔަރުކުރަން ގޮވާލައިފި

May 8, 2021, 6:28 AM
ރައީސް ޔާމީން: އެމަނިކުފާނަށް ހަމަލާދޭން ގޮވާލި މީހާ ހައްޔަރުކުރަން ވަނީ ގޮވާލާފައި - ފޮޓޯ: ހުސެއިން ވަހީދު \ އަދަދު

ރައީސް ޔާމީން: އެމަނިކުފާނަށް ހަމަލާދޭން ގޮވާލި މީހާ ހައްޔަރުކުރަން ވަނީ ގޮވާލާފައި - ފޮޓޯ: ހުސެއިން ވަހީދު \ އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަމާޒުކޮށް ހަމަލާއެއް ދޭން ފޭސްބުކްގައި ގޮވާލި މީހެއްގެ މައްސަލަ ބަލައިދިނުމަށް އިދިކޮޅުން ފުލުހުންގެ ކިބައިން އެދެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައިވަނިކޮށް އަލީ ޔާސިރު ނަމަކަށް ކިޔާ މީހަކު ވަނީ ރައީސް ޔާމީންއަކީ "ގޮއްވާލަން" ޖެހޭ މީހެއް ކަމެއް ބުނެ އެފަދަ ހަމަލާއަކަށް ގޮވާލާފަ އެވެ.

މިކަމާ ގުޅިގެން ރައީސް ޔާމީންގެ ސަޕޯޓަރުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އިދިކޮޅުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެފަދަ އިންޒާރުތައް ފާޅުގައި ދެމުންދާ މީހުންނާއި ހިތްވަރުދޭ މީހުންގެ މައްސަލަތައް ނުބެލި، ދޫވެފައި ތިބުމަކީ ގައުމުގެ ސަލާމަތަށް ކުރިމަތިވާނެ ނުރައްކަލެއް ކަމަށެވެ.

އެފަދަ މީހުން ކޮންމެ މަގުސަދެއްގައި އިންޒާރުދީ، ޓެރަރިސްޓް އަމަލުތައް ހިންގުމަށް ގޮވާލި ނަމަވެސް، އެކަން ބަލަން ޖެހޭނެ ކަމާއި އެއީ ކުދިކުދި ކަންކަން ކަމުގައި ދެކިގެން އަޅާނުލާ ތިބިގެން ނުވާނެ ކަމަށް އިދިކޮޅުގެ ބަޔާނުގައިވެ އެވެ.

އެހެންވެ، ރައީސް ޔާމީނަށް އިންޒާރު ދިން މީހާ ހިފާ ހައްޔަރުކޮށް، އަވަހަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފަ އެވެ. އަދި، މިވަގުތު ގޭބަންދުގައި ހުންނެވި ރައީސް ޔާމީން ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމަށް ވެސް އެދިފައިވެ އެވެ.

އިދިކޮޅުން ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ، ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކަމުގައި ޝާމިލުވާ މީހުން އަވަހަށް ހައްޔަރު ކުރުމަށް ވެސް ގޮވާލާފަ އެވެ. ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވާއިރު، މިހާރު ވެސް އޮންނެވީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.

ހަމަލާއާ ގުޅޭ ހަތަރު މީހަކު ފާހަގަ ކުރެވިފައިވީކަން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ހަމަލާގެ އެއްވެސް މައުލޫމާތެއް އިންޓެލަށް ލިބިފައިނުވާކަން ވެސް ހަމީދު ހާމަކުރައްވާފައިވެ އެވެ.

ޗީޕް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލު ވިދާޅުވެފައިވާ ގޮތުގައި، ގޮއްވާލާފައިވާ އައިއީޑީއަކީ 2007 ވަނަ ސަލްޓަންޕާކް ސަރަހައްދުގައި ގޮއްވާލި އައިއީޑީއަށް ވެސް ބާރުގަދަ އެއްޗެކެވެ. އަސްކަރީ އާލާތްތައް ނެތް ނަމަވެސް، ޑިވައިސްގައި ގޮވާ ޒާތުގެ ގިނަ ތަކެތި ބޭނުންކޮށްފައިހުރި ކަމަށާއި ގެއްލުން ބޮޑުކުރުމަށް ރޭޒާފުށް ވެސް އަޅާފައި ހުރި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox