ޗެމްޕިއަންސް ލީގާ މެދު ވިސްނާނީ ލީގު ކަށަވަރުކޮށްފައި: ގާޑިއޯލާ

May 8, 2021, 6:05 AM
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ.-- ފޮޓޯ: އޭއެފްޕީ

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (މެއި 8) - ޗެމްޕިއަންސް ލީގުގެ ފައިނަލާ މެދު ދެން ވިސްނާނީ އިނގިރޭސި ޕްރިމިއާ ލީގު ކަށަވަރުކުރުމަށް ފަހު ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސިޓީން ޗެލްސީއާ ދެކޮޅަށް ނުކުންނާނީ މި މަހު 29 ވަނަ ދުވަހު އެވެ. މިރޭ ޗެލްސީ ބަލިކޮށްގެން ހަތަރު އަހަރުގެ ތެރޭ ތިން ވަނަ ފަަހަރަށް ލީގު ހޯދުމުގެ ފުރުސަތު ސިޓީ އަށް އެބައޮތެވެ.

"ކުޑަ މިންވަރަކަށް ވެސް އަހަރެމެން މި ވަގުތު ޗެމްޕިއަންސް ލީގުގެ ފައިނަލާ މެދު ނުވިސްނާނަން. ހުރިހާ ފޯކަސް އެއް އޮތީ ލީގަށް. އެއީ އަހަރެމެން އަދި ގަބޫލެއް ނުކުރަން ލީގު ކަށަވަރު ކުރެވުނު ކަމަށް. ލީގު ތަށި ނުލިބެނިސް އެ ލިބުނު ކަމަށް ނިންމައިގެން އެ ވާހަކަ ދައްކަން ނެތިން،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާގެ ކެރިއަރުގައި އޭނާ ވަނީ ދެ ފަަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެއީ 2009 އާއި 2011 ވަނަ އަހަރު ބާސެލޯނާއާ އެކު އެވެ. ބަޔާން މިއުނިކްގައި ގާޑިއޯލާ އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވުނުއިރު، ސިޓީއާ 2016 ވަނަ އަހަރު ހަވާލުވި ފަހުން މި ފަހަރަކީ އެ ޓީމުން ކުއާޓާ އަށް ވުރެ ދުރަށް ދިޔަ ފުރަތަމަ ފަހަރެވެ. ސިޓީން ފައިނަލުގެ ފުރުސަތު ހޯދީ ސެމީގައި ޕީއެސްޖީ ބަލިކޮށްފަ އެވެ.

ކުޅެން ޖެހޭ މެޗުތަކުގެ އަދަދަށް ބަލާއިރު ޕްރިމިއާ ލީގަކީ ޗެމްޕިއަންސް ލީގަށް ވުރެ އުނދަގޫ މުބާރާތެއްކަން ގާޑިއޯލާ މީގެ ކުރިން ވެސް ވަނީ ފާހަގަކޮށްފަ އެވެ. ގާޑިއޯލާ އިއްޔެ ވަނީ އެ ވާހަކަ އަލުން ތަކުރާރުކޮށްފަ އެވެ.

"އަހަރެން އަބަދުވެސް ބުނަން ޕްރިމިއާ ލީގޭ މީގެ އެންމެ މުހިއްމީ. ފައިނޭންޝިއަލީ ބަލާއިރު ވެސް ޕްރިމިއާ ލީގު ހޯދުމަކީ މާ ބޮޑު ކަމެއް. ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަކީ ވެސް މާ ބޮޑު ކަމެއް،" ގާޑިއޯލާ ބުންޏެވެ

ސިޓީން ހަތަރު ތަށި ހޯދަން ކުރި އުއްމީދަށް ހުރަސް އެޅީ ޗެލްސީންނެވެ. އެއީ އެފްއޭ ކަޕްގެ ސެމީ ފައިނަލުން ސިޓީ ކަޓުވާލީ ޗެލްސީންނެވެ. ގާޑިއޯލާ ބުނީ މިރޭ ސިޓީން ނުކުންނާނީ އެފްއޭ ކަޕްގެ ސެމީން ބަލިވުމުގެ ބަދަލުހިފުމުގެ ވިސްނުމުގައި ނޫން ކަމަށެވެ.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މިއީ ކުރިން ނިމިފައި އޮތް މެޗެއް ނުވަތަ ކުރިއަށް އަންނަ އޮތް މެޗަށް އަސަރުތަކެއް ކުރާނެ މެޗެއްގެ ގޮތުގައި އޭނާ ނުދެކޭ ކަމަށެވެ. މިއީ ލީގުގައި ޗެލްސީން ދަމަހައްޓަމުން އައި ރަނގަޅު ރެކޯޑަށް އިތުރު ފުރިހަމަކަމެއް ގެންނަން ލިބޭ ފުރުސަތެއް ކަމަށް ޓުޗެލް ދެކެ އެވެ.

"ކޮންމެ ގޮތެއް ވިޔަަސް ލީގު އަހަރެމެންނަށް ލިބޭކަށެއް ނެތް މި ސީޒަނުގައެއް. އެހެންވީމަ އަހަރެެމެން ޓާގެޓް ކޮށްގެން މި އުޅެނީ ގަދަ ހަތަރެއް. އެ ރޭހަށް ވެސް އަދި އަހަރެެމެންގެ ރަނގަޅު ފޯމު ދަމަހައްޓަން ވެސް މި މެޗުން މޮޅެއް މުހިއްމު،" ޓުޗެލް ބުންޏެވެ.

ޕްރިމިއާ ލީގުގައި ސިޓީން ވަނީ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުތަކުން 26 ފަހަރު ބަލިވެފަ އެވެ. ސިޓީ އެންމެ ގިނައިން ބަލިވެފައިވަނީ ވެސް ޗެލްސީ އަތުންނެވެ. މިރޭ ސިޓީން ލީގު ހޯދައިފިނަމަ އެ ޓީމު ވެގެންދާނީ ލީގުގެ ޗެމްޕިއަންކަން ހަތް ފަހަރަށް ހޯދި ހަ ވަނަ ކްލަބަށެވެ.

ޗެލްސީގެ ކޯޗުކަމާ ޓުޗެލް ހަވާލުވި ފަހުން އެ ޓީމު ރަށުންބޭރުގައި ކުޅުނު މެޗަކުން ބަލިވެފައިނުވެ އެވެ. އަށް މެޗުން މޮޅުވިއިރު، ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެ މެޗުތަކުގައި ޗެލްސީ ކޮޅަށް ވަނީ ހަތަރު ގޯލެވެ.

ޗެލްސީގެ ކޯޗަކަށް ފްރޭންކް ލަމްޕާޑް ހުރި ފަހު މެޗުތަކުގެ ތެރެއިން މެޗެއްގައި ސިޓީ ލީގުގައި ވަނީ ޗެލްސީ ދަނޑުގައި މޮޅުވެފަ އެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox