ސަސްޕެންޑް ނުކުރަން ނިންމައި ޔުއެފާއިން ސުޕަ ލީގުން ވަކިވި ކްލަބްތައް ޖޫރިމަނާކޮށްފި

May 7, 2021, 8:40 PM
ޔުއެފާގެ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ކެފެރިން.-- ފޮޓޯ: ޔުއެފާ

ޔުއެފާގެ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ކެފެރިން.-- ފޮޓޯ: ޔުއެފާ

ޒިއުރިކް (މެއި 7) - ރަސްމީ ފެޑެރޭޝަންތަކާ ދެކޮޅަށް ގެންނަން އުޅުނު ޔޫރަޕިއަން ސުޕަ ލީގުގެ ފައުންޑަރު ކްލަބްތަކުގެ ތެރޭގައި ހިމެނުމަށް ފަހު އެ ލީގުން ވަކިވި ކްލަބްތައް ސަސްޕެންޑްކުރުމުގެ ބަދަލުގައި ޖޫރިމަނާ ކުރަން ޔުއެފާ އިން ނިންމައިފި އެވެ.

މިދިޔަ މަހު 18 ވަަނަ ދުވަހު 12 ކްލަބާ އެކު ސުޕަ ލީގު އިއުލާނުކުރި ނަމަވެސް އެކި ފިއްތުންތަކާ ހުރެ 72 ގަޑިއިރު ވެސް ނުވަނީސް އޭގެ ތެެރެއިން ނުވަ ޓީމެއް ވަނީ އެ ލީގުން ވަކިވެފަ އެވެ. އެ ކްލަބްތަކަކީ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ، ލިވަޕޫލް، އާސެނަލް، ޓޮޓެންހަމް، އިޓަލީގެ އޭސީ މިލާނާއި އިންޓަ މިލާން އަދި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އެވެ. ލީގުން ވަކިނުވެ އޮތީ ސްޕެއިނުގެ ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި އިޓަލީގެ ޔުވެންޓަސް އެވެ.

ސުޕަ ލީގު ގެންނަން އުޅުނީ ޗެމްޕިއަންސް ލީގުގެ ބަދަލުގަ އެވެ. އެކަމަކު ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކާއި ޔުއެފާ އަދި ފީފާގެ އިންޒާރާ އެކު ކްލަބްތަކުން އެ ލީގުން ވަކިވާން ނިންމީ އެވެ. ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވަނީ ސުޕަ ލީގުން ވަކިވެ، ކުރެވުނު ކުށަށް މައާފަށް އެދޭން ކްލަބްތަކަށް ގޮވާލައިފަ އެވެ. ސުޕަ ލީގުން ވަކިވި ގިނަ ކްލަބްތަކުން ޔުއެފާގެ ބަދަލުގައި މާފަށް އެދުނީ ސަޕޯޓަރުންގެ ކިބައިންނެވެ.

Advertisement

އެންމެ ފުރަތަމަ ބެލެވުނީ ސުޕަ ލީގުގައި ބައިވެރިވި ހުރިހާ ކްލަބްތަކަށް ބޮޑެތި އަދަބުތަކެއް އަންނާނެ ކަމަށެވެ. އެކަމަކު ޔުއެފާ އިން މިއަދު ނިންމި ގިނަ ނިންމުންތައް ހުރީ ޖޫރިމަނާތަކާ އެކު އެވެ.

އެ ގޮތުން ސުޕަ ލީގުން ވަކިވި މި ޓީމުތަކުން 13.4 މިލިއަން ޕައުންޑް އެއްކޮށް ޔުއެފާގެ ގްރާސްރޫޓް ޕްރޮގްރާމަށް ފަންޑް ކުރަން އެންގުމާއި އެއް ސީޒަން ވަންދެން މި ކްލަބްތަކަށް ލިބޭ ފައިސާގެ ފަސް ޕަސެންޓް ޔުއެފާ އަށް ނެގުމުގެ އިތުރުން ކުރިއަށް އޮތްތަނުގައި ސުޕަ ލީގު ފަދަ ޔުއެފާގެ އުސޫލާ ހިލާފު މުބާރާތެއްގައި ބައިވެރިވެއްޖެނަމަ 100 މިލިއަން ޕައުންޑްގެ ޖޫރިމަނާއެއް ދައްކަން އެއްބަސްވުމާއި ޔުއެފާގެ އެ ނޫން ވެސް އެހެން ކޮންމެ އުސޫލަކާ ހިލާފުވެއްޖެނަމަ އެ ކްލަބެއް 50 މިލިއަން ޕައުންޑްގެ ޖޫރިމަނާ އެއް ދެއްކުމެވެ. މި ކަންތައްތަކަށް ރަސްމީކޮށް ކްލަބްތަކުން އެގްރީމެންޓެއްގައި ސޮއިކުރަން ޖެހޭނެ އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދާދި ފަހުން ވަނީ ސުޕަ ލީގުގައި ބައިވެރިވި ޓީމުތަކަށް އަދަބު ދިނުމަކީ ހައްލެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އެއީ ކްލަބަކަށް އަދަބު ދިނުމުން އޭގެއިން ކުޅުންތެރިންނާއި އެ ނޫން ވެސް ސްޓާފުން އަދި ސަޕޯޓަރުންނަށް ގެއްލުންވާނެތީ އެވެ.

ޔުއެފާގެ ރައީސް ކެފެރިން ވިދާޅުވީ ވަކިވި ޓީމުތަކުގެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ. އެކަމަކު ސުޕަ ލީގުން ވަކިނުވެ އޮތް ޓީމުތަކާ މެދު އަމަލުކުރާނެ ގޮތެއް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޔުއެފާގެ ކޮމިޓީން ނިންމާނެ ކަމަށެވެ.

ސްޕެއިންގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ސުޕަ ލީގުގައި މި ވަގުތު އޮތް ރެއާލާއި ބާސެލޯނާ އަދި ޔުވެންޓަސް އަށް އެ ލީގުން ވަކިވާން ރަސްމީކޮށް ވަކި މުހުލަތެއް ދޭން ޔުއެފާ އިން ވަރަށް އަވަހަށް ނިންމާނެ އެވެ. އެ ތިން ކްލަބުން އެ ގޮތަށް އަމަލުނުކޮށްފިނަމަ ޔޫރަޕްގެ މުބާރާތްތަކުން ދެ އަހަރުގެ ސަސްޕެންޑް ކުރަން ނިންމާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސުޕަ ލީގުގެ ޗެއާމަން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ދާދި ފަހުން ސްޕެއިނުގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި ވަނީ ސުޕަ ލީގުގެ މަސައްކަތްތައް ހުއްޓައިނުލާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox