އިންޑިއާގައި އައިޕީއެލް ބޭއްވުމަކީ ގޯހެއް ކަމަށް ނުދެކެން: ކްރިކެޓް ބޯޑް

May 7, 2021, 9:37 AM
އިންޑިއާ ކްރިކެޓް ބޯޑްގެ ރައީސް ގަންގޫލީ.-- ފޮޓޯ: ގެޓީއިމޭޖަސް

އިންޑިއާ ކްރިކެޓް ބޯޑްގެ ރައީސް ގަންގޫލީ.-- ފޮޓޯ: ގެޓީއިމޭޖަސް

ނިއު ދިއްލީ (މެއި 7) - ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް ލީގު ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) އިންޑިއާގައި މި އަހަރު ބޭއްވުމަކީ ހެދުނު ގޯހެއްގެ ގޮތުގައި ނުދެކޭ ކަމަށް ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި)ގެ ރައީސް ސޯރަވް ގަންގޫލީ ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހު ނުވަ ވަނަ ދުވަހު އައިޕީއެލް ކުޅެން ފެށި ފަހުން އިންޑިއާގެ ކޮވިޑް ކޭސްތައް 13 މިލިއަނުން 21 މިލިއަނަށް ވަނީ އަރައިފަ އެވެ. މިހާރު ކޮންމެ ދުވަހަކު ރެކޯޑް އަދަދަކަށް ޕޮޒިޓިވް ކޭސްތައް ފެންނައިރު، މީހުން މަރުވާ އަދަދު ވެސް ރެކޯޑް މިންވަރަކަށް އިތުރެވެ. މީގެ ތިން ދުވަސް ކުރިން އައިޕީއެލް ސަސްޕެންޑްކުރަން ބީސީސީއައި އިން ނިންމީ އަށް ޓީމު ވާދަކުރާ އެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ މެދުގައި ހަދާފައިވާ ބަބްލް ތެރެއިން 10 އަކަށް ވުރެން ގިނަ ޕޮޒިޓިވް ކޭސް ފެނި މެޗުތައް ފަސްކުރަން ޖެހުމުގެ ބިރާ އެކު އެވެ.

ސިއްހީ އިމަޖެންސީ ހާލަތެއްގައި އޮއްވައި އިންޑިއާގައި އައިޕީއެލް ފެށުން އެއީ ރަނގަޅު ނިންމުމެއްތޯ އިންޑިއާގެ ނޫހަކުން ކުރި ސުވާލަކަށް ޖަވާބު ދެމުން ގަންގޫލީ ވިދާޅުވީ މެޗުތައް ފެށިއިރު ކޮވިޑްގެ ކޭސްތައް މިހާ ބޮޑަށް ނެތް ކަމަށެވެ.

"އަަހަރެމެން މެޗުތައް ފެށިއިރު މި ވަރަަކާ ގާތަށް ވެސް ކޭސްތަކެއް ނެތް. އަހަރެމެން މި މުބާރާތް (އައިޕީއެލް) ބޭއްވުމުގެ ކުރިން އަހުމަދުއާބާދުގައި އިންގްލެންޑްގެ ޓެސްޓް ސީރީސް ވެސް ކުޅެފިން. ފަހު މެޗުތައް ކުޅުނީ ސަޕޯޓަރުން ވެސް ވައްދައިގެން. އެހެންވީމަ އައިޕީއެލް ބޭއްވުމަކީ ހެދުނު ގޯހެކޭ ބުނެވޭކަށް ނެތް. މިހާ ކޭސްތައް ގިނަވީ އައިޕީއެލްގެ ސަބަބުންނޭ ބުނެވޭކަށް ވެސް ނެތް،" ކުރީގެ ކުޅުންތެރިޔާ ގަންގޫލީ ވިދާޅުވި އެވެ.

މިދިޔަ އަހަރު ކޮވިޑްގެ ނުރައްކާ ބޮޑުވެފައި އޮއްވައި އައިޕީއެލް ކުރިއަށްގެންދިޔައީ ޔޫއޭއީގަ އެވެ. މި ފަހަރު ވެސް ބީސީސީއައި އިން ފުރަތަމަ ވިސްނީ ޔޫއޭއީގައި މުބާރާތް ކުރިއަށްގެންދާށެވެ. އެކަމަކު ކޮވިޑްގެ ހާލަތު އިންޑިއާގައި ރަނގަޅަށް އޮތުމުން އެ ގައުމުގައި ހާއްސަ ގައިޑްލައިންތަކެއްގެ ތެރެއިން ކުޅެން ނިންމީ އެވެ.

އިންޑިއާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން އައިޕީއެލް ޓީމުތަކުގެ މެދުގައި އުފައްދާފައިވާ ބަބްލް ތެރެއަށް ކޮވިޑް ވަނީ ކުޅުންތެރިއަކު ހޮސްޕިޓަލަށް ޓެސްޓްތަކެއް ހަދަން ދިޔަ ހިސާބުންނެވެ. އެކަމަކު ގަންގޫލީ ވިދާޅުވީ ޓީމުތަކުގެ ބަބްލް ތެރެއަށް ކޮވިޑް ވަން ގޮތެއް ސީދާ ބުނަން ނޭނގޭ ކަމަށެވެ.

"އަހަރެމެން ގަބޫލުކުރަން ޖެހޭ ކުޅިވަރަކީ ޕެންޑަމިކް ޕްރޫފް އެއްޗެއް ނޫން. މި އަށް ވެސް އަންނާނެ. އެކަމަކު މީގެ އެބަޖެހޭ މިއާ އެކު އުޅެވޭނެ ގޮތްތަކެއް ވެސް ހޯދަން. އަހަރެން ގަބޫލުކުރާ ގޮތަކީ އެއީ. އެކަމަކު ދަނޑިވަޅުގެ ގޮތުން އިންޑިއާގެ ހާލަތަށް ބަލައި މި ވަގުތު އެންމެ ބުއްދިވެރި ގޮތަކީ ލީގު މެދުކަނޑާލުން،" ގަންގޫލީ ވިދާޅުވި އެވެ.

ގަންގޫލީ ވިދާޅުވީ މުޅި ދުނިޔޭގެ ފުޓްބޯޅައިގެ ކަންތައްތައް ހިނގާ ގޮތަށް ބަލާއިރު، ޕެންޑެމިކެއްގެ ތެރޭގައި ވެސް ކުޅިވަރު ކުޅެވޭނެކަން އެބަ އެނގޭ ކަމަށާއި މީގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފިނަމަ ދިރިއުޅުމަށް ކުރާ މަސައްކަތައިގެން ކުރިއަށްދެވޭނެ ކަމަށެވެ.

އެކަމަކު ފުޓްބޯޅައިގަ ކަންތައްތައް ހުންނަ ގޮތުން މެޗުތައް ކުޅެން ފަސޭހަވާނެ ކަމަށާއި އެކަމަކު އައިޕީއެލްގައި ދިމާވާ އެއް ކަމަކީ އެކި މެޗުތައް ކުޅޭ ޝެޑިއުލްތައް ހުންނަ ގޮތުން ޓީމުތަކުން ކުޅުންތެރިން ރިލީސްކުރަން ޖެހުންކަން ގަންގޫލީ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox