ވަޒީފާގެ ބިރު ނެތް ކޯޗެއް ނުހުންނާނެ: އާޓެޓާ

May 7, 2021, 8:53 AM
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ.-- ފޮޓޯ: އޭއެފްޕީ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (މެއި 7) - ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން ކަޓައި 25 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތެއް ނެތް ސީޒަނަކާ އަންނަ އަހަރު އާސެނަލުން ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑުއިރު، އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ އޭނާގެ ވަޒީފާ ދިފާއުކޮށް ވާހަކަ ދައްކައިފި އެވެ.

އާސެނަލް މި ވަގުތު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ނުވަ ވަނައިގަ އެވެ. ބާކީ ހަތަރު މެޗު އޮތްއިރު އެ ޓީމަަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ނޫނީ ޔޫރޮޕާ ލީގުގެ ޖާގައެއް ލިބުމުގެ ފުރުސަތު އޮތީ ވަރަށް ކުޑަވެފަ އެވެ. އެ ޓީމުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ބޭނުން ހިފަން އަމާޒުކޮށްގެން ހުރީ ޔޫރޮޕާ ލީގުގެ ޗެމްޕިއަނަށް އޮންނަ ފުރުސަތެވެ. އެކަމަކު ރޭ ޔޫރޮޕާ ލީގުން ކެޓުމުން އެ ދޮރު ވެސް ބަންދުވީ އެވެ.

ރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާސެނަލްގައި އާޓެޓާގެ މުސްތަގުބަލާ ބެހޭގޮތުން ގިނަ ސުވާލުތަކެއް ވަނީ އަމާޒުވެފަ އެވެ.

"ކޯޗުންގެ ވަޒީފާ އަކީ އަބަދުވެސް ފާޑުކިޔުން އަމާޒުވާނެ ކަމެއް. ވަޒީފާގެ ބިރު ނެތް ކޯޗަކު ނުހުންނާނެ. މީގެ އަބަދުވެސް ކޮންފިޑެންސާ އެކު ކަންކަން ރަނގަޅުކުރެވޭނެ ކަމުގެ އުއްމީދުގައި މަސައްކަތް ކުރުން އޮތީ. އަހަރެން މި ހުރީ އަމިއްލަ ނަފްސު ސާބިތުކޮށްދޭން ލިބޭ ފުރުސަތެއް ވިއްޔާ ބޭނުން ހިފައިގެން ކުރިއަށްދާން ތައްޔާރަށް،" އާޓެޓާ ބުންޏެވެ.

"އަހަރެެން މި މަގާމުގައި ނުހުންނާނަން އަހަންނަކީ މިކަމަށް އެންމެ ރަނގަޅު މީހާ ކަމަށް ނުވަންޏާ. އަހަރެން ބޭނުންވަނީ އެ ވާހަކަ ނުދައްކައި ދަނޑުމަތީގައި އެކަން ސާބިތުކޮށްދޭން،"

އާސެނަލްގެ ގިިނަ ސަޕޯޓަރުން މި ދުވަސްވަރު އެންމެ ބޮޑަށް އަޑުއުފުލަމުން އަންނަނީ އެ ކްލަބްގެ ވެރިޔާ ސްޓޭން ކްރޮއެންކާއާ ދެކޮޅަށެވެ. އެކަަމަކު ރޭ ޔޫރޮޕާ ލީގުން ކެޓުމުން އާޓެޓާއާ މެދު ނުރުހުންވި ސަޕޯޓަރުން ވަނީ އޭނާ މަގާމުން ދުރުކުރަން ޖެހޭ ކަމަށް ގޮވާލައިފަ އެވެ. އާޓެޓާ ބުނީ ބަލިވާ ދުވަހެއްގައި ފުޓްބޯޅައިގައި ކޮންމެ ވާހަކައެއް ވެސް ދެއްކިދާނެ ކަމަށެވެ.

"އަހަރެން ބޭނުންވަނީ ދެން ސީޒަނުގައި ބާކީ އޮތް ހަތަރު މެޗުން ރަނގަޅު ނަތީޖާއެއް ނެރެގެން ދެވެން އޮތް ހިސާބަކަށް ދާން،" އާޓެޓާ ބުންޏެވެ.

ކުރިން އާސެނަލްގެ ކެޕްޓަންކަން ކުރި އާޓެޓާ އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު މެންޗެސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗުކަން ދޫކޮށްލުމަށް ފަހު އެވެ. މިދިޔަ ސީޒަނުގައި އާޓެޓާ ވަނީ އާސެނަލަށް އެފްއޭ ކަޕް ކާމިޔާބުކޮށްދީފަ އެވެ. އަދި މި ސީޒަން ފެށީ ލިވަޕޫލް ބަލިކޮށް ޗެރިޓީ ޝީލްޑް އުފުލާލައިގެންނެވެ. އެކަމަކު މުޅި ސީޒަނުގެ ތެރޭގައި ގިނަ މެޗުތަކެއްގައި ރަނގަޅަށް ކުޅުން ނުދެއްކި ނަތީޖާތަކަށް އަސަރުުކުރީ އެވެ.

އާސެނަލާ އެކު އާޓެޓާ ސޮއިކުރި ތިން އަހަރުގެ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox