މެސީ އެދުމުން ބާސެލޯނާ އަށް ދާން އުޅުނިން: މާޓީނޭޒް

May 7, 2021, 8:13 AM
މެސީ އެދުމުން ބާސެލޯނާ އަށް ދާން އުޅުނިން: މާޓީނޭޒް

މިލާން (މެއި 7) - ލިއޮނަލް މެސީއާ ވެސް ވާހަކަ ދެއްކުމަށް ފަހު މިިދިޔަ އަހަރު ބާސެލޯނާ އަށް ބަދަލުވުމާ ވަރަށް ގާތަށް ދިޔަ ކަމަށް އިންޓަ މިލާނުގެ އާޖެންޓީނާ ފޯވާޑް ލަޓާރޯ މާޓީނޭޒް ބުނެފި އެވެ.

މިދިޔަ އަހަރު ބާސެލޯނާ އިން މާޓީނޭޒް ގަންނަން އުޅޭ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ގިނަ ދުވަސްތަކެއް ވަންދެން ރިޕޯޓްކުރި އެވެ. އަދި އެކަމުގައި މެސީގެ އެހީތެރިކަން ހޯދާ ކަމަށް ވެސް ސްޕެއިނުގެ ނޫސްތަކުގެ ފަލަަސުރުހީ އަށް އެރި އެވެ.

"އަހަރެން ބާސެލޯނާ އަށް ބަދަލުވުމާ ވަރަށް ގާތަށް ދިޔަ. އަހަރެން ހުރިހާ ކަމެއް ނިމުނުކަމަށް ވެސް ގަބޫލުކުރިން. އެއީ މެސީއާ ވާހަކަ ދައްކާފައި. މެސީ ވެސް އެ ގޮތަށް ބޭނުންވާތީ،" އީއެސްޕީއެން އާޖެންޓީނާ އަށް ދިން އިންޓަވިއުއެއްގައި މާޓީނޭޒް ބުންޏެވެ.

އުމުރުން 23 އަހަރުގެ މާޓީނޭޒް ބާސެލޯނާ އަށް ވިއްކާލަން އިންޓަ އިން ކީ އަގަކީ 133 މިލިއަން ޑޮލަރެވެ. އެއީ އޭނާގެ ކޮންޓްރެކްޓް ގަންނަން ދައްކަން ޖެހޭ އަގެވެ. ބާސެލޯނާ އިން ބޭނުންވީ ބަދަލުގައި ކުޅުންތެރިއަކު ދީފައި އަގުހެޔޮކޮށް މާޓީނޭޒް ގެންނާށެވެ. އެގޮތުން 60 މިލިއަން ޑޮލަރުގެ އިތުރުން ފިލިއްޕޭ ކުޓީނިއޯ ނޫނީ އޮސްމާން ޑެމްބެލޭގެ ތެރެއިން އިންޓަ ބޭނުން ކުޅުންތެރިއަކު އިހުތިޔާރުކުރަން ވެސް ހުށަހެޅި އެވެ. އެކަމަކު އިންޓަ އިން ބާސެލޯނާ އިން ހުށަހެޅި ގޮތަށް ޑީލް ކުރިއަށްގެންދަން ބޭނުންނުވުމުން އެންމެ ފަހުން މާޓީނޭޒް އެ އިންޓަގައި މަޑުކުރަން ނިންމީ އެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގައި މާޓީނޭޒް (ކ) މެސީ އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

"ބާސެލޯނާގެ މާލީ ހާލަތު ހުރި ގޮތުން އަހަންނަށް އެ ޓީމަށް ނުދެވުނީ. މިހާރު ދެން މި ޓީމުގައި (އިންޓަގައި) މަޑުކުރެވުމަކީ ރަނގަޅު ނިންމުމެއް ކަމުގައި ދެކެން. އެއީ އަހަރެމެންނަށް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ލިބިއްޖެ،" އާޖެންޓީނާ ގައުމީ ޓީމުގެ ފޯވާޑް މާޓީނޭޒް ބުންޏެވެ.

އާޖެންޓީނާގެ ރޭސިން ކްލަބްގެ ޔޫތު ޓީމުން ފަށައި ފަހުން އެ ކްލަބްގެ ސީނިއާ ޓީމަށް 2015 އިން 2018 އަށް ކުޅުނު މާޓީނޭޒް އިންޓަ އަށް ބަދަލުވީ 27 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. މާޓީނޭޒް ރޭސިން އަށް ކުޅެމުންދިޔައިރު އޭނާ އަށް ޔޫރަޕްގެ ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ލިބުނެވެ.

"އަހަރެން ރޭސިން ޔޫތު ޓީމަށް ކުޅުނުއިރު ރެއާލްގެ ދެ ހުށަހެޅުން ލިބުނު. އެކަމަކު އަހަރެން ފުރަތަމަ ވިސްނީ އާޖެންޓީނާގެ ފުޓްބޯޅަ ތަޖުރިބާ ކުރަން. އެހެންވެ ރޭސިން ސީނިއާ ޓީމާ ގުޅުނީ. ރޭސިން ސީނިއާ ޓީމުގައި ހުއްޓައި ވެސް ގިނަ ކްލަބްތަކުން އައި. އެކަމަކު އެންމެ ރަނގަޅު އޮފާ ލިބުނީ އިންޓަ އިން،" މާޓީނޭޒް ބުންޏެވެ.

މާޓީނޭޒް ބުނީ މުސްތަގުބަލުގައި އޭނާ ޔޫރަޕްގެ އިތުރު ކްލަބަކުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމަކު ކެރިއަރު ނިންމާލަން ބޭނުންވަނީ ރޭސިން ޖޯޒީގައި އަދި އެއް ފަހަރު ކުޅުމަށް ފަހު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox