އެމްބާޕޭ ގަންނަން ރެއާލުން ހަޒާޑް ދޫކޮށްލަނީ

May 6, 2021, 4:48 PM
އެމްބާޕޭ (ކ) އާއި ހަޒާޑް.-- ފޮޓޯ: އޭއެފްޕީ

އެމްބާޕޭ (ކ) އާއި ހަޒާޑް.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (މެއި 6) - އަންނަ ސީޒަނަށް ރެއާލް މެޑްރިޑް ވަރުގަދަ ކުރުމުގެ ގޮތުން ޕީއެސްޖީގެ ފޯވާޑް ކީލިއަން އެމްބާޕޭ ގަންނަން ކުރާ މަސައްކަތުގެ ތެރެއިން ޕީއެސްޖީން ބޭނުންނަމަ އެ ޑީލުގެ ތެރެއިން ރެއާލްގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑް ދޫކޮށްލަން އެ ކްލަބުން ނިންމާފައިވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސްޕެއިނުގެ ނޫސްތަކުން މި ހަބަރު ރިޕޯޓްކޮށްފައިމިވަނީ ރެއާލްގެ ސަޕޯޓަރުންގެ ނުރުހުން ހަޒާޑަށް ވަރަށް ބޮޑަށް އަމާޒުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ރޭ ހަޒާޑްގެ ކުރީގެ ޓީމު ޗެލްސީ އަތުން ބަލިވެ ރެއާލް ވަނީ ކަޓައިފަ އެވެ.

އެ މެޗަށް ފަހު ހަޒާޑާއި ޗެލްސީގެ ކުޅުންތެރިން ދަނޑުމަތީގައި ސަމާސާ ކުރާ މަންޒަރު ދައްކައިދޭ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފަ އެވެ. ރެއާލް މެޗަކުން ބަލިވިތާ މާ ގިނައިރެއް ނުވެ ކެމެރާ ކުރިމަތީގައި ހަޒާޑްގެ ފަރާތުން އެ ފަދަ ކަމެއް ފެނުމުން ސްޕެއިންގެ ނޫސްތަކުން އޭނާ އަށް ފާޑުކީއިރު، ސޯޝަލް މީޑިއާގައި ބައެއް ސަޕޯޓަރުން ހަޒާޑް ވިއްކާލަން ޖެހޭ ކަމަށް ބުނެފަ އެވެ.

އުމުރުން 30 އަހަރުގެ ހަޒާޑް ޗެލްސީ ދޫކޮށް ރެއާލަށް ސޮއިކުރީ 2019 ވަނަ އަހަރުގެ ޖުލައި މަހު 100 މިލިއަން ޔޫރޯ އަށެވެ. ރެއާލްގައި ހަޒާޑް ދައްކާ ކުޅުމަށް ބެލުމަށް ފަހު އެ ޓްރާންސްފާ ފީ 160 މިލިއަން ޔޫރޯ އަށް އަރާނެ އެވެ. ރެއާލަށް ބަދަލުވި ފަހުން އަނިޔާގެ އެކި އެކި މައްސަލަތަކުގެ ސަބަބުން ގިނަ މެޗުތަކެއް ހަޒާޑަށް ގެއްލުނުއިރު، މިދިޔަ ދެ ސީޒަނުގައި ވެސް އޭނާ އަށް ޖެހުނީ އެންމެ ހަތަރު ގޯލެވެ.

ރެއާލާ އެކު ފުރިހަަމަކުރި ދެ ޕްރީ ސީޒަނުގައި ހަޒާޑްގެ ފިޓްނަސް އަށް އެންމެ ބޮޑަށް އަސަރުކުރީ ޗުއްޓީ އަށް ފަހު ޓީމާ ގުޅުނުއިރު ފަލަވެފައި ހުރުމުންނެވެ. އޭނާގެ ފަރާތުން މިހާރު އެކަށީގެންވާ ވަރަށް ޕްރޮފެޝަނަލް އުސޫލު ނުފެެންނަ ކަމަށް ވެސް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ. ހަޒާޑް މި ވަގުތު ރެއާލްގައި ހުރީ ހަފްތާ އަކު 450،000 ޔޫރޯ ލިބޭ ގޮތަށެވެ.

އަންނަ ސީޒަނުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރި އެމްބާޕޭ ހޯދަން ގިނަ ކްލަބްތަކަކުން ޝައުގުވެރިވެ އެވެ. ޕީއެސްޖީން ވަނީ އެމްބާޕޭ އަށް ހަތަރު އަހަރުގެ އެއްބަސްވުމެއް ހުށަހަޅައިފަ އެވެ. އެއީ އަހަރަކު 36 މިލިއަން ޔޫރޯ (43 މިލިއަން ޑޮލަރު) ލިބޭ ގޮތަށެވެ. އެކަމަކު އެމްބާޕޭ އެ ކްލަބްގައި މަޑުނުކުރާނެ ކަމަށް ފްރާންސްގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވެސް ވަނީ އެމްބާޕޭ އެ ކްލަބްގައި މަޑުކުރުމުގެ ފުރުސަތު ކުޑަ ކަަމަށް ބުނެފަ އެވެ.

އެމްބާޕޭ ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ޕީއެސްޖީ ދޫކޮށްލައިފިނަމަ އޭނާ ނެތްތަނަށް ޕީއެސްޖީން ގެންދަން ބޭނުންވަނީ ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox