އިންޑިއާގައި ތާށިވި އޮސްޓްރޭލިއާގެ ކުޅުންތެރިންނާއި ކޯޗުން މިއަދު ރާއްޖެ އަށް

May 6, 2021, 9:01 AM
އައިޕީއެލް މެޗެއްގެ ތެރެއިން އޮސްޓްރޭލިއާގެ ރިކީ ޕޮންޓިން.-- ފޮޓޯ: ހިންދުސްތާން ޓައިމްސް

އައިޕީއެލް މެޗެއްގެ ތެރެއިން އޮސްޓްރޭލިއާގެ ރިކީ ޕޮންޓިން.-- ފޮޓޯ: ހިންދުސްތާން ޓައިމްސް

އިންޑިއާގެ މަޝްހޫރު ކްރިކެޓް ލީގު ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ވާދަކުރާ ޓީމުތަކުން ގިނަ އަދަދެއްގެ ކޮވިޑް-19 ކޭސްތަކެއް ފެންނަމުންދާތީ ލީގު ސަސްޕެންޑް ކުރުމުން، އެ މުބާރާތުގައި ވާދަކުރާ އޮސްޓްރޭލިއާގެ ގިނަ ކުޅުންތެރިންނާއި ކޯޗިން ސްޓާފްގެ އިތުރުން ކޮމެންޓޭޓަރުން ޗާޓަރު ފްލައިޓެއްގައި މިއަދު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ޗާޓަރު ފްލައިޓްގެ ހުރިހާ ހަރަދެއް ހަމަަޖައްސައިދީފައިވަނީ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) އިންނެވެ. ކޮވިޑްގެ ނުރައްކާ އިންޑިއާގައި އިންތިހާ އަށް ބޮޑުވުމާ އެކު އައިޕީއެލް ސަސްޕެންޑްކުރުމުން ގާތްގަނޑަކަށް އޮސްޓްރޭލިއާ އަށް ނިސްބަތްވާ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން އަދި ކޮމެންޓޭޓަރުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 40 މީހުން އިންޑިއާގައި ތަށިވި އެވެ.

މުބާރާތް ސަސްޕެންޑުކުރި އިރު، އެ މުބާރާތުގައި ކުޅޭ ގިނަ އަދަދެއްގެ ކުޅުންތެރިންނަށް އެނބުރި ގައުމަށް ދެވޭނެ ގޮތެއް ނެތެވެ. ސަބަބަކީ ތަފާތު ވޭރިއަންޓުތަކާއެކު އިންޑިއާގައި ބަލި އިންތިހާއަށް ފެތުރުމާ ގުޅިގެން، ގިނަ ގައުމުތަކުން ވަނީ އިންޑިއާއިން ފްލައިޓުތައް ދަތުރުކުރުން މަނާކޮށްފަ އެވެ. އެ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ ވެސް ހިމެނޭއިރު، އިންޑިއާ އިން އެއްވެސް މީހަކަށް މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އޮސްޓްރޭލިއާ އެތެރެވުން ވަނީ މަނާކޮށްފަ އެވެ.

އިންޑިއާ އިން މި ދުވަސްވަރު އޮސްޓްރޭލިއާ އަށް ދާ މީހުންނަށް ޖަލު ހުކުމެއް ވެސް އަންނާނެ ގޮތަށް ފިޔަވަޅުތައް ހަރުކަށި ކުރަން އޮސްޓްރޭލިއާ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އައިޕީއެލް ސަސްޕެންޑު ކުރުމުގެ ސަބަބުން އިންޑިއާގައި ތާށިވެފައިވާ އޮސްޓްރޭލިއާ ކުޅުންތެރިންނަށް އެނބުރި ގައުމަށް ދިއުމަށް ހާއްސަ އިންތިޒާމެއް ހަމަޖައްސައިނުދޭތީ، ބައެއް ކުޅުންތެރިން ދަނީ އޮސްޓްރޭލިއާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެހެންވެ ބީސީސީއައި އާއި ކްރިކެޓް އޮސްޓްރޭލިއާ އިން މަޝްވަރާ ކުރުމަށް ފަހު ނިންމީ ލަންކާ އާއި ރާއްޖޭގައި މަޑުކޮށްފައި އޮސްޓްރޭލިއާ އަށް ދެވޭނެ ގޮތެއް އިންޑިއާގައި ތާށިވި މީހުންނަށް ހަދައިދިނުމަށެވެ. ބީސީސީއައި އިން މިވަނީ އެ އިންތިޒާމް ހަމަޖައްސައިދީފަ އެވެ.

އޮސްޓްރޭލިއާގެ ކޮމެންޓޭޓަރު ނެރޯލީ (ވ) އާއި ކުޅުންތެރިޔާ ބްރެޓް ލީ ޗާޓަރު ފްލައިޓްގައި ތިބެ ސެލްފީއެއް ނަގަނީ.

އިންޑިއާ އިން އަންނަ ޓޫރިސްޓުން 96 ގަޑިއިރުނުވާ ޕީސީއާރު ޓެސްޓެއް ހަދަންޖެހޭ ގޮތަށް ރާއްޖޭން ފިޔަވަޅު ހަރުކަށިކޮށްފައިވީ ނަމަވެސް، އޮސްޓްރޭލިއާ ކުޅުންތެރިންނާއި އޮފިޝަލުން އަދި ކޮމެންޓޭޓަރުންނަށް އެނބުރި ގައުމަށް މިވަގުތު ދެވެން އޮތް އެންމެ ފަސޭހަ މަގަކީ ރާއްޖެ ނޫނީ ލަންކާ އެވެ. ރާއްޖެ އަށް ޓޫރިސްޓުންގެ ގޮތުގައި އިންޑިއާ އިން އަންނަ މީހުން އަދިވެސް ކަރަންޓީނުވާން ނުޖެހެ އެވެ. އެކަމަކު އެމީހުންނަށް މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަ ގެސްޓްހައުސެއްގައި މަޑުކުރުން ވަނީ މަނާކޮށްފަ އެވެ.

މި ވަގުތު ދަތުރުނުކުރެވޭ ހާލަތުގައި ހުރި އޮސްޓްރޭލިއާގެ ހަމައެކަނި މީހަކީ ޗެންނާއީ ސުޕަ ކިންގްސްގެ ބެޓިން ކޯޗު މައިކަލް ހަސީ އެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވުމުން އިންޑިއާގައި މަޑުކުރަން ޖެހުނީ އެވެ. އޮސްޓްރޭލިއާ ސަރުކާރުން ފިޔަވަޅުތައް ވަރުގަަދަ ނުކުރަނިސް އެ ގައުމުގެ ތިން ކުޅުންތެރިން ވަނީ އައިޕީއެލް ދޫކޮށްފައި އެނބުރި ގައުމަށް ގޮސްފަ އެވެ. އެއީ ކޭން ރިޗާޑްސަން، އެޑަމް ޒަމްޕާ އަދި އެންޑްރޫ ޓައި އެވެ. މި ތިން ކުޅުންތެރިން އަންނަނީ އޮސްޓްރޭލިއާގައި ކަރަންޓީނު މުއްދަތެއް ފުރިހަމަކޮށްފަ އެވެ.

އައިޕީއެލް ހުއްޓާލަން ޖެހުމުން ލިބޭ މާލީ ގެއްލުން 270 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބީސީސީއައިގެ އޮފިޝަލަކު ވަނީ އިންޑިއާ ނޫހަކަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox