ޗެލްސީ އަށް ފައިނަލުގެ ޖާގައެއް ހައްގު: ޒިދާން

May 6, 2021, 6:03 AM
ރެއާލްގެ ކޯޗު ޒިނެދިން ޒިދާން.-- ފޮޓޯ: އޭއެފްޕީ

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (މެއި 6) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ލެގުގައި ޗެލްސީން ރެއާލް މެޑްރިޑާ ދެކޮޅަށް ދެއްކި ކުޅުމަށް ބަލާއިރު ޗެލްސީ އަށް ފައިނަލުގެ ޖާގައެއް ހައްގު ކަމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

ރެއާލް ދަނޑުގައި މިދިޔަ ހަފްތާގައި ޗެލްސީ ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ. ރޭ ޗެލްސީ ދަނޑުގައި އެ ޓީމުން ރެއާލް ބަލިކުރީ 2-0 އިންނެވެ. މެޗަށް ފަހު ޒިދާން ބުނީ ޗެލްސީން ރެއާލަށް ވުރެ ރަނގަޅަށް ކުޅުނު ކަމަށާއި ހުރިހާ ކަމެއް ވެސް ބުރަވެފައި އޮތީ ޗެލްސީ ކޮޅަށް ކަމަށެވެ.

"ފުރަތަމަ ކަމަކަށް އަހަރެން ބުނާނީ ޗެލްސީ އަށް ފައިނަލުގެ ޖާގައެއް ހައްގު. އެ މީހުން ތިބީ މި ސެމީ ފައިނަލަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން. އެ މީހުން (ޗެލްސީ) ކުޅުނީ ކުޅެވުނު އެންމެ މޮޅަށް. އަހަރެމެންގެ ލެވަލްގައި ނުކުޅެވުނު. ޗެލްސީ ފެނުނީ ރަނގަޅު ރޫހެއްގައި ކުޅެލިތަން. އެ މީހުންނަށް (ޗެލްސީ އަށް) އަހަރެން މަރުހަބާ ކިޔަން،" ޒިދާން ބުންޏެވެ.

ރެއާލްގެ ކޯޗުގެ މަގާމުގައި އެންމެ ފުރަތަމަ ހުރިއިރު ޒިދާން ވަނީ ޖެހިޖެހިގެން ތިން އަހަރު އެ ޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. އެކަމަކު ދެ ވަނަ ފަހަރަށް ރެއާލާ ހަވާލުވެ، ޒިދާނަށް އަދި މި މުބާރާތުގައި އެ ވަރުގެ ތަފާތެއް ދައްކަން ވަނީ އުނދަގޫވެފަ އެވެ. މިދިޔަ އަހަރު ދެ ވަނަ ބުރުގައި މެންޗެސްޓާ ސިޓީ އަތުން ކެޓިއިރު، މި ފަހަރު ސެމީގައި ޗެލްސީ އަތުން މި ވަނީ ބަލިވެފަ އެވެ.

މި ސީޒަނުގައި ރެއާލަށް އެންމެ ބޮޑަށް ދިމާވީ އަނިޔާގެ މައްސަލަތަކެވެ. ޒިދާން ބުނީ ހުރި ހުރިހާ ގޮންޖެހުންތަކާ އެކީގައި ވެސް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އާދެވުމަކީ ވެސް ހިތްހަމަޖެހޭ ކަމެއް ކަމަށާއި އެކަމަކު މި ހިސާބުން އަތްއުރާލައިގެން ސީޒަން ނިމެންދެން ނުތިބޭނެ ކަމަށެވެ.

"ވަރުގަދަކޮށް ސީޒަން ނިންމާލައި ލީގު ހޯދުމަށް އަމާޒުހިފާނަން. ބާކީ މި އޮތް ހަތަރު މެޗަށް އެއީ އަޒުމަކީ." ޒިދާން ބުންޏެވެ.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް މިދިޔަ އަހަރު ޕީއެސްޖީ ގޮވައިގެން ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވެފަ އެވެ. މިދިޔަ ޑިސެމްބަރު މަހު ޕީއެސްޖީގެ ކޯޗުކަމުން ވަކިކުރިތާ މަހެއްހާ ދުވަސް ފަހުން ޗެލްސީއާ ހަވާލުވެ ޓުޗެލް މި ވަނީ އެ ޓީމާ އެކު ޗެމްޕިއަންސް ލީގު ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

ޓުޗެލް އަކީ ތަފާތު ދެ ކްލަބެއް ގޮވައިގެން ޖެހިޖެހިގެން ދެ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުން ނުކުންނާނެ ފުރަތަމަ ކޯޗެވެ. ޓުޗެލް ބުނީ ޖެހިޖެހިގެން ދެ އަހަރު ފައިނަލުގައި ހިތި ތަޖުރިބާއެއް ކުރަން ބޭނުންނުވާ ކަމަށެވެ.

"އަހަރެން އަބަދުވެސް ބުނަމުން މި އަންނަނީ އަހަރެމެން ދާން ބޭނުންވާ ލެވަލަކީ ބަޔާން މިއުނިކާއި މެންޗެސްޓާ ސިޓީއާ ހިސާބަށް ކަމަށް. އަހަރެމެން ރެއާލާ ދެކޮޅަށް މި ދެއްކި ފެންވަރުގެ ކުޅުމެއް ދައްކައިގެން ބަލިނުކުރެވޭނެ ޓީމެއް ނެތް. ޓީމު ފެނުނީ އާދަޔާހިލާފު ރޫހެއްގައި ތިބެގެން ކުޅެލިތަން،" ޓުޗެލް ބުންޏެވެ.

ނުވަ އަހަރަށް ފަހު ޗެލްސީން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭއިރު، މެންޗެސްޓާ ސިޓީއާ ދެކޮޅަށް އެ ޓީމު ބައްދަލުކުރާ މި ފައިނަލް މެޗު އޮންނާނީ މި މަހު 29 ގައި ތުރުކީގެ އިސްތަންބޫލުގަ އެވެ. އޭގެ ކުރިން މި މަހުގެ 15 ވަނަ ދުވަހު އެފްއޭ ކަޕް ފައިނަލުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ޗެލްސީ ނުކުންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox