ޔުނައިޓެޑް އަށް ދުވަސް ތެރޭ ހަތަރު މެޗު ކުޅެން ޖެހިއްޖެ

May 6, 2021, 5:41 AM
ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (މެއި 6) - ފަސްކުރަން ޖެހުނު ލިވަޕޫލާ ދެކޮޅަށް ކުޅެން އޮތް މެޗު ޝެޑިއުލްކުރި ގޮތުން މެންޗެސްޓާ ޔުނައިޓެޑުން އަށް ދުވަސް ތެރޭ ހަތަރު މެޗު ކުޅެން ޖެހިއްޖެ އެވެ.

މިދިޔަ އާދިއްތަ ދުވަހުގެރޭ ވާދަވެރި ލިވަޕޫލާ ދެކޮޅަށް ޔުނައިޓެޑް ކުޅެން އޮތް މެޗު ފަސްކުރަން ޖެހުނީ އެ މެޗުގެ ކުރިން ޔުނައިޓެޑްގެ ސަޕޯޓަރުން އެ ކްލަބްގެ ވެރިންނާ ދެކޮޅަށް ކުރަމުންދިޔަ ހަޅުތާލު ކޮންޓްރޯލުން ނައްޓައި ސަޕޯޓަރުން ދަނޑަށް ވަނުމުންނެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ސަޕޯޓަރުން ދަނޑުން ބޭލި ނަަަމަވެސް ޕްރިމިއާ ލީގާއި މެންޗެސްޓާ ފުލުހުން ބޭއްވި ބައްދަލުވުންތަކަށް ފަހު އެ ދުވަހު މެޗު ކުޅެވޭނެ ރައްކާތެރި މާހައުލެއް ކަށަވަރުނުކުރެވޭތީ އެންމެ ފަހުން ނިންމީ މެޗު ފަސްކުރާށެވެ.

ޕްރިމިއާ ލީގުން ރޭ އިއުލާނުކުރި އާ ޝެޑިއުލްގައިވާ ގޮތުން ފަސްކުރި ޔުނައިޓެޑާއި ލިވަޕޫލް މެޗު ކުޅޭނީ އަންނަ ބުރާސްފަތި (މެއި 13) ވަނަ ދުވަހު އެވެ. މިއާ އެކު ޔުނައިޓެޑުން ދެ ދުވަހުން ކަހަލަ ގޮތަކަށް އަށް ދުވަސް ވަންދެން މެޗު ކުޅެން ޖެހުނީ އެވެ.

ޔުނައިޓެޑްގެ މެޗުތައް:

- ރޯމާ/ ޔުނައިޓެޑް (ޔޫރޮޕާ ލީގު - 6 މެއި)

- އެސްޓަން ވިލާ/ ޔުނައިޓެޑް (ޕްރިމިއާ ލީގު - 9 މެއި)

- ޔުނައިޓެޑް/ ލެސްޓާ ސިޓީ (ޕްރިމިއާ ލީގު - 11 މެއި)

- ޔުނައިޓެޑް/ ލިވަޕޫލް (ޕްރިމިއާ ލީގު 13 މެއި)

މި މެޗުތައް ރޭވުނު ގޮތަށް ބަލާއިރު ޔުނައިޓެޑަށް އެންމެ އުނދަގޫވާނީ ލެސްޓާއާ ކުޅުމަށް ފަހު 50 ގަޑިއިރު ފަހުން ލިވަޕޫލާ ކުޅެން ޖެހުމެވެ. އެ ދެ މެޗާ ގާތްގާތުގައި ކުރިމަތިލާން ޖެހުނުއިރު، ޔުނައިޓެޑަށް އޮތް ހިތްހަމަޖެހުމަކީ ދެ މެޗު ވެސް އޮތީ އެ ޓީމުގެ ދަނޑުގައި ކަމަށްވުމެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި މިރޭ ޔުނައިޓެޑުން ރޯމާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އިޓަލީގެ ރޯމްގަ އެވެ. ފުރަތަމަ ލެގުގައި ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 6-2 އިން ރޯމާ ބަލިކޮށްފަ އެވެ. ޔުނައިޓެޑަށް ފައިނަލުގެ ޖާގަ ގާތްގަނޑަކަށް ލިބިފައިވާއިރު، މިއީ 2017 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަހުން ޔުނައިޓެޑް މި މުބާރާތުގެ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

ޔުނައިޓެޑުން ދެން އެންމެ އަވަހަށް އިނގިރޭސި ޕްރިމިއާ ލީގުގެ މެޗަކަށް ނުކުންނައިރު، އެ ޓީމަށް ލީގު ގެއްލިފައި އޮތުމުގެ ފުރުސަތު އެބައޮތެވެ. ހޮނިހިރު ދުވަހުގެރޭ ޗެލްސީގެ މައްޗަށް މެންޗެސްޓާ ސިޓި ކުރިހޯދައިފިނަމަ އެ ޓީމަށް ލީގު ކަށަވަރުކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox