ސަޕޯޓަރުންގެ ހަޅުތާލު ކޮންޓްރޯލް ނުވެ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރަން އޮތް މެޗު ފަސްކޮށްފި

May 2, 2021, 4:52 PM
ޔުނައިޓެޑްގެ ސަޕޯޓަރުން ދަނޑުމަތީގައި.---

ޔުނައިޓެޑްގެ ސަޕޯޓަރުން ދަނޑުމަތީގައި.---

މެންޗެސްޓާ (މެއި 2) - މެންޗެސްޓާ ޔުނައިޓެޑްގެ ވެރިންނާ ދެކޮޅަށް އެ ކްލަބްގެ ސަޕޯޓަރުން ކުރިއަށްގެންދިޔަ ހަޅުތާލު ކޮންޓްރޯލް ކުރުމުގައި އެކަށީގެންވާ ކުރިއެރުމެއް ނުލިބުމުން މިރޭ ލިވަޕޫލާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅެން އޮތް މެޗު ފަސްކޮށްފި އެވެ.

މެޗު ދެން ކުޅޭނެ ތާރީހެއް ނިންމާނީ ޕްރިމިއާ ލީގުން ދެ ކްލަބާ މަޝްވަރާކުރުމަށް ފަހު އެވެ.

މެޗު ފެށެން ދެ ގަޑިއިރަށް ވެފައި ވަނިކޮށް ޔުނައިޓެޑްގެ އެތައް ސަތޭކަ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފަ އެވެ. އަދި ކޮމެންޓޭޓަރުން ތިބޭ ސަރަހައްދަށް އަލިފާން ބޯޅަ އުކި ވީޑިއޯ ވެސް ވަނީ ސޯޝަލް މީިޑިއާގައި އާންމުވެފަ އެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ދަނޑުމައްޗަށް އެރި ސަޕޯޓަރުން ވަނީ ދަނޑުން ބާލައިފަ އެވެ.

ދަނޑުބޭރުގައި އެތައް ހާސް ޔުނައިޓެޑް ސަޕޯޓަރުން ބައިވެރިވެގެން ކުރިއަށްގެންދާ މި އެއްވުން ތަކަކީ އެ ކްލަބްގެ ވެރިން ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވާން ނިންމުމަށް ފަހު ފަހުން އެ ނިންމުން ބަދަލުކުރި ނަމަވެސް ކްލަބް ވިއްކާލަން ދެކޮޅު ހަދަމުންދާތީ އެވެ.

ޔުނައިޓެޑްްގެ ސަޕޯޓަރުން ދަނޑުމަތީގައި ކޯނަރު ދަނޑި ހިފައިގެން.

ޔުނައިޓެޑް ސަޕޯޓަރުންގެ އަނެއް ޝަކުވާ އަކީ އެ ކްލަބްގެ ވެރިން ކަމަށްވާ އެމެރިކާގެ ގްލޭޒާ އާއިލާ އިން އެ ކްލަބަށް ލިބޭ ފައިސާ ކްލަބަށް އެކަށީގެންވާ ވަރަށް އިންވެސްޓްނުކޮށް އަމިއްލަ ވިޔަފާރިތައް ފުޅާކުރަން މަސައްކަތްކުރާތީ އެވެ.

މި މެޗުގެ ކުރިން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ސަޕޯޓަރުންގެ ހިތްހަމަަނުޖެހުންތައް ހުރިކަން އެނގޭ ކަމަށާއި ޝުއޫރު ފާޅުކުރި ނަމަވެސް މެޗު ކުޅެވޭނެ މާހައުލެއް އެބައޮތް ކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެފަ އެވެ.

އެކަމަކު މެންޗެސްޓާ ޕޮލިހުންނާއި ޕްރިމިއާ ލީގުގެ އޮފިޝަލުން މެޗު ބާއްވަން ކުރި ހުރިހާ މަސައްކަތެއް ހުއްޓާލަން ޖެހުނީ އެންމެ ފުރަތަމަ މެޗު ޝެޑިއުލްކުރިތާ އެއް ގަޑިއިރު ފަހުން ވެސް މެޗު ކުޅެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ނުލިބުމުންނެވެ. މެޗު ފަސްކުރަން ނިންމިއިރު، ދެ ޓީމުގެ ކުޅުންތެރިން ތިބީ ހޮޓަލުގަ އެވެ. މެޗު ކުޅެވޭނެ ކަމަަށް ދެ ޓީމުން ވެސް ވަނީ ފުރަތަމަ އެގާރަ ކުޅުންތެރިން ފައިނަލްކޮށް އާންމުކޮށްފަ އެވެ.

މިރޭގެ މެޗު ޔުނައިޓެޑާއި ލިވަޕޫލްގެ އިތުރުން ދެން މުހިއްމުވެފައި އޮތީ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށެވެ. މިރޭ ލިވަޕޫލުން ޔުނައިޓެޑް ބަލިކުރިނަމަ ސިޓީ އަށް ހަތަރު އަހަރު ތެރޭ ތިން ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox