މުހިއްމު ވައުދުތަކެއް ފުއްދަން އިތުބާރުކުރެއްވުމުން ޑރ. ހުސެއިންގެ ޝުކުރު ރައީސަށް

ޑރ. ހުސައިންއަށް މަގާމުގެ ފަތްކޮޅު ރައީސް އަރުވަނީ: ފިޝަރީޒް މިނިސްޓަރަކަށް ހަމަޖެއްސީ އެންވަޔަރަމެންޓް މިނިސްޓަރަކަށް ހުންނަވަނިކޮށް-- ފޮޓޯ: ރައީސް އޮފީސް

ޑރ. ހުސައިންއަށް މަގާމުގެ ފަތްކޮޅު ރައީސް އަރުވަނީ: ފިޝަރީޒް މިނިސްޓަރަކަށް ހަމަޖެއްސީ އެންވަޔަރަމެންޓް މިނިސްޓަރަކަށް ހުންނަވަނިކޮށް-- ފޮޓޯ: ރައީސް އޮފީސް

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ވެވަޑައިގަތް ވައުދު ފުއްދުން ލަސްވެފައިވާ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް ކެބިނެޓަށް ބަދަލު ގެންނަވައި އޭނާއަށް އިތުބާރުކުރައްވައި އެ ޒިންމާ މަތިކުރެއްވުމުން ޑރ. ހުސެއިން ރަޝީދު ހަސަން ރައީސަށް މިރޭ ޝުކުރު އަދާކުރައްވައިފި އެވެ.

ހުސެއިން ކުރިން ހުންނެވީ އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުގަ އެވެ. އެކަމަކު ރައީސް ނިންމެވީ ފިޝަރީޒް މިނިސްޓަރު ކަމުގައި ހުންނެވި ޒަހާ ވަހީދު ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ބަދަލުކޮށް ފިޝަރީޒް ހިންގެވުން ހުސެއިން ހަވާލު ކުރައްވާށެވެ. ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކެބިނެޓަށް ވަޑައިގަތް ހުސެއިނަށް މިއަދު ވަނީ ފިޝަރީޒް މިނިސްޓަރު ކަމުގެ ފަތްކޮޅު އަރުވައިފަ އެވެ.

މަސްވެރިންނާއި ދަނޑުވެރިންގެ ވަޒީރެއްގެ ގޮތުގައި ފުރަތަމަ ކުރެއްވި ޓުވީޓުގައި، އެ ދެ ދާއިރާ އިން ނަފާ އިތުރުކުރަން ޖެހޭ ކަމަށާއި އެ ކަމުގައި ނަތީޖާ ނެރެދެއްވަން ތައްޔާރަށް ހުންނެވި ކަމުގެ ޔަގީން ކަމެއް ދެއްވާފައިވެ އެވެ. އެކަމުގައި ރައީސް އޭނާ އަށް އިތުބާރު ކުރައްވައި ފުރުސަތު ދެއްވީތީ ޝުކުރު އަދާކުރެއްވި އެވެ.

ފިޝަރީޒް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި، ޑރ. ހުސެއިން ވަނީ 2008- 2013 އަށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވަައިފަ އެވެ. ލޭބާ މިނިސްޓްރީގައި ވެސް ހިދުމަތް ކުރެއްވި ޑރ. ހުސެއިނަކީ ގާނޫނު އަސާސީ އިސްލާހުކުރަން އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.

ޖުމްހޫރި ޕާޓީގެ ޑެޕިޔުޓީ ލީޑަރުގެ މަގާމުގައި ހުންނެވި، ޑރ، ހަސަން ވަނީ މަސްވެރިކަމުގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވައިފަ އެވެ.

ފިޝަރީޒް މިނިސްޓަރުކަން ޑރ. ހުސެންއަށް ދެއްވާފައި މިވަނީ އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން މަސްވެރިންނާއި ދަނޑުވެރިންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. ރާއްޖޭގައި ބާނާ މަހަށާއި ދަނޑުވެރިކަމުގެ ބާވަތްތަކަށް ހަމަ އަގު ނުލިބޭތީ ކަންބޮޑުވުން އެބައޮތެވެ. އެ ވައުދުތައް ފުއްދަން ޒަހާ ގާބިލު ނޫން ކަމަށް ފާޑުކިއުން ވެސް އަމާޒުކުރި އެވެ.

ޑރ. ހުސައިން ކުރިން ހުންނެވި އެންވަޔަރަމެންޓް މިނިސްޓްރީއަށް ރައީސް އޮފީހުގެ ކުރީގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ މިއަދު ވަނީ އައްޔަން ކުރައްވައިފަ އެވެ. ކެބިނެޓަށް ރައީސް މިބަދަލުތައް ގެންނެވީ ވައުދު ފުއްދުން އަވަސްކޮށް ނަތީޖާ ނެރެން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox