އާ ކޮންޓްރެކްޓަށް ވުރެ ޓުޗެލް އަށް މުހިއްމީ ރެއާލް މެޗުގެ ވާހަކަ

May 5, 2021, 6:08 AM
ރެއާލްގެ ކޯޗު ޒިދާން (ވ) އާއި ޗެލްސީގެ ކޯޗު ޓުޗެލް ސަލާމްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރެއާލްގެ ކޯޗު ޒިދާން (ވ) އާއި ޗެލްސީގެ ކޯޗު ޓުޗެލް ސަލާމްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (މެއި 5) - ޗެލްސީއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް އާ ކުރުމުގެ ކަންތައްތަކަށް ވުރެ، މި ވަގުތަށް މުހިއްމީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގެ ވާހަކަ ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޗެލްސީގެ ކޯޗުކަމާ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ޓުޗެލް ހަވާލުވީ 18 މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. ޗެލްސީގައި ޓުޗެލް މިހާތަނަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާއިރު، އޭނާ އަށް އާ އެއްބަސްވުމެއް ޗެލްސީން ދޭން ޖެހޭނެ ކަމަށް ބުނެ އިނގިރޭސި މީޑިއާގައި އަންނަނީ ވާހަކަ ދެކެވެމުންނެވެ.

"މި ވަގުތު ތި ވާހަކަތަކަށް އަހަރެންގެ ސަމާލުކަމެއް ނެތް. އަހަރެންގެ ސިކުނޑި ހުސްކޮށްގެން މި ހުރީ ރެއާލްގެ މެޗަށް. އަހަންނަށް މުހިއްމީ އެ މެޗުގެ ވާހަކަތައް،" މިދިޔަ ޑިސެމްބަރު މަހު ޕީއެސްޖީ ކޯޗުކަމުން ވަކިވުމަށް ފަހު މަހެއްހާ ދުވަސް ތެރޭ ޗެލްސީއާ ހަވާލުވި ޓުޗެލް ބުންޏެވެ.

ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީން ވަނީ މެންޗެސްޓާ ސިޓީ ބަލިކޮށް އެފްއޭ ކަޕްގެ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ޗެލްސީން މިހާރު މަސައްކަތްކުރަނީ 2012 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދާށެވެ. އެކަން ހާސިލްކުރަން ބަލާއިރު ޗެލްސީ އަށް ކުރިމަތީގައި އޮތީ އުނދަގޫ މަސައްކަތެކެވެ. އެއީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑާ ދެކޮޅަށް ނަތީޖާ ނެރުމެވެ. މިދިޔަ ހަފްތާގައި ރެއާލް ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

"ފުރަތަމަ ލެގު އަހަރެމެން އެންމެ ބޭނުން ގޮތަކަށް ނުދިޔަ ކަމުގައި ވިޔަސް ނަތީޖާ އެންމެ ގޯހެއް ނޫން. އަދިވެސް އަހަރެމެން އަތުގައި އަމިއްލަ ކޮންޓްރޯލް އެބައޮތް. މީގެ ޖެހޭނީ އިދިކޮޅަށް ނުކުންނަ ޓީމު ކައިރީގައި ޖެހިލުމެއް ނެތި ކުޅެން. އަހަރެންގެ ނަަޒަރުގައި ޗެލްސީ އަށް އެކަން ކުރެވޭނެ،" ޓުޗެލް ބުންޏެވެ.

"ގަބޫލުކުރަން ޖެހޭނީ ރެއާލް ބަލިކުރެވޭނެ ކަމަށް. އެ އިތުބާރާއި އެ ކޮންފިޑެންސް ހުންނަން ވާނެ،"

ފާއިތުވި އަހަރުތަކަށް ބަލާއިރު ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ކޯޗު ހުރީ ރެއާލްގަ އެވެ. ޒިދާންގެ ކޯޗުކަމުގައި ރެއާލުން ވަނީ ޖެހިޖެހިގެން ތިން ފަަހަރު ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ރެއާލުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނީ 2018 ވަނަ އަހަރު އެވެ.

ޒިދާން ބުނީ ރެއާލުން ޗެލްސީއާ ދެކޮޅަށް ނުކުންނަން ޖެހޭ ކުރަން ޖެހޭ ކަންކަން ރަނގަޅަށް އެނގިގެން އެ އިތުބާރާ އެކު މޮޅުވާން ކަމަށެވެ.

"މިއީ ވަރަށް އުނދަގޫވާނެ ޗެލެންޖެއް. އަހަރެމެން ވަރަށް ވިސްނުންތެރިކަމާ އެކު ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރަންޖެހޭނެ. ފުރަތަމަ ލެގުގައި ފެނުނު ކުޅުމަށް ވުރެ މި މެޗުގައި ޗެލްސީން ގިނަ ކަންކަން ރަނގަޅުކުރާނެ،" ޒިދާން ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު ރެއާލަށް އޮތް އެންމެ ބޮޑު ހިތްހަމަަ ޖެހުމަކީ އަނިޔާގެ ސަބަބުން އެންމެ ފަހުން ކުޅުނު ގިނަ މެޗުތައް ގެއްލުނު ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް އަށް މި މެޗުގައި ކުޅެވުމެވެ. އަދި ރާމޯސްގެ އިތުރުން ޗެލްސީއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގު ގެއްލުނު ފާލަންޑް މެންޑީ އާއި ފެޑެރީކޯ ވަލްވޭޑޭ ވެސް ޗެެލްސީއާ ދެކޮޅަށް މިރޭ ކުޅޭ ރެއާލް ސްކޮޑުގައި ހިމެނެ އެވެ.

"އަހަރެމެންގެ ލީޑަރު އަހަރެމެންގެ ކެޕްޓަން (ރާމޯސް) މި ވަގުތު މި ހުރީ އަހަރެމެންނާ އެކު. އެކަމަކު ވިސްނަން ޖެހޭ ކަންތައްތައް އެބަހުރި. އަހަރެމެން އެއްވެސް ރިސްކެއް ނުނަގާނަން،" ޒިދާން ބުންޏެވެ.

މިއީ ޔޫރަޕްގެ މުބާރާތްތަކުގައި ޗެލްސީ އާއި ރެއާލްގެ ފަސް ވަނަ ކުރިމަތިލުމެވެ. ރަނގަޅު ރެކޯޑެއް އޮތީ ޗެލްސީ އަތުގަ އެވެ. ރެއާލް އަތުން އަދި ޗެލްސީ ބަލިވެފައިނުވެ އެވެ. މީގެ ކުރިން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ޗެލްސީ މޮޅުވިއިރު، އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި މިރޭ ރެއާލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox