ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިއުމަކީ އާދައިގެ ކަމެއް ނޫން: ގާޑިއޯލާ

May 5, 2021, 4:45 AM
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ.-- ފޮޓޯ: އޭއެފްޕީ

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (މެއި 5) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދުމަކީ އާދައިގެ ކަމެއް ނޫން ކަމަށް މި ފަހަރުގެ ފައިނަލުގެ ފުރަތަމަ ޖާގަ ރޭ ކަށަވަރުކުރި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސެމީ ފައިނަލުގެ ދެ ލެގުން ވެސް ޕީއެސްޖީ ބަލިވިއިރު، ފުރަތަމަ ލެގުގައި ލީޑުނެގީ އެ ޓީމުންނެވެ. އަމިއްލަ ދަނޑުގައި މިދިޔަ ހަފްތާގައި ޕީއެސްޖީ 2-1 އިން ބަލިވިއިރު، ރޭ ސިޓީން އަމިއްލަ ދަނޑުގައި ޕީއެސްޖީ ބަލިކުރީ 2-0 އިންނެވެ.

ސިޓީން މީގެ ކުރިން ޔޫރަޕްގައި ކުޅުނު ހަަމައެކަނި ފައިނަލަކީ 1970 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕް ވިނާސް ކަޕް ފައިނަލުގަ އެވެ. ޗެމްޕިއަންސް ލީގުގައި މީގެ ކުރިން 2016 ވަނަ އަހަރު މެނުއަލް ޕެލެގްރީނީގެ ކޯޗުކަމުގައި ސިޓީން އަލަށް ސެމީ ފައިނަލުގައި ވާދަކޮށްވީ ބައްޔެވެ. ދެ ލެގުން ރެއާލް މެޑްރިޑް އަތުން ސިޓީ ބަލިވީ 1-0 އިންނެވެ.

އަނެއް ކޮޅުން މިއީ 2011 ވަނަ އަހަރަށް ފަހު ގާޑިއޯލާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ފެންނާނެ ފުރަތަމަ ފަހަރެވެ. ގާޑިއޯލާ ވަނީ 2009 އާއި 2011 ވަނަ އަހަރު ބާސެލޯނާއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެކަމަކު 2013 ވަނަ އަހަރު ބަޔާން މިއުނިކްގެ ކޯޗުކަމާ ހަވާލުވެ އެ ޓީމާ އެކު ގާޑިއޯލާ އަށް މުބާރާތުގެ ފައިނަލަށް ވެސް ދަތުރުނުކުރެވުނެވެ. ސިޓީއާ 2016 ވަނަ އަހަރު ހަވާލުވުމަށް ފަހު ފުރަތަމަ ސީޒަނުގައި މޮނާކޯ އަތުން ކެޓީ ދެ ވަނަ ބުރުންނެވެ. އޭގެ ފަހުން ކުއާޓާ ފައިނަލުގައި ޖެހިޖެހިގެން ތިން އަހަރު ކެޓީ ލިވަޕޫލާއި ޓޮޓެންހަމް އަދި ލިޔޯން އަތުންނެވެ.

"މިއީ އާދަޔާހިލާފު ކަމެއް. މީހުންނަށް ހީވެދާނެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުމަކީ އާދައިގެ ކަމެކޭ. މިދިޔަ ހަތަރެއް ނޫނީ ފަސް ވަރަކަށް އަހަރު އަހަރެމެން ކުރި މަސައްކަތުގެ ނަތީޖާ މިހާރު ފެންނަން ފަށައިފި. މިއީ ހަމައެކަނި ސިޓީގައި މިހާރު ތިބި ކުޅުންތެރިންގެ ކާމިޔާބެއް ނޫން. މިއީ ސިޓީގައި އަހަރެން ކުރަން ފެށި އަދި މި ކްލަބަށް އެތައް ހިދުމަތެއް ކޮށްދިން ކޮންމެ ކުޅުންތެރިއަކަށް ލިބުނު ކާމިޔާބެއް،" ރޭގެ މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.

ސިޓީ މި ފަހަރުގެ ފައިނަލުން ފުރުސަތު ހޯދީ ރެކޯޑްތަކަކާ އެކީ އެވެ. މެޗަކުން ބަލިނުވެ ސިޓީން ފައިނަލުން ފުރުސަތު ހޯދިއިރު، އެ ޓީމަކީ ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން ހަތް މޮޅު ހޯދި އިނގިރޭސި ފުރަތަމަ ޓީމެވެ. މީގެ ކުރިން ރެކޯޑް އޮތީ ޖެހިޖެހިގެން ހަ މެޗުން މޮޅުވި 1996 ވަނަ އަހަރުގެ މެންޗެސްޓާ ޔުނައިޓެޑާއި 1970 ވަނަ އަހަރުގެ ލީޑްސް ޔުނައިޓެޑް އަދި 2005 ވަނަ އަހަރުގެ އާސެނަލް އެވެ.

މީގެ އިތުރުން ސިޓީ އަކީ 2004 ވަނަ އަހަރު ޗެމްޕިއަންސް ލީގު މިހާރުގެ ފޯމެޓަށް ކުޅެން ފެށި ފަހުން 12 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެގެން ފައިނަލުން ފުރުސަތު ހޯދި ތިން ވަނަ ޓީމަށެވެ. މީގެ ކުރިން އެކަން ހާސިލްކޮށްފައި އޮތީ 2014 ވަނަ އަހަރުގެ ރެއާލާއި 2015 ވަނަ އަހަރުގެ ބާސެލޯނާ އަދި 2020 ވަނަ އަހަރުގެ ބަޔާން މިއުނިކް އެވެ. އެ ފަހަރު ތަކުގައި އެ ތިން ޓީމުން ވެސް ވަނީ ޗެމްޕިއަންސް ލީގު ތަށި އުފުލާލައިފަ އެވެ.

"ޔުނައިޓެޑުން (2008 ވަނަ އަހަރު) ތަށި އުފުލާލީ ޓެރީ ކައްސާލުމުން ދެން (1999 ވަނަ އަހަރު) ފަހު ވަގުތު ބަޔާން މިއުނިކް ކޮޅަށް ގޯލު ޖަހައިގެން. ރެއާލުން ވަނީ އެތުލެޓިކޯ ކޮޅަށް 93 ވަނަ މިނިޓްގައި ގޯލެއް ޖަހައިގެން ތަށްޓެއް ހޯދާފައި. މިއީ ވަރަށް އުނދަގޫ މުބާރާތެއް،" ގާޑިއޯލާ ބުންޏެވެ.

ސިޓީން ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު މި ހޯދީ ޖެހިޖެހިގެން މި މުބާރާތުގައި ވާދަކުރާތާ 10 އަހަރު ފަހުންނެވެ. ގާޑިއޯލާ ބުނީ މި ކާމިޔާބީގެ ހިއްސާދާރުންގެ ގޮތުގައި ފަރުދާގެ ފުރަގަހުގައި މަސައްކަތްކުރާ ހުރިހާ އެންމެންގެ ނަން ފާހަގަކުރާ ކަމަށެވެ.

"މިއީ ހަމައެކަނި ފައިސާއިން ކުރެވުނު ކަމެއް ނޫން. އެ ގޮތަށް ވިސްނަން ބޭނުން ބަޔަކު އެ ކުރަނީ ގޯސް ކަމެއް،" ގާޑިއޯލާ ބުންޏެވެ.

ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ދެ ލެގަށް ބަލާއިރު ކޮންޓްރޯލް ކޮށްގެން ކުޅެން އުޅުނީ ޕީއެސްޖީ ކަމަށާއި އެކަމަކު މީގެ ފަރަގަކަށް ފެންނާނީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފާ ޓީމެއް ކަމަށެވެ.

މި މަހު 29 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލްގައި ކުޅޭ ފައިނަލުގައި ސިޓީ ކުޅެން ޖެހޭ ޓީމެއް ކަނޑައެޅޭނީ މިރޭ ކުޅޭ ދެ ވަނަ ސެމީ ފައިނަލަށް ފަހު އެވެ. ދެ ވަނަ ސެމީގެ ދެ ވަނަ ލެގުގައި ޗެލްސީ ދަނޑުގައި އެ ޓީމު ނުކުންނާނީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑާ ދެކޮޅަށެވެ. ފުރަތަމަ ލެގުގައި ރެއާލް ދަނޑުގައި މި ދެ ޓީމު ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox