އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގަށް ސަލީމް ކޮމިޝަނަށް ހާޒިރުކޮށްފި

މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ސަލީމް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ/ މަޖިލިސް

މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ސަލީމް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ/ މަޖިލިސް

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ތަހުގީގަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަދި އޭދަފުށި ދާއިރާގެ އިދިކޮޅު މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް) ރިޔާސީ ކޮމިޝަނަށް އިއްޔެ ހާޒިރުކޮށްފި އެވެ.

އޭނާ މެންދުރުފަހު ކޮމިޝަނަށް ހާޒިރުކުރީ، "އަދަދު"އަށް އެނގިފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކޮށް އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުންނާއި އޭސީސީން ހިންގާ ޖޮއިންޓް އިންވެސްޓިގޭޝަންގައި ބަލާ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރާށެވެ. އޭނާ މިއަދު ވެސް ހާޒިރުވެވަޑައިގަތުމަށް ވަނީ އަންގައިފަ އެވެ.

ސަލީމް ހާޒިރުކުރުމާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ވާހަކައެއް ނުދެއްކި އެވެ. ހަމައެކަނި ބުނީ ހިޔާނާތާ ގުޅޭ ތަހުގީގުތައް ކުރިއަށް އެބަދާ ކަމަށެވެ.

ސަލީމްގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން "އަދަދު"އިން ގުޅުމުން އަދި މެސެޖްކޮށްގެން ވެސް ސަލީމް ޖަވާބެއް ނުދެއްވި އެވެ.

މީގެ ކުރިން ވެސް ކޮމިޝަނުގެ ތަހުގީގަށް ބައެއް މީހުން ހާޒިރުކުރި އެވެ. އޭގެތޭރޭގައި ހިޔާނާތުން މަންފާވި ކަމަށް ތުހުމަތުކުރާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުން ހިމެނިވަޑައިގަންނަ އެވެ.

ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަނުން އޮކްޓޯބަރު، 24، 2019 ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައި އެމްއެމްޕީއާރުސީގެ ޖަރީމާ ހިންގި ގޮތާއި ފައިސާ ބައި އެޅި ގޮތާއި މަންފާ ލިބުނު މީހުންގެ އާ މައުލޫމާތާއި ހެކިތައް ވެސް ތަހުގީގަށް ލިބިފައިވާ ކަމަށް ބުނެ 267 މީހުންގެ ލިސްޓެއް އޮތް ކަން ހާމަކުރި އެވެ. އޭގެތެރެއިން އެންމެ އިސްކަންދީގެން ބަލަން ޖެހޭ މައްސަލަތަކުގެ ތަރުތީބެއް އެކުލަވާލާފައިވާ ކަމަށް ތަހުގީގީ އިދާރާތަކުން ބުންޏެވެ.

ތަހުގީގީ އިދާރާތަކުގެ ލިސްޓުގައި މަޖިލީހުގެ ކުރީގެ 44 މެމްބަރުންނާއި މިހާރުގެ 16 މެމްބަރުންނާއި ސަރުކާރުގައި މިހާރު ވެސް ހިމެނޭ ހަތް ބޭފުޅުންނާއި ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުންނާއި ފަސް ފަނޑިޔާރުންގެ އިތުރުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ހަތް އޮފިސަރުން ހިމެނިވަޑައިގަންނަވަ އެވެ.

ހިޔާނާތުގެ ތަހުގީގު ލަސްވެފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. ހިޔާނާތުން މަންފާވި ލިސްޓު ހޯދަން ވެސް ތަހުގީގީ އިދާރާތަކުގައި ވަނީ އެދިފަ އެވެ.

މަޖިލީހުން ކަމާބެހޭ އިދާރާތަކުގައި މިގޮތަށް އެދުނީ، އެމްއެމްޕީއާރުސީގެ ހިޔާނާތް ނުފޮރުވޭނެ ކަމަށާއި ބާރާއި ނުފޫޒު ގަދަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަސް، ވަޒީރުންނާއި އަމީރެއް ވިޔަސް ރައްޔިތުންނަށް ފަޅާއަރުވާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވާފައި ވަނިކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox