ވެންޓިލޭޓަރު އެއްބަސްވުން ބާތިލްކުރަން އެގްޒެކިއުޓާސްއަށް ނޯޓިސް ދީފި

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ރިފްއަތު ވާހަކަ ދައްކަވަނީ: ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލްއާ އެކު ވީ އެއްބަސްވުން އުވާލަން ވަނީ ނޯޓިސް ފޮނުވާފައި. -- ފޮޓޯ / މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ރިފްއަތު ވާހަކަ ދައްކަވަނީ: ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލްއާ އެކު ވީ އެއްބަސްވުން އުވާލަން ވަނީ ނޯޓިސް ފޮނުވާފައި. -- ފޮޓޯ / މަޖިލިސް

ކޮވިޑުގެ ފަރުވާއަށް 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ އެކު ވީ އެއްބަސްވުން ބާތިލްކުރަން އެ ކުންފުންޏަށް ނޯޓިސް ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އެއްބަސްވުން އުވާލަން ހެލްތު މިނިސްޓްރީން އެގްޒެކިއުޓާސްއަށް ނޯޓިސް ފޮނުވީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން އެޕްރީލް، 2، 2020 ގައި އެ ކުންފުންޏާ އެކު ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ހޯދަން އެއްބަސްވެފައިވީ ނަމަވެސް މިހާތަނަށް ރާއްޖެ ފޮނުވީ ޖުމްލަ 15 ވެންޓިލޭޓަރެވެ. އެތައް މުއާމަލާތްތަކަކަށް ފަހު ވެސް ބާކީ 60 ވެންޓިލޭޓަރު އެ ކުންފުނިން ނުފޮނުވި އެވެ.

ވެންޓިލޭޓަރު ހޯދަން އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވީ 34 މިލިއަން ރުފިޔާ އަށެވެ. މީގެތެރެއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ބޭންކް ގެރެންޓީއަކާ ނުލައި އެޑްވާންސްގެ ގޮތުގައި ވަނީ ދޫކޮށްފަ އެވެ. މިއީ ގޯސްކޮށް ހިންގާފައިވާ މުއާމަލާތެއް ކަން އޮޑިޓް ރިޕޯޓުގައި ވަނިކޮށް އޭސީސީން މި މައްސަލަ ތަހުގީގުކޮށް ހިޔާނާތް ހިންގާފައިވާ ކަމުގެ ތުހުމަތުތަކާ އެކު ދައުވާ އުފުލައިދޭން ވެސް އެދުނެވެ. އެ ތަހުގީގުގައި ބައެއް ކަންކަން ފުރިހަމަކުރަން ޕީޖީ އޮފީހުން ވަނީ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވައިފަ އެވެ.

އެއްބަސްވީ 29 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ފޮނުވަން

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި އެގްޒެކިއުޓާސް އާއި ހެލްތު މިނިސްޓްރީއާ ދެމެދު އެއްބަސްވެފައި އޮތީ އެޑްވާންސް ޕޭމަންޓް ދައްކާތާ 29 ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދޭށެވެ. މި މުއްދަތުގައި ވެންޓިލޭޓަރުތައް ފޯރުކޮށްނުދީފި ނަަމަ ބާތިލްކުރެވޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

"އެއްބަސްވުން ބާތިލްކުރާ ދުވަހާ ހަމައަށް މުދާ ފޯރުކޮށްދީފައި ނުވާ ނަމަ އެ މުދާ ފޯރުކޮށްދިނުމަށް އެހާ ތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދޭންވާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ،" އޭޖީ އޮފީހުން ބުންޏެވެ.

އެގްޒެކިއުޓާސް އަށް އެޑްވާންސްކޮށް ދެއްކި ފައިސާ އާއި އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްނުދިނުމުން ލިބިފައިވާ ގެއްލުމުގެ ބަދަލު ސަރުކާރަށް ނުދައްކައިފި ނަމަ އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅަން ވަނީ ނިންމައިފަ އެވެ.

މި އާބިޓްރޭޝަން ހިންގަން ނިންމާފައި ވަނީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގަ އެވެ. އެއްބަސްވުމުގައިވާ ގޮތުން މައްސަލަ ބަލާނީ 1 އާބިޓްރޭޓަރެވެ. އެއީ، ރާއްޖެ އިން ބޭރުގެ ތަޖުރިބާކާރު އާބިޓްރޭޓަރެއް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ ރާއްޖެ އާއި ޔޫއޭއީ އަކީ "ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް، ނިއުޔޯކް ކޮންވެންޝަންގެ ބައިވެރިން ކަމަށެވެ. އެ މުއާހަދާގައި 168 ގައުމަކުން ބައިވެރިވެފައިވެ އެވެ.

މިއިން ކޮންމެ ގައުމެއްގައި ނަމަވެސް ހިންގާ އާބިޓްރޭޝަނަލުން ނިންމާ ނިންމުމެއް އެ މުއާހަދާގެ އެހެން މެމްބަރު ގައުމެއްގައި ތަންފީޒުކުރެވޭ ކަން އޭޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.

ވެންޓިލޭޓަރުތައް ނުލިބި އެއްބަސްވުން ބާތިލްކުރަން ޖެހުނުއިރު، މިކަމުގައި ހިޔާނާތް ހިންގި ކަމުގެ ތުހުމަތުގައި އޭސީސީން ދައުވާކުރަން ފޮނުވީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ގޮތުން އެ މިނިސްޓްރީގެ މީހެއްގެ މައްޗަށެވެ. އޭސީސީން ބުނެފައިވާ ގޮތުގައި، ދައުވާ ކުރަން ފޮނުވީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފުވެ، ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ތަހުގީގަށް ސާބިތުވާތީ އެވެ. އެކަމަކު ޕީޖީ އޮފީހުން ބުނެފައި ވަނީ ދައުވާކުރެވޭ ވަރަށް އަދި ހެކި ނެތް ކަމަށާއި ފާހަގަކޮށްފައި ހުރީ އިދާރީ މައްސަލަތަކެއް ކަމަށެވެ.

އެކަމަކު ދައުވާ ނުކުރަން ނިންމި ނިންމުން އިޔާދަކޮށް، ވެންޓިލޭޓަރު އެއްބަސްވުމުގެ މައްސަަލަ އާއި ފައިސާ ދައުރުވި ގޮތް ބަލަން ވަނީ އޭސީސީގައި އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox