އެފްއޭއެމް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މެދުކަނޑާލައިފި

ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ޓީނޭޖް ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: ލީފް ފޮޓޯސް/ ފޭސްބުކް

ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ޓީނޭޖް ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: ލީފް ފޮޓޯސް/ ފޭސްބުކް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ އިއުލާނުކުރި ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން އެފްއޭއެމުން މިހާރު ކުރިއަށްގެންދާ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މެދުކަނލަން ނިންމައިފި އެވެ.

އެޗްޕީއޭ އިން ކުޅިވަރު މުބާރާތްތައް މި ވަގުތު ނުބާއްވަން އެންގީ މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް މި ދުވަސްވަރު ރެކޯޑް އަދަދަކަށް އިތުރުވަމުންދާތީ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "އަދަދު" އަށް ވިދާޅުވީ މި ވަގުތު ހާލަތަށް ބަލާފައި ތިން ވަނަ ޑިވިޝަން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

ތިން ވަނަ ޑިވިޝަން މެދުކަނޑާލަން މިއަދު ނިންމިއިރު، މިރޭ އެ މުބާރާތުގައި ޓެންޓް ސްޕޯޓްސް ކްލަބާއި ތުޅާދޫ އެވެންޗާސް ސްޕޯޓްސް ކުޅޭ މެޗު އޮތީ ޝެޑިއުލްކޮށްފަ އެވެ.

ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އެންމެ ފުރަތަމަ ޝެޑިއުލް ކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެކަމަކު މުބާރާތް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް ފަސްކުރަން ޖެހުނީ ކޮވިޑް-19ގެ ކޭސްތައް މާލެ ސަރަހައްދުގައި ގިނަވާތީ އެޗްޕީއޭގެ އެންގުމަށް ކުޅިވަރު ހަރަކާތްތައް ހުއްޓާލަން ޖެހުމުންނެވެ. ކްލަބްތަކުން ކުރިމަތިލާން ޖެހުނު ބޮޑެތި ގޮންޖެހުންތަކަށް ފަހު މުބާރާތް އަލުން ފެށުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. ސާދަ ޓީމާ އެކު ކުރިއަށްދާ މި މުބާރާތުގައި މިހާތަނަށް 12 މެޗެއް ވަނީ ކުޅެފަ އެވެ.

މުބާރާތުގެ ފޯމެޓް މި ވަގުތު އޮތްގޮތަށް ބަލާއިރު، ފުރަތަމަ ދެ ގްރޫޕްގައި ހަތަރު ޓީމު ހިމެނޭނެ އެވެ. އަދި ދެން އޮތް ދެ ގްރޫޕްގައި ހިމެނޭނީ ތިން ޓީމެވެ. ކޮންމެ ގްރޫޕަކުން ވެސް ދެ ޓީމު ކުއާޓާ ފައިނަލަށް ހޮވޭނެ އެވެ. މިހާތަނަށް ކުޅުނު މެޗުތަކުން ބައެއް ޓީމުތައް ވަނީ ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފަ އެވެ.

ކޮވިޑް-19ގެ ސަބަބުން އަވަހަށް ސީޒަން ނިންމާލަން ޖެހޭތީ މިދިޔަ ސީޒަނުގައި ތިން ވަނަ ޑިވިޝަން ނުބާއްވަ އެވެ. އެހެންވެ މި ފަހަރުގެ ތިން ވަނަ ޑިވިޝަން އަވަހަށް ބާއްވަން ނިންމީ ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓްވާނެ ހަތަރު ޓީމެއް ކަނޑައެޅުމަށެވެ. އެފްއޭއެމުން މީގެ ކުރިން ބުނީ ތިން ވަނަ ޑިވިޝަން ނިމުމުން އެކަށީގެންވާ މުއްދަތެއް ދިނުމަށް ފަހު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ވެސް ފަށާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox