އެކްގެ ޓީމު ވަރުގަދަވެއްޖެ، ކްރޮއެންކާ އާސެނަލް ވިއްކާލަނީ؟

May 4, 2021, 6:00 AM
އާސެނަލްގެ ވެރިޔާ ކްރޮއެންކާ: އޭނާ އަންނަނީ އާސެނަލް ވިއްކާލުމާ މެދު ވިސްނަމުން.-- ފޮޓޯ: އާސެނަލް

އާސެނަލްގެ ވެރިޔާ ކްރޮއެންކާ: އޭނާ އަންނަނީ އާސެނަލް ވިއްކާލުމާ މެދު ވިސްނަމުން.-- ފޮޓޯ: އާސެނަލް

ލަންޑަން (މެއި 4) - އާސެނަލްގެ ލެޖެންޑުންތަކަކާ ގުޅިގެން ސްޕޮޓިފައިގެ ފައުންޑާ ސްވިޑެންގެ ބިލިއަނަރު ޑެނިއަލް އެކް އާސެނަލް ގަންނަން ކުރާ މަސައްކަތް ވަރަށް ބޮޑަށް ވައިގައި ހިފާފައިވާއިރު، އާސެނަލްގެ ވެރިޔާ ސްޓޭން ކްރޮއެންކާ އެ ކްލަބް ވިއްކާލުމާ މެދު ވިސްނަން ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އާސެނަލް ގަންނަން ޝައުގުވެރިވާކަން އެކް ފުރަތަމަ އިއުލާނުކުރީ ޓްވިޓާގަ އެވެ. ފަހުން ކްލަބްގެ ސަޕޯޓަރުންގެ ތާއީދު އެކަމަށް އޮތް ކަމަށް އެނގުމުން އެކް ދެން ވިސްނީ ކްލަބްގެ ލެޖެންޑުންގެ ތާއީދު ހޯދުމަށެވެ. އެގޮތުން އާސެނަލްގެ ތާރީހުގައި މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ ތިއަރީ އޮންރީ އާއި ޑެނިސް ބާކެމްޕް އަދި ޕެޓްރިކް ވިއޭރާއާ ބައްދަލުކޮށް އެކް ވަނީ އޭނާގެ ޕްރޮޕޯސަލްތައް ހުށަހަޅައިފަ އެވެ.

އޮންރީ އާއި ބާކެމްޕް އަދި ވިއޭރާ އަށް އެކްގެ ފަރާތުން އެންމެ ބޮޑަށް ކަމުދިޔަ ސިފަ އަކީ ކްލަބްގެ ސަޕޯޓަރުން އެދޭ ގޮތަކަށް ކްލަބް ރިފޯމްކުރަން އެކް ވެސް ބޭނުންވުމެވެ. އެކް އަކީ އާސެނަލްގެ ސަޕޯޓަރަކަށްވާތީ ސަޕޯޓަރުންގެ އިހުސާސްތައް ހުންނަ ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށް އޭނާ ވަނީ ސްވިޑެންގެ ނޫހަަކަށް އިންޓަވިއު ދީފަ އެވެ.

ސްޕޮޓިފައިގެ އިވެންޓެއްގެ ތެރެއިން އެކް.--

"އެކްއާ އެކު އާސެނަލްގެ އަސްލު ޑީއެންއޭ ފެންނާނެ. އެ ޔަގީންކަން އަހަރެމެންނަށް އެބައޮތް،" އޮންރީ ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއްގައި ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން އެކް އާސެނަލް ގަންނަން ކުރާ މަސައްކަތުގައި ބައިވެރިވާން އިތުރު ކުޅުންތެރިން ވަނީ ނިންމައިފަ އެވެ.

އާސެނަލްގެ ސަޕޯޓަރުން ކްރޮއެންކާއާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުން އަންނަތާ ހަތަރު ވަރަަކަށް އަހަރު ވެއްޖެ އެވެ. އެކަމަކު މި ފަހަރު ހާލަތު ތަފާތެވެ. އެެއީ މައްސަލަ ބޮޑުވެފައިވާ ޔޫރަޕިއަން ސުޕަ ލީގުގައި އާސެނަލުން ބައިވެރިވާން ކްރޮއެންކާ ކުޅެފައިވާ ރޯލުގެ ސަބަބުންނެވެ. ފާއިތުވި އަހަރުތަކުގައި އާސެނަލްގެ ނަތީޖާތައް ދަށްވަމުން އަންނަ އެންމެ ބޮޑު ސަބަބަކީ ކްރޮއެންކާ އެ ކްލަބްގެ ކުރިމަގަށް ބަލައި އިންވެސްޓްކުރަން ދެކޮޅު ހަދާތީ ކަމަށް އާސެނަލް ސަޕޯޓަރުން ބުނެ އެވެ.

އެމެރިކާގެ ވިޔަފާރި ހަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ކްރޮއެންކާ މިދިޔަ ދުވަސްތަކުގައި ވަނީ އާސެނަލް ވިއްކާލުމާ ބެހޭ މަޝްވަރާތަކެއް ކޮށްފަ އެވެ. އެ ގޮތުން ކްރޮއެންކާ އެންމެ ފުރަތަމަ އާސެނަލް ވިއްކާލަން ކީ 1.7 ބިލިއަން ޕައުންޑަށެވެ. އެކަމަކު އާސެނަލްގެ ބައެއް ކަހަލަ ލޯންތަކަކާ އެކު އެ އަދަދު ދެ ބިލިއަން ޕައުންޑަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ދާދި ފަހުން އެކް ވަނީ އާސެނަލް ގަންނަން އޭނާ ވަކި ފަންޑެއް އެކުލަވާލާފައިވާ ކަމަށް ބުނެފަ އެވެ. އެކްގެ އަމިއްލަ މިލްކިއްޔާތުގައި 3.4 ބިލިއަން ޕައުންޑް (4.7 ބިލިއަން ޑޮލަރު) އެބަހުއްޓެވެ.

ކްރޮއެންކާގެ ކޭއެސްއީ އިން އެންމެ ފުރަތަމަ އާސެނަލްގެ ހިއްސާ ގަތީ 2007 ވަނަ އަހަރު އެވެ. އެ އަށް ފަހު 2011 ވަަނަ އަހަރު މެޖޯރިޓީ ހިއްސާދާރަކަށްވި އެވެ. އޭރު ކްރޮއެންކާ އާސެނަލްގެ އަގެއްގެ ގޮތުގައި މީޑިއާ އަށް ހާމަކުރީ 731 މިލިއަން ޕައުންޑްގަ އެވެ. ކްރޮއެންކާ އެއްކޮށް އާސެނަލް ގަތީ 2018 ވަަނަ އަހަރު އެވެ. އެންމެ ފަހުން ފޯބްސް އިން ނެރުނު އެންމެ އަގުބޮޑު ކްލަބްތަކުގެ ތެރެއިން އަށް ވަނައިގައި އޮތީ އާސެނަލް އެވެ. އެ ލިސްޓުގައިވާ ގޮތުން އާސެނަލްގެ އަގަކީ 2.8 ބިލިއަން ޕައުންޑް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox