"އެންމެން ކައިގެން" މާލޭން ބޭރަށް، މިއީ ގަދަ ޓީމެއް!

"އެންމެން ކައިގެން" މާލޭން ބޭރަށް، މިއީ ގަދަ ޓީމެއް!

ތަރާވީސް ނިމި، ގަޑިން 9:30 ވުމާއެކު ކާއެއްޗެހި ބަންދުކުރާ ކަރުދާހާއި ސާމާނުތައް ހިފައިގެން ޒުވާނުންތަކެއް ހެންވޭރު މުނިއުފާ ޔޫތު ސެންޓަރަށް ޖަމާވެ އެވެ. އެތަނުގެ ގޯތިތެރޭގައި ސަތަރި ދަމައިގެން ހަދާފައިވާ ނިވަލެއްގެ ދަށުގައި މޭޒުތަކެއް އަތުރާލައިގެން ކާއެއްޗެހީގެ އިންތިޒާރުގައި އެ ޒުވާނުން ތިބެ އެވެ. ކާއެއްޗެއް ހިފައިގެން މީހަކު އައުމުން އެމީހަކަށް ޝުކުރު އަދާކޮށްފައި ކޮތަޅު ހިފައިގެން ގޮސް އޭގައި ހުރި އެއްޗެއް ބަލައި ޗެކު ކުރުމަށްފަހު, މީހަކަށް އެއް އިރު ބަނޑުފުރައި ކެވޭ ވަރަށް ޕޯޝަން ބަހާލައި, ފަހަރަކު ކޮތަޅަކުން ބާވަތެއް ހިމަނައިގެން އަލުން އާ ޕާރުސަލް ތަކަކަށް ތައްޔާރުކުރެ އެވެ. އިރުކޮޅަކުން އެ ޕާރުސަލްތައް ހޯދަން ދިގު ކިޔޫއެއް އެތަނުގައި ދަމާލަ އެވެ. ގިނައީ ބިދޭސީ މަސައްކަތްތެރިންނެވެ. އެއާއެކު މި ސައިކަލް މިއަށްވުރެ ހަލުވިކޮށް ހިނގައިގަނެ އެވެ.

މިއީ މީގެ ދުވަސްކޮޅެއް ކުރިން ދިވެހި ދެ ޒުވާނަކު ރޯދަ މަހު ކެއުމުގެ އިސްރާފު ކުޑަކޮށް، ހާލުގައި އުޅޭ މީހުންގެ ސުފުރާތައް ފުރައިލަދިނުމަށް ވިސްނި ވިސްނުމެއްގެ ތެރެއިން ފެށުނު "އެންމެން ކައިގެން" ހަރަކާތް "ބިޒީ" ވެ، އަތޮޅު ތެރެއަށް ފުޅާވެގެން ދިޔަ ގޮތުގެ ވާހަކަ އެވެ.

Advertisement

އެ ހަރަކާތަށް 13 ވަރަކަށް ދުވަސް ވީއިރު، މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލެ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ވެސް މިކަން ހިނގައިގަނެފި އެވެ. އައްޑޫ އާއި ފުވައްމުލަކުގައި މި ހަރަކާތް ހިންގަނީ މައި ހަރަކާތުން އިންސްޕަޔާވެ، ހިތްޖެހިގެން އެ ރަށްތަކުން ޒުވާނުން އިސްނަގައިގެންނެވެ.

"ހަގީގަތުގައި އަޖުމަ ބަލައިލަން ފެށި ހަރަކާތެއް މިއީ. ހިއެއް ނުކުރަން މިހާ އަވަހަށް މީހުންގެ ތަރުހީބު ލިބި މާލޭން ބޭރަށް މީތި ފުޅާވެގެން ގޮސްދާނެއެކޭ. ފެށި އިރު އެވަރުގެ ޕްލޭނެއް ނުވެސް ނެތް،" އެންމެން ކައިގެން މޫވްމަންޓްގެ ކޯ ފައުންޑާ ޝައްމަ ގައްޔޫމް ބުންޏެވެ.

ރޯދަ މަހާއެކު ކާތަކެތި ގިނައިން އިސްރާފުކުރަން ޖެހޭ ވާހަކަ އަކީ ގިނައިން ދެކެވޭ ވާހަކަ އެކެވެ. ޝައްމަ އާއި އޭނާގެ ޓީމުން ފެށި މި ހަރަކާތުން ހިތްވަރު ދެނީ، ގޭގައި ހަދާ ކާތަކެތިން ނުކެވި ބާކީވާ ކާއެތިކޮޅު އުކާ ލުމުގެ ބަދަލުގައި ރައްކާތެރިކަމާ އެކު ޕެކު ކޮށްގެން ގެނެސް، އެމީހުންނާ ހަވާލު ކުރުމަށެވެ. އޭރުން އެ ކާތަކެތި ހާލުގައި ތިބި މީހުންނާއި ކާއެއްޗިއްސަށް ބޭނުންޖެހިފައި ތިބި މީހުންނަށް ރައްކާތެރިކަމާ އެކު އެ ޓީމުން ފޯރުކޮށްދޭނެ އެވެ.

ރޯދަމަހުގެ ދިހަ ވަނަ ދުވަހުން ފެށިގެން ޝައްމަ އާއި އޭނާގެ ޓީމުން ރޭގަނޑުގެ ބޮޑު ބައެއް ހޭދަކުރަނީ މި މަސައްކަތުގައި މީހުންނަށް އެހީތެރިވުމުގަ އެވެ. އެ ހަރަކާތުގެ ތެރޭގައި މުޅިން ވެސް އުޅެނީ އަމިއްލަޔަށް އިސްވެގެން އެހީވާން އަންނަ ޒުވާން ކުދިން ތަކެކެވެ.

އެންމެން ކައިގެން ހަރަކާތުގެ މާލެ އޭރިއާގެ ބައެއް ވޮލަންޓިއަރުން
އެންމެން ކައިގެން ހަރަކާތުގެ މާލެ އޭރިއާގެ ބައެއް ވޮލަންޓިއަރުން

އެންމެން ކައިގެން ހަރަކާތުގެ މާލެ އޭރިއާގެ ބައެއް ވޮލަންޓިއަރުން

"ވަރަށް އުފާވޭ ބަރަކާތްތެރި މަހަކަށް މި މަސް ވެފައި، މިކަހަލަ ޕްލެޓްފޯމެއްގެ ތެރެއިން މީހުންނަށް އެހީތެރިކަމެއް ފޯރުކޮށްދެވޭތީ. ގޭގައި ނުވަތަ ބޭރު ތެރޭގައި ފޫހި ފިލުވަން އުޅުމުގެ ބަދަލުގައި މިކަހަލަ ކަމެއްގައި އުޅެލެވުމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑު. އެހެންވީމަ ވަރަށް އުފަލުން މިކަން މި ކުރަނީ،" "އެންމެން ކައިގެން" މާލެ ހަރަކާތުގައި ދެވަނަ ރެއިން ފެށިގެން ވޮލަންޓިއަރަކަށް އުޅޭ ހުސައިން މުއާން ބުންޏެވެ.

މުއާން އެތަނަށް އަންނަނީ އޭނާއަށް ވީ ވަރަކުން ގެނެވެން ތިބި ހުރިހާ ރައްޓެހިން ގޮވައިގެންނެވެ. އޭނާ ދެކޭ ގޮތުގައި މުޖުތަމައަށް ފައިދާކުރާ މަސައްކަތްތަކުގައި ޒުވާނުން ނިކުތް ވަރަކަށް މުޖުތަމައު އިން ހެޔޮ ބަދަލު ފެންނާނެ އެވެ. ފައިދާހުރި ކަންކަމުގައި މީހުންގެ ސަޕޯޓު ވެސް ލިބޭނެ އެވެ.

"މި ހަރަކާތް ފެށީމަ އަޅުގަނޑަށް ގަބޫލުކުރެވުނީ ރޯދަމަހުގެ އިސްރާފު ކުޑަކުރެވޭނެ ގޮތްތައް އެބަ ހުރިކަން. މީހުންނަށް ބޭނުންވީ ކުޑަ އެހީއެއް. ޕްލެޓްފޯމެއް ލިބުމާއެކު އެތައް ބަޔަކު އެބަ އާދޭ ގަވާއިދުން ގޭގައި ބާކީވާ ކާއެއްޗެހި އުކާނުލައި ހިފައިގެން މިތަނަށް،" އެހީގެ މި ހަރަކާތަށް ލިބޭ ތަރުހީބުން އުފާވެ، ހިތް ފުރިފައި ހުރި ޝައްމަ ބުންޏެވެ.

ވިލިނގިލީގައި ބަހައްޓާފައި ހުރި "އެންމެން ކައިގެން" ހަރަކާތުގެ މޭޒު: މި ހަރަކާތް މާލޭގެ އިތުރުން އައްޑޫ އާއި ފުވައްމުލަކުގައި ވެސް ވަނީ ފަށާފައި
ވިލިނގިލީގައި ބަހައްޓާފައި ހުރި "އެންމެން ކައިގެން" ހަރަކާތުގެ މޭޒު: މި ހަރަކާތް މާލޭގެ އިތުރުން އައްޑޫ އާއި ފުވައްމުލަކުގައި ވެސް ވަނީ ފަށާފައި

ވިލިނގިލީގައި ބަހައްޓާފައި ހުރި "އެންމެން ކައިގެން" ހަރަކާތުގެ މޭޒު: މި ހަރަކާތް މާލޭގެ އިތުރުން އައްޑޫ އާއި ފުވައްމުލަކުގައި ވެސް ވަނީ ފަށާފައި

އޭނާ ބުނީ، އެތަނަށް މިހާތަނަށް ގެނައި އެއްވެސް އެއްޗެއް ގިނަވެގެން އުކާލަން ނުޖެހޭ ކަމަށެވެ. ބޭނުން ޖެހިފައި ތިބި މީހުންނަށް ދިނުމަށް ފަހު ބާކީވެފައި ހުރެއްޖެނަމަ، އެ ތަކެތި މަސްވެރިންގެ ޕާކު ފަދަ މައިދާންތަކަށް ގެންގޮސް ބަހާލަނީ ކަމަށެވެ.

އެހެންވީމަ މަދު ޒުވާނުންތަކެއް ފެށި މި އާދަޔާ ހިލާފު ހަރަކާތް ވަރަށް ކާމިޔާބެވެ. އެއިން އެތައް ބަޔަކަށް ހިތްހަމަޖެހުން ގެނުވައިދީ އެތައް ބައެއްގެ ބަނޑު ފުރާލަދީފި އެވެ. ޝައްމަ ބުނި ގޮތުގައި މިހާތަނަށް އައި އިރު ހަރަކާތުގެ އަސްލު މަގްސަދު ވަރަށް ބޮޑަށް ހާސިލް ވެއްޖެ ކަމަށެވެ.

އެކަމަކު، މާލޭގައި ކޮވިޑް ކޭސްތައް އިތުރުވެ، އެއްވެ އުޅުން ރައްކާތެރި ގޮތެއް ކަމުގައި ނުވާތީ "އެންމެން ކައިގެން" ޓީމުން ވަނީ މިރެއިން ފެށިގެން މާލެ ސަރަހައްދުގައި ކާބޯތަކެތި ފޯރުކޮށްދޭ ގޮތަށް ބަދަލު ގެނެސްފަ އެވެ. އެގޮތުން ގޭގެއިން އިތުރުވާ ބައި ނެގުމުގެ ބަދަލުގައި ޕެކޭޖް ބޭނުންޖެހިފައިވާ މީހުންނަށް ދެން ކާއެއްޗެހި ގެންގޮސްދޭނީ އެޓީމުގެ މެންބަރުންނެވެ.

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox