އެކުވެނި އައުޓް ޑޯ ބާސްކެޓް ކޯޓު ބަންދުކުރުމުން ބޮޑު ގެއްލުމެއް

May 3, 2021, 6:06 AM
އެކުވެނި އައުޓް ޑޯ ބާސްކެޓްބޯޅަ ކޯޓުގައި ޓްރެއިނިންއެއް ކުރިއަށްދަނީ.-- ފޮޓޯ: ބާސްކެޓްބޯލް ސްޓާސް އެކެޑަމީ/ ފޭސްބުކް

އެކުވެނި އައުޓް ޑޯ ބާސްކެޓްބޯޅަ ކޯޓުގައި ޓްރެއިނިންއެއް ކުރިއަށްދަނީ.-- ފޮޓޯ: ބާސްކެޓްބޯލް ސްޓާސް އެކެޑަމީ/ ފޭސްބުކް

ބާސްކެޓްބޯޅަ އެކެޑަމީތަކާއި ކްލަބްތަކުގެ ޕްރެކްޓިސް ކުރިއަށްގެންދާ ކުޅިވަރު އެކުވެނި އައުޓް ޑޯ ބާސްކެޓް ކޯޓު ބަންދުކުރުމުން ކުޅުންތެރިންނާއި ކްލަބްތަކަށް ބޮޑު ގެއްލުންތަކެއް ކުރިމަތިވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމަށް އިއްޔެ ވަނީ ބާސްކެޓްބޯޅަ ކޯޓުގައި ބަންދު ބޯޑު އަޅުވައިފަ އެވެ. އެކަމާ މެދު އެންމެ ފުރަތަމަ ހިތްހަމަ ނުޖެހުން ފާޅުކުރެއްވީ ދާދި ފަހުން ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭ)ގެ ރައީސް ކަމަށް އިންތިހާބުވި އަހުމަދު އާދަމް (އެޑަމް) އެވެ.

އާދަމް އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ މިއީ އެކުވެނީގައި ބާސްކެޓް ކޯޓު އެޅި ފަހުން މި ގޮތަށް ބަންދުކުރި ފުރަތަމަ ފަހަރު ކަމަށެވެ.

"މިދިޔަ އަހަރު ވެސް އެންގީމައި މަޑުމަޑުން ގޭގައިތިބީ. އެހެނަސް މިހެން ބަންދު ބޯޑު އެޅުވުމުން އެ ހުއްޓުވެނީ ކިތަށް މީހުންގެ އާމްދަނީތޯ،" އާދަމް ސުވާލުކުރެއްވި އެވެ.

"ކެމްޕޭން އޯކޭ. ތޮށްޖެހިގެން އެހެން ކަންތައް އޯކޭ. އާންމުނަށް ނުފެންނަ ގޮތަށް ހުންނަ ހޯލްތަކުގައި މުބާރާތްތަށް އޯކޭ. ތޮށްޖެހިގެން ގޮސް ދުވާޓްރެކް ދުވުން އޯކޭ. އެންމެ ރަނގަޅު ދޯ އަހާލަން ބަލާލަން ކުޅެން އަންނަ ކުއްޖެއް ޕޮޒިޓިވްވިތޯ ކޯޗެއް ޕޮޒިިޓިވްވިތޯ،"

އެކުވެނި ބާސްކެޓްބޯލް ކޯޓުގައި ބަންދު ނޯޓިސް ހަރުކޮށްފައި.

ގިނަ ބާސްކެޓްބޯޅަ އެކެޑަމީތަކެއް ޓްރެއިނިން ކުރިއަށްގެންދާ ތަނަކީ އެކުވެނި އައުޓް ޑޯ ކޯޓެވެ. ބާސްކެޓްބޯޅަ ބައެއް ކޯޗުންގެ އާމްދަނީ ބަރޯސާވެފައި އޮންނަނީ އެކެޑަމީގެ މަސައްކަތަށެވެ. ލޮކްޑައުންގެ ސަބަބުން މިދިޔަ އަހަރު އެ މަސައްކަތް ހުއްޓިފައި އޮތުމުން މާލީ ގޮތުން ބޮޑު ގެއްލުމެއް ކުރިމަތިވި އެވެ. އަދި ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ރެކޯޑް މިންވަރަށް އިތުރުވާތީ އެކުވެނި ބާސްކެޓް ކޯޓު ބަންދުކުރުމާ ގުޅިގެން އަނެއްކާ ވެސް އެކެޑަމީތައް ހިންގާ ފަރާތްތަކަށް ބޮޑު ގެއްލުމެއްވާނެ އެވެ.

"ބޭނުންވަނީ ކޮންމެ ކުޅިވަރަކަށް ވެސް މީގެ ހަމަހަމަ ފުރުސަތެއް އޮންނަން. ވަކި ކުޅިވަރަކަށް ވަކި ގޮތެއް ރަނގަޅެއް ނޫން،" ބާސްކެޓްބޯޅަ ކޯޗެއް "އަދަދު" އަށް ބުންޏެވެ.

ބާސްކެޓްބޯޅަ އައުޓް ޑޯ ކޯޓަކީ ބާސްކެޓްގެ ރަސްމީ ކްލަބްތައް ޕްރީ ސީޒަން މެޗުތައް ކުޅެން ވެސް ބޭނުންކުރަމުން އަންނަ ކޯޓެވެ. ކޯޓު ބަންދުކޮށްފައި އޮތުމުން ކްލަބްތަކުގެ ޕްރީ ސީޒަން ޓްރެއިނިން އަށް ވެސް ވަނީ ބުރޫއަރާފަ އެވެ. އެ ގޮތުން ކިންގްސް ބާސްކެޓްބޯލް ކްލަބާއި ސްޓިންގާސް ކުޅެން އޮތް ޕްރީ ސީޒަން މެޗެއް ވެސް ވަނީ ފަސްކުރަން ޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox