މެސީގެ ދެ ގޯލާއެކު ލީގުގެ ރޭހުގައި ބާސެލޯނާ އަށް މުހިއްމު މޮޅެއް

May 2, 2021, 9:30 PM
މެޗުގެ ތެރެއިން މެސީ ކޯނަރު ދަނޑިކައިރީގައި ހުއްޓިލައިގެން.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ތެރެއިން މެސީ ކޯނަރު ދަނޑިކައިރީގައި ހުއްޓިލައިގެން.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (މެއި 2) - ސްޕެނިޝް ލީގުގައި މިރޭ ލިއޮނަލް މެސީގެ ދެ ގޯލާ އެކު ބާސެލޯނާ އިން 3-2 އިން ވެލެންސިއާ ބަލިކޮށް ލީގުގެ ރޭހުގައި މުހިއްމު މޮޅެއް ހޯދައިފި އެވެ.

އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުތަކުން މޮޅުވުމުން މިރޭގެ މެޗަށް ނުކުތްއިރު މޮޅުވުމުގެ ޕްރެޝަރު ބާސެލޯނާ އަށް އޮތެވެ. ބާސެލޯނާ އިން ވަނީ މި މޮޅާ އެކު ލީގުގެ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. ލީގުގެ ރޭހުގައި ދެން އޮތް އެންމެ މުހިއްމު މެޗަކީ އަންނަ ހޮނިހިރު ދުވަހު އެތުލެޓިކޯ އާއި ބާސެލޯނާ ކުޅޭ މެޗެވެ.

އެއް ވަނައިގައި އޮތް އެތުލެޓިކޯ އަށް 34 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލާއި ތިން ވަނައިގައި އޮތް ބާސެލޯނާގެ އޮތީ 34 މެޗުން 74 ޕޮއިންޓެވެ. ރެއާލަށް ކުރި ލިބެނީ ހެޑް ޓު ހެޑް ގަވާއިދުންނެވެ. ހަތަރެއްގައި އޮތް ސެވިއްޔާ އަށް 33 މެޗުން ވަނީ 70 ޕޮއިންޓް ލިބިފަ އެވެ.

ވެލެންސިއާ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 50 ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގި އެވެ. ކޯނަރެއްގައި ކާލޯސް ސޮލާ ދިން ބޯޅައަކުން ގަބްރިއެލް ޕައުލިސްޓާ ވަނީ ބޮލުން ގޯލެއް ޖަހައިފަ އެވެ. ވެލެންސިއާ އަށް ލީޑު ހިފަހައްޓައިލެވުނީ ހަތް މިނިޓް އެވެ. މެސީ ވަނީ ބާސެލޯނާ އަށް އެއްވަރުކޮށްދީފަ އެވެ. މިއީ މެސީ ފޮނުވާލި ޕެނަލްޓީ ވެލެންސިއާގެ ކީޕަރު ޔެސްޕާ ސިލިސަން އަތުގައި ޖެހިފައި ރީބައުންސްވެގެން އައި ބޯޅައެއްގައި މެސީ ޖެހި ގޯލެކެވެ.

އޭގެ ހަ މިނިޓް ފަހުން އެންޓޮއިން ގްރީޒްމަން ވަނީ މެޗުގައި ފުރަތަމަ ފަަހަރަށް ބާސެލޯނާ އަށް ލީޑުނަގައިދީފަ އެވެ. މި ގޯލުގައި ބާސެލޯނާގެ ފްރެންކީ ޑި ޔޯންގެ ދައުރު ބޮޑެވެ. މެޗުގެ 69 ވަނަ މިނިޓްގައި މެސީ ވަނީ ހިލޭ ޖެހުމަކުން ގޯލެއް ޖަހައި ބާސެލޯނާގެ ލީޑުފުޅާކޮށްދީފަ އެވެ.

މެޗު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް ސޮލާ ވަނީ އޭރިއާބޭރުން ޖެހި ޝޮޓަކުން ގޯލެއް ކާމިޔާބުކޮށްފަ އެވެ. އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރަން ވެލެންސިއާ އިން މަސައްކަތްކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ.

ލީގުގައި އެންމެ ފަހުން ގްރަނާޑާ އަތުން ބާސެލޯނާ ބަލިވި މެޗުގައި ރަތް ކާޑު ދައްކައި ބެންޗުން ފޮނުވާލި ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ހުރީ ސަސްޕެންޝަނުގަ އެވެ. ބާސެލޯނާ އިން ވަނީ ކޫމަންގެ ސަސްޕެންޝަން އެޕީލްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox