ޔުނައިޓެޑް އަތުން މޮޅެއް ހޯދުން ނޫން ގޮތެއް ނެތް: ކްލޮޕް

May 2, 2021, 5:55 AM
ލިވަޕޫލްގެ ކޯޗު ކްލޮޕް (ކ) އާއި ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ.

ލިވަޕޫލްގެ ކޯޗު ކްލޮޕް (ކ) އާއި ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ.

މެންޗެސްޓާ (މެއި 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން މިހާރު ބޭނުންވާ އަމާޒަށް ވާސިލްވާން ބޭނުން ނަމަ މިރޭ ރަށުންބޭރުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅެއް ހޯދުން ނޫން ގޮތެއް ލިވަޕޫލަށް ނެތް ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން މި ވަގުތު ވާދަކުރަމުން އަންނަނީ ގަދަ ހަތަރެއްގެ ރޭހުގަ އެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީން ރޭ ހޯދި މޮޅާ އެކު އެ ޓީމާއި ލިވަޕޫލާ ދެމެދު އޮތް ފަރަގު ވަނީ ހަތް ޕޮއިންޓަށް ބޮޑުވެފަ އެވެ. ޗެލްސީ އަށް 34 މެޗުން 61 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 33 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑްގެ އޮތީ 33 މެޗުން 55 ޕޮއިންޓެވެ.

ލިވަޕޫލުން އެންމެ ފަހުން ޔުނައިޓެޑް ދަނޑުގައި މޮޅުވީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗު އެއްވަރުވިއިރު، ހަތަރު މެޗުން ލިވަޕޫލް ވީ ބައްޔެވެ. މި ފަަހަރު ލީގުގައި ލިވަޕޫލް ދަނޑުގައި 0-0 އިން އެއްވަރުވި ނަމަވެސް ޔުނައިޓެޑުން ވަނީ އެފްއޭ ކަޕްގައި އެ ޓީމު ދަނޑުގައި ކުޅުނު މެޗުން 3-2 އިން ލިވަޕޫލް އަތުން މޮޅުވެފަ އެވެ.

"މެޗުތަކަކުން މޮޅެއް ނުވެ އަހަރެމެންގެ ޓާގެޓް ކަމަށްވާ ޔޫރަޕްގެ ޖާގައެއް ހޯދުން އެއީ ނުވާނެ ކަމެއް. އެހެންވީމަ ޔުނައިޓެޑް އަތުން ވެސް މޮޅެއް ހޯދުން ނޫން ގޮތެއް އަހަރެމެންނަށް ނެތް. މި މެޗުން މޮޅެއް 100 ޕަސެންޓަށް ވުރެން ވެސް މުހިއްމު،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުންޏެވެ.

ޔުނައިޓެޑް އަތުން ލިވަޕޫލް މިރޭ މޮޅުވެއްޖެނަމަ ދަނޑު ބޭރުން އުފާކުރާނެ ޓީމަކީ މެންޗެސްޓާ ސިޓީ އެވެ. އެއީ އެ ޓީމަށް ބާކީ ހަތަރު މެޗު އޮއްވައި ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވޭނެތީ އެވެ.

ލިވަޕޫލް އަތުން ބަލިނުވެ ޔުނައިޓެޑުން މެޗު ނިންމާލައިފިނަމަ ލީގުގައި ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބަލިނުވެ ދަމަހައްޓާފައިވާ 14 މެޗުގެ ރެކޯޑާ އަލުން ހަމަކުރެވޭނެ އެވެ. ސޯލްޝެއާ އެ ރެކޯޑް ހެދީ މިދިޔަ ސީޒަނުގެ ފަހުކޮޅުގަ އެވެ.

ސިޓީން ރޭ ވަނީ ލީގުގެ އެއް ވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ސިޓީ އަށް 34 މެޗުން 80 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑަށް 33 މެޗުން ވަނީ 67 ޕޮއިންޓް ލިބިފަ އެވެ.

ސޯލްޝެއާ ބުނީ އެކި ސަބަބުތަކާ ހުރެ ލިވަޕޫލަށް މި ސީޒަނުގައި ކުރިން ހޯދި ވަރަށް ޕޮއިންޓް ލިބިފައިނުވާ ކަމަށާއި ޔުނައިޓެޑްގެ އަމާޒަކީ މާ ބޮޑަށް ލިވަޕޫލާ މެދު ނުވިސްނައި މެޗުން މޮޅުވާން ކުރަން ޖެހޭ ކަންތައްތަކަށް ފޯކަސް ކުރުން ކަމަށެވެ.

"އަހަރެމެން މި ސީޒަނުގައި ވެސް ދެވުނު ވަރަކަށް ކުރިއަށް ގޮސްފައި އަންނަ ސީޒަނުގައި ޗެލެންޖަކަށް މި ބަލަނީ މަތީގައި އޮންނަ ޓީމަށް. މި ވަގުތު ސިޓީ އެ މަގާމުގައި އެ އޮތީ. ފަހަތުގައި އޮތީ ކޮން ޓީމެއް ތޯ ނުބަލައި އަހަރެމެން އަބަދުވެސް ޗެލެންޖް ކުރާނަން،" ސޯލްޝެއާ ބުންޏެވެ.

ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވާން އެންމެ ފުރަތަމަ ޔުނައިޓެޑްގެ ވެރިން ނިންމުމުން އެ ކްލަބްގެ ސަޕޯޓަރުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ޔުނައިޓެޑްގެ ސަޕޯޓަރުން އެ ޓީމުގެ ދަނޑު ބޭރުގައި ކްލަބްގެ ވެރިންނާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ އެއްވުންތަކުގެ ސަބަބުން މެޗެއް ނުކުޅެވިދާނެ ހާލަތަށް ކަންތައްތައް ދާނެ ކަމަށް ގަބޫލުުނުކުރެވޭ ކަމަށް ސޯލްޝެއާ ވަނީ ބުނެފަ އެވެ.

ޔުނައިޓެޑާއި ލިވަޕޫލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 20:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox