ލީޑެއް ލިބުނަސް ގަދަ ހަތަރެއްގެ ރޭސް ފަސޭހައެއް ނޫން: ޓުޗެލް

May 1, 2021, 7:35 PM
ލީޑެއް ލިބުނަސް ގަދަ ހަތަރެއްގެ ރޭސް ފަސޭހައެއް ނޫން: ޓުޗެލް

ލަންޑަން (މެއި 1) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފުލަމް އަތުން 2-0 އިން މޮޅުވެ ހަތަރު ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ލިބުނު ކަމުގައި ވިޔަސް ޗެލްސީ އަށް އަދި ގަދަ ހަތަރެއް ފަސޭހަނުވާނެ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޗެލްސީ ހަތަރު ވަނައިގައި އޮތީ 34 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ލިބިފައިވަނީ 33 މެޗުން 55 ޕޮއިންޓެވެ. ހަ ވަނައިގައި އޮތް ލިވަޕޫލަށް 33 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، ހަތް ވަނައިގައި އޮތް ޓޮޓެންހަމަށް ވަނީ 33 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ.

ސްޓެމްފޯޑް ބްރިޖުގައި މިރޭ ކުޅުނު މެޗުގައި ޗެލްސީން ފުރަތަމަ ހާފުގައި ލީޑުނެގީ ކައި ހަވާޓްޒް ޖެހި ގޯލުންނެވެ. މެޗުގެ 10 ވަނަ މިނިޓްގައި ހަވާޓްޒް މި ގޯލު ޖެހި އެ ޓީމުގެ މޭސަން މައުންޓް ދިން ބޯޅައަކުންނެވެ. ފުރަތަމަ ހާފުގައި ދެ ވަަނަ ގޯލެއް ޖަހަން ޗެލްސީން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އެކަމަކު ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ހަވާޓްޒް އިތުރު ގޯލެއް ޖެހި އެވެ. މިއީ ޓިމޯ ވާނާ ދިން ބޯޅައަކުން ހަވާޓްޒް ޖެހި ގޯލެކެވެ.

މެޗަށް ފަހު ޓުޗެލް ބުނީ މިއީ މި ވަގުތަށް ބަލާއިރު ވަރަށް މުހިއްމު މޮޅެއް ކަމަށާއި އެކަމަކު މިއީ ވަކި ކަމެއް ޔަގީންކުރެވޭނެ ނަތީޖާއެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.

"އަހަރެމެން މި އޮތީ ގަދަ ހަތަރެއްގައި މި ވަގުތަށް. ތެދެއް މި ތިން ޕޮއިންޓް އަހަރެމެންނަށް ވަރަށް މުހިއްމު. އެކަމަކު ވިސްނަން ޖެހޭ އަހަރެމެންނަށް އަދި ގަދަ ހަތަރެއް ޔަގީނެއް ނުވޭ. މިއީ ލީޑެއް. އަހަރެމެންނަށް ފަރުވާކުޑަކޮށްލެވެން ނެތް. ދެން ހުރި މެޗުތަކަށް ފޯކަސް ކުރަން ޖެހޭ،" މިދިޔަ ޖެނުއަރީ މަހު ޗެލްސީއާ ހަވާލުވެ ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ޓުޗެލް ބުންޏެވެ.

"މި ރޭސް (ގަދަ ހަތަރެއްގެ ރޭސް) އެއްވެސް ޓީމަކަށް ފަސޭހައެއް ނުވާނެ"

ރެލިގޭޝަނުގައި އޮތް ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ މައުންޓާއި ކީޕަރު އެޑޮއާޑް މެންޑީ އަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވި ނަމަވެސް ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗަށް އެ ދެ ކުޅުންތެރިން ފިޓްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox