އެމްޕީއެލްއިން ދެމުން އަންނަ ބަހުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރަނީ

މާލެއާ ހުޅުމާލެއާ ދޭތެރޭ ދަތުރުކުރާ އެމްޕީއެލްގެ ބަހެއް: އަންނަ މަހުން ފެށިގެން ގްރޭޓާ މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތް ދޭނީ އެމްޓީސީސީން -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާލެއާ ހުޅުމާލެއާ ދޭތެރޭ ދަތުރުކުރާ އެމްޕީއެލްގެ ބަހެއް: އަންނަ މަހުން ފެށިގެން ގްރޭޓާ މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތް ދޭނީ އެމްޓީސީސީން -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އެމްޕީއެލް އިން ދެމުން އައި ބަހުގެ ހިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލު ކުރަން ނިންމައިފި އެވެ.

އެކަން ކަށަވަރުކޮށް ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް "އަދަދު" އަށް ވިދާޅުވީ މިހާރު އެކަމާ ގުޅޭ ހުރިހާ މަޝްވަރާތަކެއް ނިމި، އަންނަ މަހުން ފެށިގެން އެމްޓީސީސީގެ ދަށަށް ބަހުގެ ހިދުމަތް ބަދަލުކުރެވިގެން ދާނެ ކަމަށެވެ.

މިހާރު އެމްޕީއެލްއިން ރާއްޖޭގެ ތިން ސަރަހައްދެއްގައި ބަހުގެ ހިދުމަތް ފޯރުކޮށް ދެ އެވެ. އެ ކުންފުނީގެ ޓްރާންސްޕޯޓް ލިންކުން ބަހުގެ ހިދުމަތް ދެނީ ގްރޭޓާ މާލެ، ލާމު އަތޮޅު އަދި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގަ އެވެ.

އެމްޕީއެލްއިން ބަހުގެ ހިދުމަތް ދޭން ފެށީ އެ ކުންފުނީގެ ޓްރާންސްޕޯޓް ޕޯޓްފޯލިއޯއެއް އުފައްދަން ކުރެވުނު މަސައްކަތުގެ ތެރެއިންނެވެ. ބަހުގެ ހިދުމަތުގެ އިތުރުން އައްޑޫ ސިޓީގައި ފެރީގެ ހިދުމަތް ދެމުން އަންނަނީ ވެސް އެމްޕީއެލްއިންނެވެ.

އެމްޓީސީސީގެ ދަށަށް މި ހިދުމަތް ބަދަލު ކުރެވުނަސް އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަން އާޒިމް ދެއްވި އެވެ.

އަދި އެ މުވައްޒަފުންނަށް ކުންފުނީގެ މުސާރައިގެ އޮނިގަނޑުގެ ތެރެއިން ކުރިން ލިބެމުން އައި މުސާރައާ އެއްވަރު ނުވަތަ އެއަށް ވުރެ ބޮޑު މުސާރައެއް ލިބޭނެ ކަަމަށް ވެސް ވިދާޅުވިި އެވެ.

އެމްޓީސީސީއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބަހުގެ ހިދުމަތް ދެމުން އަންނަ ޓްރާންސްޕޯޓަށް ހާއްސަ ކުރެވިގެން ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. މި ސަރަހައްދުތަކުގައި އެމްޓީސީސިން ހިދުމަތް ދޭން ފެށުމުން ރާއްޖޭގައި ބަހުގެ ހިދުމަތްދޭ ހުރިހާ ރަށެއްގައި އެ ހިދުމަތް ދޭނީ އެ ކުންފުނިންނެވެ.

މިހާރު އެ ކުންފުނިން އޮޕަރޭޓް ކުރަމުން އަންނަނީ ހުޅުމާލެ-ހުޅުލެ ބަސް ރޫޓް އަދި ހުޅުމާލޭގެ އެތެރޭގެ ރޫޓުތަކެވެ. ކައިރި މުސްތަގުބަލުގައި ހުޅުމާލެ ފޭސް-2 ހިމެނޭ ގޮތަށް މުޅި ގްރޭޓާ މާލެ ސަރަހައްދުގެ ބަހުގެ ހިދުމަތް އެމްޓީސީސީން ގުޅާލާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

Newsletter

Get the latest news delivered straight to your inbox