ދެ މުޒާހަރާއަކުން މަސައްކަތްތެރިންގެ މެސެޖް ސަރުކާރަށް!

މަސައްކަތްތެރިންގެ ހައްގުގައި ކަނޑުމަތީގައި އަޑުއުފުލަނީ: މި މުޒާހަރާގައި އެކި ދާއިރާތަކުގެ މަސައްކަތްތެރިން ބައިވެރިވި. -- ފޮޓޯ/ ސޯޝަލްމީޑިއާ

މަސައްކަތްތެރިންގެ ހައްގުގައި ކަނޑުމަތީގައި އަޑުއުފުލަނީ: މި މުޒާހަރާގައި އެކި ދާއިރާތަކުގެ މަސައްކަތްތެރިން ބައިވެރިވި. -- ފޮޓޯ/ ސޯޝަލްމީޑިއާ

މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހިތްހަމަޖެހޭ ފަދަ ބަދަލެއް، ވައުދުތަކުން މިހާތަނަށް ނުފެންނަ ކަމުގެ ކަންބޮޑުވުންފާޅުކޮށް، އޮނިގަނޑުތައް ފާސްކޮށް، ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރަ ނައްތާލަން ގޮވާލައި ދެ މުޒާހަރާއަކުން ސަރުކާރަށް މެސެޖް ދީފި އެވެ.

މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ސަރުކާރަށް އަޑުއިއްވަން އިއްޔެ ހަވީރާއި ރޭ މާލޭގައި ވަނީ އަޑުއުފުލައިފަ އެވެ. ފުރަތަމަ މުޒާހަރާ އޮތީ، މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތައް ގުޅިގެން ކަނޑުމަތީގަ އެވެ. މަސްވެރިންނާއި ދަނޑުވެރިންނާއި ޓީޗަރުންނާއި ސިއްހީ ހިދުމަތްތެރިން ފަދަ އެކި ދާއިރާތައް ތަމްސީލްކުރި މުޒާހަރާގައި، އެ ދާއިރާއަކުން ސަރުކާރަށް ދޭން ބޭނުންވާ މެސެޖުގެ ބެނާތައް ދޯނިތަކުގައި ވަނީ ދަމައިފަ އެވެ.

އިތުރު ގަޑި ނުދީ ތައުލީމީ ދާއިރާގެ މުވައްޒަފުން ލައްވައި މަސައްކަތް ނުކުރުވުމަށާއި ސިއްހީ ހިދުމަތްތެރިންގެ ފަންނީ އޮނިގަނޑެއް ނެތި މަސައްކަތް ކުރުވަމުންދާ މައްސަލަ އާއި މަސްވެރިންގެ ހައްގުތަކަށް އިހުމާލުވެފައި ވުން ފަދަ ޝަކުވާތައް އެ މުޒާހަރާގައި ކުރި އެވެ.

މާލޭގެ ރަަސްފަންނު ސަރަހައްދަށް އެއްވެ އަޑުއުފުލީ މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ނުބަލައި އިހުމާލުވަމުންދާ ކަމަށް ބުނެ އެވެ.

މި މުޒާހަރާ ހުއްޓުވަން ފުލުހުން ބާރުގެ ބޭނުންކޮށް، މީހުންގެ މޫނަށް އަމާޒުކޮށް ޕެޕަ ސްޕްރޭ ޖެހުމާއި އަނިޔާވާ ގޮތަށް ހައްޔަރުކުރުން ފަދަ ވީޑިއޯތައް ސޯޝަލްމީޑިއާގައި އާއްމުކޮށް ފުލުހުންނަށް ފާޑުކިއުން ވަނީ އަމާޒުކޮށްފަ އެވެ.

ރަސްފަންނުގައި މިރޭ ބޭއްވި މުޒާހާރާގެ ބައިވެރިންތަކެއް ހައްޔަރުކުރަން ފުލުހުން މަސައްކަތްކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

"ރައްކާތެރިކަމެއް ނެތް"

މަސްވެރިންނާއި ދަނޑުވެރިންނާއި ސިއްހީ ހިދުމަތްތެރިންނާއި ކޮންސްޓްރަކްޝަން ދާއިރާ ހިމެނޭގޮތުން ކަނޑުމަތީގައި ކުރި މުޒާހަރާގައި، އަޑުއުފުލީ ވަޒީފާގެ ރައްކާތެރި ކަމެއް ނެތް ކަމަށް ބުނެ އެވެ. އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރީ ސިއްހީ ދާއިރާގެ ހައްގުގައި މަސައްކަތްކުރާ އެމްއެޗްޕީޔޫންނެވެ.

އެ ޖަމިއްޔާ އިން ބުނިގޮތުގައި ބަލިމަޑުކަމުގެ ހާލަތުގައި ސިއްހީ ދާއިރާއިން ވަމުންދާ ގުރުބާނީ ފާހަގަކޮށް ހަމައެކަނި ޝުކުރު އަދާކޮށްލައި ފުއްދާލަނީ އެވެ. ސިއްހީ މަސަކަތްތެރިންގެ ތެރޭގައި ހިމެނޭ އެޓެންޑެންޓުން ދޮންނަކުނޑިތަކުގެ ތެރޭގައި އުޅޭ ހާލާއި ރޭޑިއޯގްރާފަރުން ރޭޑިއޭޝަން ސޭފްޓީ ކަވަރުނުވާ ހާލު މަސައްކަތް ކުރާ ގޮތާއި ނަރުހުން ޑަބަލް ޑިއުޓީގައި އުޅޭ ހާލާއި އަތޮޅު ތެރޭގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް އާލާތްތައް ނުލިބިގެން ޕްރެކްޓިސް ނުކުރެވިގެން އުޅޭ ހާލު ފެންނަ، އަޑުއިވޭ ބަޔަކު ނެތް ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

ސިއްހީ މަސައްކަތްތެރިން އެދިއެދި ތިބީ މުސާރަ އާއި އިނާޔަތް ރަނގަޅުވެ އިޖުތިމާއީ ރައްކާތެރިކަމެއް ކަށަވަރުވުން ކަމަށް އެ ޖަމިއްޔާ އިން ވާހަކަ ދެއްކި ފާތުމަތު ޒިމްނާ ވިދާޅުވި އެވެ.

"ޒަމާނުއްސުރެން އިވިއިވި ހުރި އަޑަކީ މި ހައްގުތައް ކަށަވަރު ނުވާ ކަން. އެހެނަސް އަޅުގަނޑުމެންނަށް ތަފާތު ވައުދުތައް، ބެނާތަކެއްގެ ސިފައިގައި ފެންނަމުންދޭ. މިއަދާ ހަމައަށް އައިއިރު މިއިން ވައުދެއް ފުދިފައިވާ ކަމުގެ އިހްސާސް އަޅުގަނޑުމެންނަކަށެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

އެމްއެޗްޕީޔޫން ގޮވާލީ ސިއްހީ ހިދުމަތްތެރިންގެ ހައްގުތައް ކަށަވަރުކުރަން ހުރިހާ ފަންތިއެއްގެ މީހުން ނުކުތުމަށެވެ.

"މައްސަލަތައް ނުބަލާ، ކުށްވެރިކުރަނީ އަނިޔާ ލިބޭ މީހާ"

މަސައްކަތު މާހައުލުގައި ދިމާވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގެ ކަންބޮޑުވުންފާޅުކޮށް އެއްވި މީހުންގެ ނުރުހުމަކީ މައްސަލަތައް ނުބެލުމާއި އިންސާފު ނުލިބުމެވެ. ތުހުމަތުކުރެވޭ މީހާ ހިމާޔަތްވުމުގެ ސަގާފަތެއް ރާއްޖޭގައި އުފެދިފައި އޮތުން ނުރައްކަލަށް ވެފައި އޮތް ކަމަށް ވެސް ބުންޏެވެ.

މަސައްކަތު މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ހައްލު ނުވާތީ ކަންބޮޑުވުންފާޅުކުރަން އެއްވި މީހުން އަޑުއުފުލަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އެއާއެކު ޖިންސީ ގޯނާކުރިމަތިވާ މީހާ ކުށްވެރިކޮށް، ލަދުގަންނަވާލުމަކީ މުޖުތަމައުގައި އާއްމު ކަމަކަށް ވެފައިވުމުގެ ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރަ މައްސަލަތަކާ ގުޅިގެން އަޑުއުފުލަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސީރިއަސް މި މައްސަލަތަކަށް ހައްލު ހޯދައިދީ ކުރިއަށް އޮތް ޖީލު ހިމާޔަތްކުރަން މުޒާހަރާގެ ބައިވެރިން ސަރުކާރަށް ގޮވާލި އެވެ. އެންމެން އެއް އަޑަކުން "ދައުލަތުގެ ވާޖިބު އަދާކުރުމަށާ"އި "ފަރުދީ ޒިންމާ އަދާކުރަން" ގޮވި އެވެ.

ޖެންޑާ މިނިސްޓްރީ އާއި އެފްސީޕީޑީ ރިފޯމްކޮށް، ޖަވާބުދާރީވާން ވާން ޖެހިފައިވާ ކަމަށާއި ރައްޔިތުންގެ ހައްގުގައި އެކަން ކުރަން ޖެހޭ ކަން މުޒާހަރާގެ ބައިވެރިން ސަރުކާރަށް ހަނދާންކޮށްދެމުން ދިޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox