އޮފީސް ކްރިކެޓް މުބާރާތުގެ ތަށި ކަސްޓަމްސް އަށް

Apr 30, 2021, 3:52 AM
ކަސްޓަމްސް ކުޅުންތެރިން އޮފީސް ކްރިކެޓް މުބާރާތުގެ ތަށި ހިފައިގެން.-- ފޮޓޯ: ސީބީއެމް

ކަސްޓަމްސް ކުޅުންތެރިން އޮފީސް ކްރިކެޓް މުބާރާތުގެ ތަށި ހިފައިގެން.-- ފޮޓޯ: ސީބީއެމް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ރޯދަ މަހު ކުރިއަށްގެންދާ ކްރިކެޓް ކާނިވަލުގެ އޮފީސް ތަކަށް ހާއްސަ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ޔޫތު މިނިސްޓްރީ ބަލިކޮށް ކަސްޓަމްސް ރެކްރިއޭޝަން ކުލަބުން އިއްޔެ ހޯދައިފި އެވެ.

ކުޅިވަރު އެކުވެނި ކްރިކެޓް ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު މެޗުން ކަސްޓަމްސް މޮޅުވީ ނުވަ ލަނޑުންނެވެ.

ޓޮސް ދިމާވީ ޔޫތު މިނިސްޓްރީ އަށެވެ. މިނިސްޓްރީން ނިންމީ ފީލްޑް ކުރާށެވެ. ކަސްޓަމްސް އިން ކުޅެން އަރައި އަށް އޯވަރު ނިމުނުއިރު ވަނީ 102 ލަނޑު އެއްކޮށްފަ އެވެ. ކަސްޓަމްސްގެ ތަޖުރިބާކާރު ބެޓްސްމަން މުހައްމަދު އާމިރް ވަނީ 20 ލަނޑު އެއްކޮށްފަ އެވެ. އެ ޓީމުގެ މުހައްމަދު ހައިކަލް ވެސް 20 ލަނޑު އެއްކުރިއިރު، އެ ޓީމުގެ އަހުމަދު ޝަރީފަށް އެއްކުރެވުނީ 14 ލަނޑެވެ.

މިނިސްޓްރީން ކުޅެން އަރައި އެ ޓީމުގެ ބަންގްލަދޭޝް ކުޅުންތެރިޔާ ސައިފުލް އިސްލާމް ވަނީ 19 ލަނޑު އެއްކޮށްފަ އެެވެ. ކަސްޓަމްސްގެ އާމިރާއި ޝަރީފް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނަަގައިފަ އެވެ. ފަހު އޯވަރަށް ދިޔައިރު މެޗުން މޮޅުވާން މިނިސްޓްރީ އަށް ބޭނުންވަނީ 18 ލަނޑެވެ. އިމާދު އިސްމާއިލް ވަރަށް ހިތްވަރުކުރި ނަމަވެސް މެޗުން މޮޅުވެވޭވަރަށް ލަނޑު އެއްނުކުރެވުނެވެ.

ފައިނަލުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ކަސްޓަމްސްގެ އާމިރު އެވެ. ބެސްޓް އޯލްރައުންޑާ ލިބުނީ މުބާރާތުގައި 102 ލަނޑު އެއްކޮށް ހަ ވިކެޓް ނަގައި 583 ޕޮއިންޓް ހޯދި ސައިފުލް އިސްލާމް އެވެ.

ހަ ޓީމު ވާދަކުރި އޮފީސް މުބާރާތުގެ ފައިނަލުން މިނިސްޓްރީ ފުރުސަތު ހޯދީ ސެމީގައި މަޖިލިސް ޓީމު ބަލިކޮށްފަ އެވެ. އަދި ކަސްޓަމްސް އިން ވަނީ ސެމީގައި ކްލަބް އިމިގްރޭޝަންގެ މައްޗަށް ކުރިހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox