ހައުސްވައިފް: މުސާރަ ނުލިބޭ، ބުރަ ވަޒީފާ!

ގޭތެރޭ މަސައްކަތް ކުރާ އަންހެނުންގެ ބުރަކަން ދައްކައިދޭ ކުރެހުމެއް. -- ގްރެފިކްސް: އަހުމަދު އިހުސާން

ގޭތެރޭ މަސައްކަތް ކުރާ އަންހެނުންގެ ބުރަކަން ދައްކައިދޭ ކުރެހުމެއް. -- ގްރެފިކްސް: އަހުމަދު އިހުސާން

ހަތަރު ދަރިންނާއި ފިރިމީހާ ވަޒީފާ އަށް ދިއުމުން ގޭތެރޭ ކަންކަން ބަލަހައްޓަނީ އަނބިމީހާ އެވެ. އައިމިނަތު ސަލީމް، 51، ގަބޫލުކުރާ ގޮތުގައި އެ ގޭގައި މުސާރަ ނުލިބޭ ހަމައެކަނި މީހަކީ އޭނާ ކަމަށް ވިޔަސް އެންމެ ބުރައީ އޭނާ އަށެވެ. ވަޒީފާއަށް ދާ އެ ގޭ ކޮންމެ މީހަކަށް އޮފް ދުވަސް ލިބުނު ނަމަވެސް އޭނާއަށް ލިބޭ އޮފް ދުވަހެއް ނާންނާތީ އެވެ.

"އެންމެ ދުވަހެއް ވެސް ނުދާނެ އެއްޗެހި ނުދޮންނަ. ނުކައްކާ. މޮޕް ކުރަން ނުޖެހޭ. ފަތިހު 4:00 ގައި ހޭލާ ގޮތަށް މެންދުރު ފަސްވަންދެން ވަރަށް ބުރަކޮށް ހަމަ ކޮންމެ ދުވަހެއް މިދަނީ. އެހެންވީމައި އަޅުގަނޑަށް ނޫންތޯ އެންމެ ބުރައީ؟" އައިމިނަތު ބުންޏެވެ.

"އެންމެ ބުރަ ވަނީ ގޭތެރެ ސާފު ކުރުން. އެއީ އެންމެ ވަގުތު ނަގާ ކަންތައް. މިއީ ހަމަ ކޮންމެ ކޮންމެ ދުވަހަކު ކުރަން ޖެހޭ ކަމެއް."

ވަޒީފާއަށް ނުދާނަމަ އެއީ ޒިންމާއެއް ނެތް މީހެއް ނޫނެވެ. ހަގީގަތުގައި ވެސް ގޭތެރޭގެ ޒިންމާ އަދާ ކުރާ އަންހެނުންގެ ވަޒީފާ މާ ބުރަ އެވެ. ކެއްކުމާއި ގޭތެރެ ސާފު ކުރުމާއި ދަރިންގެ ކަންކަން ބެލެހެއްޓުމަކީ މުސާރަ ނުލިބުނު ނަމަވެސް ބުރަ ކަމެކެވެ.

ކުރިން ނޫސްވެރިއެއްގެ ގޮތުގައި އުޅުނު މިހާރު ދެ ދަރިން ބަލަން ގޭގައި ހުންނަ އަމިނަތު ސައުޝަން، 28، ބުނިގޮތުގައި ނޫސްވެރިކަމުގެ ބުރަ ވަޒީފާއަށް ވުރެ ވެސް "ހައުސް ވައިފް" އެއްގެ ވަޒީފާ ބުރަ އެވެ.

"އަސްލު މީހުންނަށް ގޭގައޭ ހުންނަނީއޭ ބުނީމަ ހީވެސް ނުވާނެ. މޭޒެއް ކައިރި އިނދެ ކުރާ މަސައްކަތަށް ވުރެ ޑަބަލް ބުރަ. އޭރު ވިއްޔާ ކާން ވެސް ޓައިމް ލިބޭ. ގޭގައި މިއުޅޭއިރު ހަމަޖެހިލައިގެން ކާން ވެސް ނީނދެވޭ،" ބުރަކަން ސައުޝަން ބުނެދިނެވެ.

ސައުޝަން އޭނާގެ ދެ ދަރިންނާއެކު: ވަޒީފާއަށް ދިއުމަށްވުރެން ގޭތެރޭ މަސައްކަތް ބުރަ ކަމަށް ބުނި--
ސައުޝަން އޭނާގެ ދެ ދަރިންނާއެކު: ވަޒީފާއަށް ދިއުމަށްވުރެން ގޭތެރޭ މަސައްކަތް ބުރަ ކަމަށް ބުނި--

ސައުޝަން އޭނާގެ ދެ ދަރިންނާއެކު: ވަޒީފާއަށް ދިއުމަށްވުރެން ގޭތެރޭ މަސައްކަތް ބުރަ ކަމަށް ބުނި--

ދަރިން ގެންގުޅޭތީ ހުރިހާ ކަމެއް ވެސް ކުރަން ޖެހެނީ އެ ކުދިންގެ ވަގުތުގަ އެވެ. ކުދިންނަށް ކާން ދިނުމާއި ކިޔަވައި ދިނުމާއި ރީތި ކުރުމުގެ އިތުރުން ގޭތެރޭ މަސައްކަތްތަކަށް ފަތިހު ފަށާ އެ މައިންނަށް ދުވަހުގެ 24 ގަޑިއިރު އޮންނަނީ މަދު ވެފަ އެވެ. އެ ހުރިހާ ކަމެއް ކޮށްފައި އަމިއްލަ މީހާއަށް ހުސް ވަގުތެއް ގިނަ ފަހަރު ނުލިބެ އެވެ.

"މީހަކާ ކުދިން ހަވާލުކޮށްފައި ތާކަށް ދިޔަސް ކުއްޖާ ހޭލައިގެން ގުޅާފާނެ. އެ ހިސާބުން އެ ޖެހުނީ އަންނަން. އެހެން ހަމަ އުޅެން ޖެހެނީ އަބަދު،" ހަ އަހަރާއި ދެ އަހަރުގެ އަންހެން ދެ ކުދިންގެ މަންމަ ސައުޝަން ބުންޏެވެ.

ދަރިންގެ ފަރާތުން ލުޔެއް ލިބެނީ އެ ކުދިން ނިދީމަ އެވެ. އެވަގުތު ވެސް އަރާމު ކުރުމުގެ ބަދަލުގައި އުޅެން ޖެހެނީ ދަރިން ބަލަމުން ނުވި ކަންކަން ކުރުމުގަ އެވެ. ގޭތެރެ ފޮޅާ ސާފު ކުރުމާއި އެއްޗެހި ދޮވުން ފަދަ ބުރަ މަސައްކަތުގަ އެވެ.

އެންމެ ދެރަވަނީ އަގުވަޒަން ނުކުރާތީ

މުސާރަ ނުލިބޭތީ ކަމެއް ނޭނގެ އެވެ. ގޭގައި މަސައްކަތް ކުރަން ތިބޭ އަންހެނުންގެ އަގުވަޒަން ކުރެވެނީ މަދު ފަހަރެއްގަ އެވެ. އެ އަންހެންވެރިން އެންމެ ހިތުގައި ޖެހޭ ސަބަބަކީ ވެސް އެއީ އެވެ. އެހާ ބުރަކޮށް މަސައްކަތް ކުރާއިރު އަގު ވަޒަން ނުރާތީ އެވެ.

"ގޭގައި ތިބޭތީ އެ މީހުންނަށް އިހުސާސް ކުރެވެނީ މާބޮޑު ކަމެއް ނޯވޭ. އެކަމަކު ޔަގީން އެ ވަޒީފާއަށް ދާ މީހުންނަށް މި ޒިންމާ އެންމެ ދުވަހަކު ވެސް ނުނެގޭނެ. މިއީ އެއަށް ވުރެ ބުރަ ކަމެއް،" ކުރިން ވާހަކަ ދެއްކި އައިމިނަތު ބުންޏެވެ.

އަންހެނުންގެ ހީވާގިކަން ދައްކައިދޭ ފޮޓޯއެއް: ގޭތެރޭ މަސައްކަތް މާ ބުރަ ކަމަށް އެ އަންހެނުން ބުނޭ--
އަންހެނުންގެ ހީވާގިކަން ދައްކައިދޭ ފޮޓޯއެއް: ގޭތެރޭ މަސައްކަތް މާ ބުރަ ކަމަށް އެ އަންހެނުން ބުނޭ--

އަންހެނުންގެ ހީވާގިކަން ދައްކައިދޭ ފޮޓޯއެއް: ގޭތެރޭ މަސައްކަތް މާ ބުރަ ކަމަށް އެ އަންހެނުން ބުނޭ--

ގޭގެ ޒިންމާތައް ބަލަހައްޓާ އަންހެނުންނަށް ލިބޭ ލުޔަކީ ފިރިމީހާ ނުވަތަ އާއިލާ ފަރާތުން ލިބޭ އެހީތަކެވެ. ސްކޫލު ދޮށަށް ދިއުމާއި ގޭތެރެއަށް ބޭނުންވާ ތަކެތި ގަތުން ފަދަ ކަންކަމުގަ އެވެ. އެފަދަ އެހީ ނުލިބި އެކަނި އެކަންކަން ކުރާ އަންހެނުން ވެސް މަދެއް ނޫނެވެ. ކައިވެނި ރޫޅުމުގެ ސަބަބުން އެކަނި ހުރިހާ ޒިންމާއެއް ނަގައިގެން އުޅޭ އަންހެނުންނަކީ ވެސް ކުޅަދާނަ ބައެކެވެ.

"ސިންގަލް މަންމަމެން ސަވައިވްވާ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ. ހާދަހާދަ ބުރަވާނޭ،" ޝައުޝަން ބުންޏެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރާއިރު މި ހިދުމަތްތެރިންގެ އަގުވަޒަން ކުރަން ޖެހެ އެވެ. މުސާރަ ނުލިބުނަސް އެ އަދާ ކުރަނީ ބުރަ ވަޒީފާ އެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު ނާނާ ޕަޓޭކަރު މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ނާނާ ޕަޓޭކަރު އުމުރުން 75 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެން ގޯއާގައި ހުންނަ އޭނާގެ ގޭގައި މަރުވެއްޖެއެވެ. އިންޑިއާގެ ގައުމީ ފިލްމީ އެވޯޑްތައް ހާސިލްކޮށްފައިވާ މި ހުނަރުވެރި ތަރި މަރުވިއިރު، އޭނާ ވަނީ ސީރިއަސް އަދި ކޮމެޑީ ރޯލުތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.

އެންމެ ގިނަ ޕެންގުއިން އުޅޭ ރަށުން އާބާދީގެ ބޮޑުބައެއް ނެތިގޮސްފި

ދުނިޔޭގައި އެންމެ ގިނައިން ޕެންގުއިން އުޅޭ ޒަވޮޑޮވްސްކީ އައިލެންޑުގެ "ޗިންސްޓްރެޕް" ޕެންގުއިންގެ އާބާދީ 63 އިންސައްތަ މަދުވެފައިވާކަން އާ ދިރާސާއަކުން ދައްކައިފިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކާނާ ލިބުން ދަތިވެ، މި ބާވަތުގެ ޕެންގުއިން ނެތިދިއުމުގެ ބިރު އޮތްއިރު، އެ ރަށުގައި އުޅޭ "މެކަރޯނީ" ޕެންގުއިންގެ އާބާދީ ދަނީ އިތުރުވަމުންނެވެ.

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox