އެންމެ ގިނަ ޕެންގުއިން އުޅޭ ރަށުން އާބާދީގެ ބޮޑުބައެއް ނެތިގޮސްފި

Oct 8, 2026, 6:34 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އެންޓާކްޓިކާ ކައިރީގައި އޮންނަ އެކަހެރި އަލިފާން ފަރުބަދައެއްގެ ރަށެއް ކަމަށްވާ ޒަވޮޑޮވްސްކީ އައިލެންޑުގައި ދިރިއުޅޭ "ޗިންސްޓްރެޕް" ބާވަތުގެ ޕެންގުއިންގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި މަދުވެފައިވާ ކަމަށް ވައިގެ މަގުން ކުރި ސާވޭތަކުން ދައްކައިފި އެވެ.

ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ޕެންގުއިން އުޅޭ ސަރަހައްދުގެ ގޮތުގައި މީގެ ކުރިން ބެލެވިފައިވަނީ ޒަވޮޑޮވްސްކީ އައިލެންޑެވެ. ނަމަވެސް، މި ސާވޭތައް ކުރިއަށް ގެންދިޔަ ދިރާސާވެރިން ބުނާ ގޮތުގައި އެ ރަށަށް މިހާރު ވަނީ އެ ޝަރަފު ގެއްލިފަ އެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި، 2011 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު އެ ރަށުގައި ޗިންސްޓްރެޕް ޕެންގުއިންތައް ބޭނުންކުރާ ހާލީގެ އަދަދު ވަނީ 63 އިންސައްތަ ދަށަށް ގޮސްފަ އެވެ.

ދިރާސާ ކުރާ ޓީމުން ބުނާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މި ދޫނިތަކުގެ ކާނާ ލިބުމަށާއި ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ. އަދި މިހާރު މި ބާވަތުގެ ޕެންގުއިންއަކީ ނެތިދިއުމުގެ ބިރު އޮތް އެއްޗެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅިދާނެ ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ.

މި ރަށުގައި "މެކަރޯނީ" ބާވަތުގެ ޕެންގުއިން ވެސް އުޅެމުންދާއިރު، އެ ބާވަތުގެ ޕެންގުއިންގެ އާބާދީ ދަނީ އިތުރުވަމުންނެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މީގެ ސަބަބަކީ އެ ތަކެތި ކައިއުޅޭ ކާނާގެ ބާވަތްތައް ގިނަވުމެވެ.

ޒަވޮޑޮވްސްކީ އައިލެންޑަކީ އެންޓާކްޓިކާ ބައްރުގެ އުތުރުގައި އޮންނަ، އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައިވާ ސައުތު ސޭންޑްވިޗް އައިލެންޑްސްގެ ބައެކެވެ.

ބްރިޓިޝް އެންޓާކްޓިކް ސާވޭ (ބީއޭއެސް) އިން 2011 ވަނަ އަހަރު ހާމަކުރި ގޮތުގައި، އެ ރަށަކީ ދުނިޔޭގައި އެންމެ ގިނަ ޕެންގުއިން އުޅޭ ރަށެވެ. އެގޮތުން އެ ރަށުގައި ގާތްގަނޑަކަށް 600،000 ޗިންސްޓްރެޕް ޕެންގުއިން އާއި 90،000 މެކަރޯނީ ޕެންގުއިން އުޅޭ ކަމަށް އޭރު އަންދާޒާ ކުރެވުނެވެ.

މި އާ ދިރާސާ ކުރިއަށް ގެންދިޔަ ބީއޭއެސް އިން ބުނާ ގޮތުގައި، އެ ރަށަކީ ދުނިޔޭގައި މިފަދަ ދިރާސާއެއް ކުރުމަށް އެންމެ ދަތި އަދި ނުރައްކާތެރި އެއް ސަރަހައްދެވެ.

ބީއޭއެސްގެ ޓީމުން އެ ރަށަށް ދިއުމަށްޓަކައި 15 ދުވަސް ވަންދެން ކަނޑު ދަތުރު ކުރި އެވެ. އަދި އެ ރަށުގައި އުޅޭ ދޫނިތައް ދިރާސާ ކުރުމަށްޓަކައި ޑްރޯން އާއި ވައިގެ މަގުން ނަގާ ފޮޓޯގެ އިތުރުން، 20 ދޫންޏެއްގެ ހަށިގަނޑުގައި ޓްރެކިން ޑިވައިސްތައް ހަރުކުރި އެވެ.

މި ދިރާސާއިންނާއި ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި، 2011 އާއި 2025 އާ ދެމެދު ޗިންސްޓްރެޕް ޕެންގުއިންތައް ބޭނުންކުރާ ހާލީގެ އަދަދު ވަނީ 63 އިންސައްތަ މަދުވެފަ އެވެ.

ދިރާސާވެރިން ބުނާ ގޮތުގައި ޗިންސްޓްރެޕް ޕެންގުއިންގެ އާބާދީ މިހާ ބޮޑަށް ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ކާނާ ލިބުން ދަތިވުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމެވެ.

މި ދިރާސާގައި އިސްކޮށް އުޅުއްވި ޕްރޮފެސަރު ނޯމަން ރެޓްކްލިފް ވިދާޅުވި ގޮތުގައި، ޗިންސްޓްރެޕް ޕެންގުއިންތަކަކީ ވަކި ހާއްސަ ކާނާއެއް ކައިއުޅޭ އަދި ފިނި ފެނަށް ލޯބިކުރާ ބާވަތަކަށް ވުމުން، ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެ ތަކެއްޗަށް ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

ޓްރަމްޕް ފިލިޕީންސަށް ވަޑައިގެންފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ފިލިޕީންސަށް ވަޑައިގެން، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނޭ ކުއަޑް ގްރޫޕުގެ ލީޑަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އިންޑޯ-ޕެސިފިކް ސަރަހައްދުގެ އަމާންކަމާއި ގުޅުން ބަދަހިކުރުމާ ގޮތުން މަޝްވަރާކުރެއްވިއިރު، އެމެރިކާގެ އަމާޒަކީ ޗައިނާގެ ނުފޫޒު ކުޑަކޮށް މި ގައުމުތަކާއެކު އޮންނަ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ގުޅުން ވަރުގަދަކުރުމެވެ.

ހަގިން ފޭސްއަށް ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފި

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އޭއައި މޮޑެލްތައް ތަރައްގީކޮށް އާންމުން ނުރައްކަލަށް ހުށަހެޅި ކަމަށް ބުނެ، ކެލިފޯނިއާގެ އެޓާނީ ޖެނެރަލް އޯޕަންއޭއައިއާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ. މި ދައުވާގެ މައިގަނޑު އަސާސަކީ އޯޕަންއޭއައިގެ އެޖެންޓުންތަކެއް "ހަގިން ފޭސް" ގެ ނިޒާމަށް ވަދެ ދިން ހަމަލާއަކަށްވާއިރު، މިއީ އެމެރިކާގެ ސްޓޭޓަކުން އޭއައި ކުންފުންޏަކާ ދެކޮޅަށް ކުރި ފުރަތަމަ ދައުވާއެވެ.

އިންޑިއާ: އޭއައި ބޭނުންކޮށް ބިމާއި މަގުގެ މައްސަލަތަކަށް ހައްލު

އިންޑިއާގެ ސްޓާޓްއަޕްތަކުން އޭއައި ބޭނުންކޮށްގެން ބިމުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް ދެނެގަތުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އަންނަނީ ހައްލު ހޯދައިދެމުންނެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި ލެބް ރިޕޯޓުތައް ތަރުޖަމާކުރުމާއި ބަލިމަޑުކަން ދެނެގަތުމަށް ވެސް މި ޓެކްނޮލޮޖީގެ އެހީގައި ލުއިފަސޭހަ ނިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.

އެޕްސްޓީން އަމިއްލަ އަށް މަރުވީއެއް ނޫން: ފޮރެންސިކް މާހިރު

ޖެފްރީ އެޕްސްޓީންގެ ހަށިގަނޑުން ފެންނަން ހުރި ނިޝާންތަކަށް ބަލާއިރު، އޭނާ މަރުވީ އަމިއްލައަށް ނޫން ކަމަށާއި މީހަކު އޭނާ މަރާލީ ކަމަށް ފޮރެންސިކް މާހިރު ޕްރޮފެސަރު މައިކަލް ފްރީމަން ބުނެފިއެވެ. ނަމަވެސް، އެޕްސްޓީންގެ އޮޓޯޕްސީ ހެދި މެޑިކަލް އެގްޒެމިނަރު އަދިވެސް ވިދާޅުވަނީ އެއީ ދަންޖެހިގެން އަމިއްލައަށް މަރުވުމެއް ކަމަށެވެ. މި އާ ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އެޕްސްޓީންގެ ބޭބެ ފޯރުކޮށްދިން މެޑިކަލް ފައިލްތަކާއި ފޮޓޯތަކުގެ އެހީގައެވެ.

މެކްސިކޯގެ އެންމެ ބޮޑު އެއް ޑްރަގު ލޯޑު ފީލިކްސް ގަޔާޑޯ މަރުވެއްޖ

މެކްސިކޯގެ މަސްތުވާތަކެތީގެ ވިޔަފާރި ކޮންޓްރޯލްކުރި "ގުއަޑަލަހާރާ ކާޓެލް" ގެ ބާނީ، މިގޭލް އަންހެލް ފީލިކްސް ގަލާޑޯ އުމުރުން 80 އަހަރުގައި މަރުވެއްޖެއެވެ. "ދަ ގޯޑްފާދާ" ގެ ނަމުން މަޝްހޫރުވި ގަލާޑޯ މަރުވީ، އެމެރިކާގެ ޑީއީއޭ އެޖެންޓަކު މަރާލި މައްސަލައިގައި 40 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ސިއްހީ ހާލަތު ގޯސްވެގެންނެވެ. އޭނާއަކީ މެކްސިކޯ އާއި ކޮލަމްބިއާގެ ކާޓެލްތައް ގުޅުވައިދީ، އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ނިޒާމު އެންމެ ފުޅާދާއިރާއެއްގައި ހިންގި ނުފޫޒުގަދަ ލީޑަރެވެ.

ޖެންސެން ހުއާން އަނބުރާ މަގާމަށް ގެނައުމަށް ކެމްޕޭނެއް

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ މައްސަލަތަކެއް ފަޅާއަރައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އޭނާ އަނބުރާ މަގާމަށް ގެނައުމަށް ބޮޑު ކެމްޕޭނެއް ވަނީ ފަށާފަ އެވެ. އީލޮން މަސްކް ފަދަ މަޝްހޫރު ޝަޚުސިއްޔަތުންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާ މި ކެމްޕޭނުގައި ގޮވާލަނީ، މިނިވަން ތަހުގީގެއް ނިމެންދެން އޭނާ މަގާމުގައި ބެހެއްޓުމަށެވެ.

Newsletter

Get the latest news delivered straight to your inbox