ގަރާޖު ސިޓީ އުވާނުލައި އަނބުރާ ކޮމިޓީއަށް

ސިނަމާލެ ބުރިޖު މަތީގައި ވެހިކަލްތައް ދުއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސިނަމާލެ ބުރިޖު މަތީގައި ވެހިކަލްތައް ދުއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީކުރަން ގަރާޖެއް ބޭނުން ނުވާ ގޮތަށް ގާނޫނު އިސްލާހު ކުރުމާ ދެކޮޅަށް ފަހު ވަގުތު މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ ބައެއް އިސް މެމްބަރުން ތެދުވަޑައިގަތުމުން، އެ އިސްލާހަށް މިއަދު ތާއީދު ނުލިބި އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

އުޅަނދުތައް ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލާޒިމު ނުވާ ގޮތަށް ހެދުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

އެ އިސްލާހުގެ މަގުސަދަކީ ބައެއް ގަރާޖުތަކުގެ ވެރިފަރާތްތަކުން އެކަމުގެ ނާޖާއިޒު ފައިދާ ނަގައި ގަރާޖު ފީގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުންދާ މައްސަލަ ހައްލު ކުރުން ކަމަށް ބުނެފައިވެ އެވެ.

އެ ބިލު ދިރާސާ ކުރިއިރު މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ކަމާގުޅޭ އިދާރާތަކުގެ ލަފަޔާ އެކު ނިންމާފައި ވަނީ އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދެއް ބާއްވާނެ ކަމުގެ ލިޔުން ހުށަހަޅަން ލާޒިމްނުވާ ގޮތަށެވެ.

ނަމަވެސް، އެ ރިޕޯޓުގެ ބަހުސްގެ ތެރެއިން ހާއްސަކޮށް މާލެއަށް ނިސްބަތްވާ އެމްޑީޕީގެ އިސް މެމްބަރުން ވަނީ އެކަމާމެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފަ އެވެ.

މިގޮތުން، އެކަމާ އެންމެ ބޮޑަށް ކަންބޮޑުވުންފާޅުކުރެއްވި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އިއްޔެ ކުރިއަށް ދިޔަ ބަހުސްގެ ތެރެއިން ވެސް ނުރުހުން އެންމެ ބޮޑަށް އަމާޒުވީ އެމްޑީޕީގެ އެހެން މެމްބަރުންނަށެވެ.

އެކަމަކު މިހާރު ގެންނަން އުޅޭ ބަދަލު ބޮންޑޭ އެ ވިދާޅުވާހާ ގޯސް ކަމަަކަށް އެމްޑީޕީގެ އެހެން މެމްބަރުން ގަބޫލެއް ނުކުރައްވަ އެވެ.

ބޮންޑޭ ދެކެވަޑައިގަންނަވާ ގޮތުގައި، އިސްލާހު ހުށަހަޅާފައިވާ ގޮތަށް ފާސްވެއްޖެ ނަމަ "އެމްޑީޕީގެ މެމްބަރުން ގެއަށް ދާންވީ" އެވެ.

ބޮންޑޭގެ ކަންބޮޑުވުންތަކަށް ތާއީދުކުރައްވައި، މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ އިތުރުން ހެންވޭރު މެދު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ ތެދުވެވަޑައިގެންފަ އެވެ.

އީވާ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަކަށް ބުނެ ގަވައިދު އުވާލައިގެން އެކަމެއްގެ އަސާސެއް ފިލައިގެންނުދާނެ ކަމަށެވެ.

އަދި އެކަމުގައި ހިނގަމުންދާ ކޮރަޕްޝަން ހުއްޓުވާނީ އެކަމަށް އޮންނަ ގަވައިދު އުވާލުމުގެ ބަދަލުގައި އެ ގާނޫނު ތަންފީޒުކޮށްގެން ކަމަށް މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާ އީވާ ވިދާޅުވި އެވެ.

އީވާގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައި، އަލީ އާޒިމް ވެސް ވިދާޅުވީ ކަމެއް ގޯސްކޮށް ހިނގާކަމަށް ބުނެ އެކަން ހުއްޓުވަން އޮންނަ ގަވައިދެއް ނޫނީ ގާނޫނެއް އުވާލުމަކީ އޭގެ ހައްލެއް ނޫން ކަމަށެވެ.

މިއަދުގެ ޖަލްސާއަކީ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާކަމުން މަސައްކަތްތައް ނިންމިމުމަށް ވަގުތު އިތުރުކޮށްގެން، އެ ބިލު އިތުރަށް ފުރިހަމަ ކުރަން އަނބުރާ ކޮމިޓީއަށް ފޮނުވުމަށް އީވާ ހުށަހެޅުއްވި ހުށަހެޅުން ފާސްވީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

އެ ހުށަހެޅުމަށް އެއް މެމްބަރަކު ތާއީދު ނުކުރެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެމްބަރަކު ވެސް އިންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox