ސޯލްޝެއާގެ ވާހަކަތަކުން ރޯމާ ސަޕޯޓަރުން ހިތްހަމަނުޖެހިއްޖެ!

Apr 29, 2021, 4:45 AM
ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ.-- ފޮޓޯ: އޭއެފްޕީ

ރޯމް (އޭޕްރީލް 29) - ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗުގެ ކުރިން އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އިދިކޮޅަށް ނުކުންނަ އިޓަލީގެ އޭއެސް ރޯމާއާ ބެހޭގޮތުން ބުނި އެއްޗަކުން ރޯމާ ސަޕޯޓަރުން ހިތްހަމަނުޖެހިއްޖެ އެވެ.

އެންމެ ފަހުން ޔޫރޮޕާ ލީގުގައި ޔުނައިޓެޑުން ގްރަނާޑާ އަތުން މޮޅުވި މެޗަށް ފަހު ސެމީ ފައިނަލާ ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެމުން ސޯލްޝެއާ ބުނީ ރޯމާ ކުޅޭތަން ނުދެކޭ ކަމަށާއި އެ ޓީމު ނޭނގޭ ކަމަށެވެ. އެކަމާ ހިތްހަމަނުޖެހި ރޯމާގެ ސަޕޯޓަރުން ވަނީ ޓްރެއިނިން ދަނޑުގައި ސޯލްޝެއާގެ ބަސްކޮޅު ހިމަނައިގެން ބެނާ އެއް ދަމައިފަ އެވެ. އޭގައި ޖަހާފައި ވަނީ "އަހަންނަށް އެ މީހުން ނޭނގޭ. އަހަރެން އެ މީހުން ކުޅޭތަނެއް ނުދެކެން،" މިހެނެވެ.

މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސޯލްޝެއާ ވަނީ އޭނާ ކުރިން ދެއްކި ވާހަކަ ދިފާއުކޮށްފަ އެެވެ. ސޯލްޝެއާ ބުނީ އޭނާ ކުރިން ރޯމާއާ ބެހޭގޮތުން އެ ގޮތަށް ބުނީ މެޗަކަށް ފަހު އައި ގޮތަށް ކުއްލިއަކަށް އަމާޒުވި ސުވާލެއްގެ ޖަވާބެއްގެ ގޮތުން ކަމަށެވެ.

ރޯމާ ސަޕޯޓަރުން ދަމާފައިވާ ބެނާއެއް.--- ފޮޓޯ: ރޯމާ

"އަހަރެން ބެލިން އެ މީހުން ކުޅޭތަން. އަހަރެން އެ ވަގުތު އެ މީހުންނާ ބެހޭގޮތުން އަމާޒުވި ސުވާލަށް ޖަވާބެއް ނުދިނީ ފުރިހަމަ އަށް އެ ޓީމު ދެނެނުގަނެ ސީދާ ވާހަކައެއް ނުދައްކަން. އެ މީހުންނަށް އިހުތިރާމް ކުޑަކުރާ ކަހަލަ ވާހަކައެއް އަހަރެން ނުދައްކާނަން،" ސޯލްޝެއާ ބުންޏެވެ.

"ހަގީގަތުގައި އަހަންނަށް އިހުސާސްކުރެވޭ ވާހަކަތައް ބުނެލެވުނު ނަމަ ރަނގަޅުވާނެ. ރޯމާ އަކީ ވަރަށް މޮޅު ވަރަށް ރަނގަޅު ތާރީހެއް އޮތް ޓީމެއް،"

ސޯލްޝެއާ، ޔުނައިޓެޑާ ހަވާލުވިތާ މިވީ 18 މަސް ދުވަހުގެ ތެރޭގައި އެ ޓީމު ވަނީ ހަތަރު ސެމީ ފައިނަލުން ބަލިވެފަ އެވެ. ޔުނައިޓެޑާ އެކު ކުޅުންތެރިއެއްގެ ގޮތުގައި ސޯލްޝެއާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ސޯލްޝެއާ ބުނީ ކުޅުންތެރިއެއްގެ ގޮތުގައި ހޯދި ކާމިޔާބީ ކޯޗެއްގެ ގޮތުގައި ތަކުރާރުކުރަން ބޭނުންވާ ކަމަށެވެ.

ކޯޗިން ކެރިއަރުގައި ސޯލްޝެއާ އެންމެ ފަހުން ހޯދި ޓްރޮފީ އަކީ 2013 ވަނަ އަހަރު ނޯވޭގެ ކަޕް އެވެ.

މިއީ ޔޫރޮޕާ ލީގުގައި ރޯމާ އާއި ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުމެވެ. މީގެ ކުރިން މި ދެ ޓީމު ކުޅުނު ހަތް މެޗަކީ ވެސް ޗެމްޕިއަންސް ލީގުގެ މެޗުތަކެވެ. އެ ހަތް މެޗުގެ ތެރެއިން ޔުނައިޓެޑް ބަލިވީ އެންމެ މެޗަކުންނެވެ. ޔުނައިޓެޑް ހަ މެޗުން މޮޅުވިއިރު، އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. ރޯމާ އެންމެ ފަހުން އިންގްލެންޑްގެ ޓީމެއް ދަނޑުގައި މޮޅުވެފައިވަނީ 2001 ވަނަ އަހަރު ލިވަޕޫލް އަތުން މި މުބާރާތުގަ އެވެ.

ޔުނައިޓެޑް ދަނޑުގައި ރޯމާއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox