މުސްކުޅިކޮށް ވަކިކުރި ޓޫރިޒަމް މިނިސްޓްރީގެ ވެރިޔަކަށް އަލުން ވަޒީފާ ދޭން އަންގައިފި

ޓްރިބިއުނަލްގެ ނައިބު ރައީސް ހަސަން އިބްރާހިމް: މުސްކުޅިކޮށް ވަކިކުރި މުވައްޒަފަކަށް އަލުން ވަޒީފާ ދޭން އޭނާގެ ނިންމެވުމަކުން ވަނީ އަންގަވާފައި

ޓްރިބިއުނަލްގެ ނައިބު ރައީސް ހަސަން އިބްރާހިމް: މުސްކުޅިކޮށް ވަކިކުރި މުވައްޒަފަކަށް އަލުން ވަޒީފާ ދޭން އޭނާގެ ނިންމެވުމަކުން ވަނީ އަންގަވާފައި

ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރު ޖެނަރަލްގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން ވަކުކުރި އާއިޝަތު އަލީއަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާބެހޭ ޓްރިބިއުނަލުން އަންގައިފި އެވެ.

އާއިޝަތު އަލީ، 2019 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީން ވަކިކުރީ އުމުރުން 55 އަހަރުވެފައިވާތީ، ސިވިލް ސާވިސް ކޮމިޝަނަށް ލިބިދޭ އިހްތިޔާރުގެ ދަށުން މުސްކުޅިކުރުމަށްފަހު އެވެ.

އެއީ، ސިވިލް ސާވިސްގެ ގާނޫނާއި ގަވައިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ބުނެ އާއިޝަތު ވަޒީފާ ޓްރިއުބިއުނަލަށް މައްސަލަ ހުށަހެޅުމުން މި މަހުގެ 14 ވަނަ ދުވަހު ވަނީ މައްސަލާގައި ގޮތް ކަނޑައަޅާފަ އެވެ.

މައްސަލާގައި އޭނާ އެދިފައިވަނީ، ޑިރެކްޓަރު ޖެނަރަލްގެ މަގާމު އަލުން އިޔާދަކޮށްދިނުމާއި މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށެވެ. ނަމަވެސް، އެކަމަށް އިންކާރުކޮށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެ ކޮމިޝަނުން އޭނާ ވަކިކުރަން ނިންމި ނިންމުން ދިފާއުކޮށްފަ އެވެ.

އެގޮތުން، އާއިޝަތު އަލީ ވަޒީފާއިން ވަކިކުރުމުގެ ކުރިން އޭނާގެ ހާރިޒީގެ މައްސަލައެއް ޓޫރިޒަމް މިނިސްޓްރީން ސަމާލު ކަމަށް ގެނައި ކަމާއި އެއް އަހަރު ދުވަހުގެ މުއްދަތުގައި 109 ދުވަހުގެ ތެރޭގައި 1213 މިނެޓް ގަޑި ޖެހިފައިވާ ކަމަށެވެ. އަހަރެއްގެ ތެރޭގައި 60 ދުވަހުގެ ތެރޭގައި 300 މިނެޓަށްވުރެ އިތުރަށް ގަޑި ޖެހިއްޖެނަމަ، އެއީ އެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވިދާނެ ހާލަތެކެވެ.

އެހެންވެ، އާއިޝަތު އަލީ ވަޒީފާއިން ވަކި ކުރަން ނިންމީ އެ ކަމަށް ރިއާޔަތްކޮށް ކަމަށާއި އޭނާއަކީ އުމުރުން 55 އަހަރު ވެފައިވާ މުވައްޒަފެއް ކަމުން ކޮމިޝަނަށް ލިބޭ އިހްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރީ ކަމަށެވެ. އުމުރުން 55 އަހަރުން ފެށިގެން މުވައްޒަފުން މުސްކުޅި ކުރެވިދާނެ ކަމަށް އޮންނައިރު، އެކަމުގެ ލާޒިމް އުމަރަކީ 65 އަހަރެވެ.

ނަމަވެސް، މި މައްސަލާގައި ސިވިލް ސާވިސް ކޮމިޝަނުން އަމަލު ކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރެވިފައިނުވާ ކަމަށް ޓްރިބިއުނަލުން ނިންމި އެވެ. އެގޮތުން، އާއިޝަތު އަލީގެ އިތުރުން އެހެން ބައެއް ވެރިންގެ ހާޒިރީއަށް ބެލިއިރު ވެސް ގަޑިޖެހިފައި ހުރި ކަމާއި އެއީ، އެ މިނިސްޓްރީގައި ވަޒީފާއަށް ހާޒިރުވުމުގެ އާންމު ހަމަ ކަމަށް ފެންނަ ކަމަށެވެ. އެކަމަކު، އެހެން ފަރާތްތަކާމެދު ފިޔަވަޅު ނާޅާ ހަމައެކަނި އާއިޝަތު އަލީއަށް ފިޔަވަޅެއް އެޅުމުން އޭނާއާމެދު ތަފާތު ކުރުން ގެންގުޅުނީކަން ގަބޫލު ކުރެވޭ ކަމަށް ނިންމުމުގައިވެ އެވެ.

ނިންމުމުގައި ބުނީ، ގަޑިޖެހޭނަމަ، އިސްލާހުވުމުގެ ފުރުސަތު ދޭންވާނެ ކަމަށާއި އެންމެ ފުރަތަމަ ވެސް ވަޒީފާއިން ވަކިކުރުމަކީ އިޖުރާއަތްތައް އެންމެ ރަނގަޅަށް ކުރިއަށް ނުގެންދިޔުން ކަމަށެވެ. މި މައްސަލާގައި ގަޑި ޖެހޭ ޝަކުވާއާ ގުޅިގެން އާއިޝަތު އަލީއަށް އިންޒާރެއްދީ، އޭނާ އިސްލާހުވުމަށް ފުރުސަތު ދީފައިނެތްކަން ފާހަގަކުރި އެވެ.

އޭގެ އިތުރުން، އާއިޝަތު އަލީ މުސްކުޅިކޮށް އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެއްވެސް ވަރަކަށް އެކަމުގައި އޭނާގެ ބަހެއް ހޯދުމަކާ ވެސް ނުލާކަމުން، އެއީ އަދުލުވެރި ގޮތް ނޫން ކަމަށް ބުރަވެވޭ ކަމަށް ނިންމުމުގައިވެ އެވެ.

އެހެންވެ، ޓްރިބިއުނަލްގެ ނައިބު ރައީސް ހަސަން އިބްރާހިމް ނިންމެވި ނިންމުމުގައި ވަނީ އާއިޝަތު އަލީއަކީ އެއްވެސް ހާލަތެއްގައި ވަޒީފާއިން ވަކިވެފައިވާ މުވައްޒަފެއް ކަމަށް ނުބަލައި، އޭނާގެ ވަޒީފާ ރުޖޫއަކުރުމަށް އަދި، ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް އަންގަވާފަ އެވެ. އަދި، އޭނާއާމެދު ތަފާތުކުރުން ގެންގުޅުނުކަން ސާބިތުވާތީ ބަދަލުގެ ގޮތުގައި ތިން މަސް ދުވަހުގެ މުސާރަ އާއި އިނާޔަތަށްވާ ފައިސާ ދިނުމަށް އެންގެވި އެވެ.

އާއިޝަތު އަލީއަކީ ޓޫރިޒަމް މިނިސްޓްރީގައި 1983 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން ދިޔަ ފަރާތެކެވެ. އޭނާ ވަޒީފާއިން ވަކިކުރުމަށް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މަސައްކަތްކޮށްފައިވާ ކަމަށް އޭނާ ޓްރިބިއުނަލްގައި ތުހުމަތުކޮށްފައިވެ އެވެ.

އެގޮތުން، އޭނާ ވަޒީފާއިން އަމިއްލަށް ވަކިވުމަށް މަޖުބޫރުކޮށްފައިވާ ކަމާއި އަމިއްލައަށް ރިޓަޔާކުރުމަށް އެކި މުހުލަތުތައް ކަނޑައަޅައި، އެކަން ނުކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނެ އިންޒާރު ދީފައިވާ ކަމަށް ޓްރިބިއުނަލްގައި އާއިޝަތު ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox