ރިސޯޓު މަސައްކަތްތެރިންގެ ދުވަސްވީ ސުވާލުގެ ޖަވާބު ދެވިއްޖެ: ޑރ. މައުސޫމް

ޓޫރިޒަމް މިނިސްޓަރު މައުސޫމް: ރިސޯޓް މުވައްޒަފުންގެ ދުވަސްވީ ކަންބޮޑުވުމަށް ލުޔެއް ލިބިފައިވާ ކަމަށް ވިދާޅުވި.  -- ފޮޓޯ/އެމްއެމްޕީއާރުސީ

ޓޫރިޒަމް މިނިސްޓަރު މައުސޫމް: ރިސޯޓް މުވައްޒަފުންގެ ދުވަސްވީ ކަންބޮޑުވުމަށް ލުޔެއް ލިބިފައިވާ ކަމަށް ވިދާޅުވި. -- ފޮޓޯ/އެމްއެމްޕީއާރުސީ

ވެކްސިނޭޝަން ކެމްޕެއިންގެ ކާމިޔާބީއާ އެކު ޓޫރިޒަމް މަސައްކަތްތެރިންގެ ދުވަސްވީ ސުވާލަކަށް ޖަވާބު ދެވިއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

"އައި އެމް ވެކްސިނޭޓެޑް" ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މައުސޫމް ވިދާޅުވީ ކޮވިޑުގެ-19 ގެ އުނދަގޫ ހާލަތުގައި ރިސޯޓް މުވައްޒަފުންވީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށެވެ. އާއިލާތަކާ ދުރުގައި ވަކިން ތިބެން ޖެހުމުން އެ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް ވިދާޅުވި އެވެ.

"އެންމެ ގިނަ ފޯނު ކޯލު އަޅުގަނޑަށް އައީ އެ ބޭފުޅުންގެ ފަރާތުން، އަޅުގަނޑަށް ޖަވާބެއް ނުދެވުނު. މައުސޫމް ކޮންއިރަކުންހޭ ތިމަންނާމެންނަށް ފިރިދަރިންނަށް، އަނބިދަރިން ކައިރިއަށް ދެވޭނީ. އަޅުގަނޑު ބުނިން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދެވޭނެއޭ،" މައުސޫމް ވިދާޅުވި އެވެ.

"އެހެން ކިޔަމުން ކިޔަމުން އައިސް އިރާދަކުރެވިއްޔާ މިއީ އެ ވާހަކަ ނިމުމަކަށް އައިސްފައި އޮތް ދުވަސް. އެ ބޭފުޅުންނަށް ކޮންމެވެސް އުފާވެރި ހަބަރެއް އަޅުގަނޑަށް ދެވިއްޖެ ކަމަށް އުއްމީދުކުރަން،"

ވެކްސިން ދެ ޑޯޒް ފުރިހަމަކުރާ މީހުންނަށް ކަރަންޓީނު ލުއިތައް ދޭން އެޗްޕީއޭއިން ނިންމުމާ ހަމައަށް، ރިސޯޓު މުވައްޒަފުންނަށް ކަރަންޓީނު ވުމަކާ ނުލާ ދަތުރެއް ނުކުރެވެ އެވެ. ޗުއްޓީ ދުވަސްތައް ހުންނަ ގޮތުން މިއީ މަދު ބަޔަކަށް ނޫނީ ކުރެވޭނެ ކަމަކަށް ނުވާތީ މިކަމާ ގިނަ ރިސޯޓް މަސައްކަތްތެރިން ކަންބޮޑުވުން ފާޅުކުރި އެވެ.

މައުސޫމް ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ވެކްސިން ޕްރޮގްރާމް ވަރަށް ކާމިޔާބެވެ.

ފްރަންޓްލައިން މީހުންގެ ގޮތުގައި ބަލައިގެން ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ޖަހަން ފެށި މީހުންގެ ތެރޭގައި ރިސޯޓު މަސައްކަތްތެރިން ހިމެނެ އެވެ. މިއާ އެކު މިއަދާ ހަމައަށް ރިސޯޓުތަކުގައި މަސައްކަތްކުރާ 99 ޕަސެންޓު މީހުންނަށް ފުރަތަމަ ޑޯޒް ދީފި އެވެ. އަދި މިހާތަނަށް 8000 މީހަކު ދެވަނަ ޑޯޒް ފުރިހަމަކޮށްފި އެވެ.

އަހަރެން ވެކްސިން ޖަހައިފިން ކެމްޕެއިން: އަމާޒު ޓޫރިޒަމްގެ ސައްތައިން ސައްތަ އިމިއުނިޓީ

ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރުސީ ގުޅިގެން މިއަދު އިފްތިތާހުކުރި "އައި އެމް ވެކްސިނޭޓަޑް" ކެމްޕެއިނަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެން ވެކްސިން ޖަހަން ބާރު އެޅުމުގެ ގޮތުން ހިންގާ ކެމްޕެއިނެކެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ކޮވިޑުން ރައްކާތެރިވާން ޖަހާފައިވާ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް، 100 ޕަސެންޓު ރައްކާތެރިކަން ނުވަތަ އިމިއުނިޓީ ލިބިފައިވާ ފުރަތަމަ ގައުމަށް ހެދުމުގެ އަމާޒުގައި ހިންގާ ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ބެޖެއް ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox